ކ. މާލެ
|
31 އޮކްޓޯބަރ 2017 | އަންގާރަ 18:37
ހަރުގެ ޖަލްސާގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ވަހީދު ވާހަކަ ދައްކަނީ
ހަރުގެ ޖަލްސާގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ވަހީދު ވާހަކަ ދައްކަނީ
ޓްވިޓަރ
އެމްޑީޕީ ހަރުގެ ޖަލްސާ
އެމްޑީޕީގެ ގޮފިތަކުން ކުރަންވީ ކަމަކީ މި ސަރުކާރުގެ ވައްކަން އިތުރަށް ފަޅާ އެރުވުން
ރަށު ފެންވަރުގައި ވެސް ސަރުކާރުން ވަނީ ޖަރީމާ ހިންގާފައި
ވައްކަމުގެ މައްސަލަތަށް ތަޙްގީގް ކުރަންޖެހޭ
އަލުން މަގުމަތީ ހަރަކާތްތައް ފެށުމަށް ވަހީދު ވަނީ ގޮވާލާފައި

ރިޔާސީ އިންތިޚާބަށް ދިހަ ވަރަކަށް މަސް ދުވަހަށް ކައިރިވެފައިވާ އިރު، އެމްޑީޕީގެ ގޮފިތަކުން ކުރަންވީ ކަމަކީ މި ސަރުކާރުގެ ވައްކަން އިތުރަށް ފަޅާ އެރުވުން ކަމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރު ވަހީދު ވިދާޅުވެއްޖެއެވެ.

 

ރައްޔިތުންގެ ބަދަލުގެ ނަމުގައި ހޯމަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ އެމްޑީޕީއާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުން ވެސް ކުރަންވީ ކަމަކީ މި ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ފަޅާއެރުވުން ކަމަށެވެ. ރަށްރަށުގެ ލެވެލްގައާއި، ދާއިރާތަކުގެ ލެވެލްގައި ވެސް އެ ރަށްރަށުގައާއި ދާއިރާތަކުގައި މި ސަރުކާރުން ހިންގާ ވައްކަމުގެ އަމަލުތަކަށް ފާރަވެރިވެ އެކަންތައް ހާމަކުރުމަށް އޭނާ ގޮވާލެއްވިއެވެ.

 

އިދިކޮޅު މެންބަރުންނާ ކުރިމަތިލެއްވުމަށް ޕީޕީއެމްގެ ނައިބު ރައީސް ޢަބްދުﷲ ޢަބްދުއްރަޙީމް އެ ޕާޓީގެ މެންބަރުންނަށް ގޮވާލައްވާފައި ވާތީ އެކަމަށް ރައްދު ދެއްވަމުން ވަހީދު ވިދާޅުވީ އެ ގޮވާލެއްވުމަށް އިޖާބަ ދެއްވާނޭ ބަޔަކު މި ރާއްޖޭގައި ނުތިބޭނޭ ކަމަށެވެ. މީގެ އިތުރުން އެމްޑީޕީގެ މެންބަރުން ކުރަންވީ ކަމަކީ ބ.މާޅޮހަށް މީގެ ކުރިން އަރުވާލާފައިވާ މީހަކު އެރަށަށް އަރުވާލާފައި ވަނީ ކީއްވެކަން ރައްޔިތުންނަށް ހާމަކުރުން ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.

 

ކަށިން ހިއްވަރު ނެރެ، އަލުން މަގުމައްޗަށް ނުކުމެ މިސަރުކާރާ ދެކޮޅަށް އިޙްތިޖާޖުކުރުމަށް ވެސް ވަހީދު ވަނީ އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
1 ނޮވެންބަރ 2017 | ބުދަ 08:26
ފަރަހަ
ތެޅިތެޅި ތިބޭށެވެ. ތެޅުނު ވަރަކުން ހުޅުބު ދިއުންނޫން ކަމެއް ނުވާނެއެވެ.