ކ. މާލެ
|
31 އޮކްޓޯބަރ 2017 | އަންގާރަ 12:57
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ސްކައި ނިއުސް
ރައީސް ނަޝީދު ބައިވެރިވާ ބަހުސ
އޮކްސްފޯޑް ޔޫނިއަން އިން ބާއްވާ ބަހުސްއަކަށް ރައީސް ނަޝީދަށް ދައުވަތު ދެއްވައިފި
މި ބަހުސްގައި ތިމާވެށީގެ ދާއިރާއަށް މަސައްކަތްކުރާ ފަރާތްތައް ބައިވެރިވޭ
ބަހުސް އޮންނަނީ ނޮވެމްބަރު 02 ގައި

އޮކްސްފޯޑް ޔޫނިއަން އިން އިންތިޒާމުގެ ކޮށްގެން ބާއްވާ ކްލައިމެޓް ޗޭންޖް ޑިބޭޓުގައި ރައީސް މުހައްމަދު ނަޝީދު ބައިވެރިވަޑައިގަތުމަށް ދައުވަތު ދީފިއެވެ. 

އޮކްސްފޯޑް ޔޫނިއަން އިން އިންތިޒާމު ކުރާ މި ބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 02 ވަަނަ ދުވަހު އެވެ.  ތިމާވެއްޓާ ގުޅޭ މި ބަހުސްގައި، ތިމާވެށީގެ މައްސަަލަތައް ހައްލު ކުރުމަށް ހުރި ހުރަސްތަކަކީ، ތިމާވެށީގެ ދާއިރާއިން ހެދިފައިވާ ގަވައިދުތައް ތަންފީޒު ނުކުރެވުމާއި  މި މައްސަލައަށް އާންމުން ދޭ ސަމާލުކަން ކުޑަވުމާ ބެހޭ ގޮތުން އަލިއަޅުވާލުމަށް ހަމަޖެހިފައި ވެއެވެ.

މި މައުލޫއުއާ އެއްކޮޅަށް ވާހަކަދައްކަވާނީ އިނގިރޭސިވިލާތުގެ މަޖިލީސް މެންބަރު ބެރީ ގާޑިނަރ އާއި  ޖަރުމަނުވިލާތުގެ ތިމާވެއްޓާ ބެހޭ ވަޒީރު ބާބަރާ ހެންރިންކްސް އާއި ތިމާވެރީގެ ދާއިރާގެ މާހިރެއް ކަމުގައިވާ ޑޭވިޑް ކިންގް އެވެ.

މި މައުލޫއުއާ ދެކޮޅަށް ވާހަކަދައްކަވާނީ ނިއުކްލިއާ ފިޒިސިސްޓެއް ކަމުގައިވާ އާނެސްޓް މޯނިޒް އާއި ކުރީގެ ރައީސް  މުހައްމަދު ނަޝީދާއި ނެޓާލީ ބެނެޓް އެވެ.

 ރައީސް ނަޝީދު މި ބަހުސްގައި ބައިވެރިވަޑައިގަންނަވާ އިރު، މީގެ ކުރިން ވެސް ތިމާވެއްޓާ ގުޅޭ ބައިނަލްއަގްވާމީ ތަފާތު އެކި ފޯރަމްތަކުގައި އެމަނިކުފާނު ވަނީ ތަގުރީރު ކުރައްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
31 އޮކްޓޯބަރ 2017 | އަންގާރަ 13:46
މުހައްމަދު
މީހަމަ އިންޓަނޭޝަނަލް ގޮލައެއް ސާބަހޭ ރައީސް