ކ. މާލެ
|
31 އޮކްޓޯބަރ 2017 | އަންގާރަ 12:44
ބީއެމްއެލް ކަސްޓަމަރ ސާވިސް ސެންޓަރ
ބީއެމްއެލް ކަސްޓަމަރ ސާވިސް ސެންޓަރ
ބީއެމްއެލް
ބީއެމްއެލް އާމްދަނީ
ބީއެމްއެލްގެ ފައިދާ 35 ޕަސެންޓް މައްޗަށް ޖެހިލައިފި
247 މިލިއަން ރުފިޔާގެ ފައިދާ ވަނީ ލިިބިފައި

ބޭންކް އޮފް  މޯލްޑިވްސްގެ ފައިދާ 35 ޕަސެންޓް މައްޗަށް ޖެހިލައިފި އެވެ.

ބީއެމްއެލް އިން އާންމުކޮށްފައިވާ 2017 ވަނަ އަހަރުގެ ތިން ވަނަ ކުއާޓަރގެ ހިސާބުތަކަށް ބަލާއިރު ކުންފުންޏަށް ފައިދާގެ ގޮތުގައި 247 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ ކުއާޓަރ އަށް ވުރެ 35 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް އެކުންފުނިން ބުނެ އެވެ. 

މިއަހަރުގެ ތިން ވަނަ ކުއާޓަރގައި އަތޮޅު ތެރޭގައި ތިން ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ ހުޅުވާފައިވާ އިރު  މާލޭގައި އެންމެ ޒަމާނީ ފެންވަރުގެ ކަސްޓަމަރ ސާވިސް ސެންޓަރެއް ވަނީ ގާއިމްކޮށްފަ އެވެ.

 

އެކުންފުނިން މިއަހަރު ފެށުނު އިރު ނިންމާފައިވާ ގޮތަށް 300 މިލިއަން ރުފިޔާ އިންވެސްޓް ކުރުމަށް ނިންމާފައިވާ ނިންމުން ހަގީގަތަކަށް ވާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް ލިބިފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. އަދި މިއަހަރުގެ ނިއަލަށް 150 ވަޒީފާ އުފެއްދުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

 

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާ އެކު 20 އަތޮޅުގައި 34  ބްރާންޗް، 31 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 90 އޭޓީއެމް، 4600 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުން އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް އަންނަނީ ދެމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
100%
0%
0%
0%
0%
ކޮމެންޓް