ކ. މާލެ
|
31 އޮކްޓޯބަރ 2017 | އަންގާރަ 09:05
ފިނޭންސް މިނިސްޓަރ މުނައްވަރު މަޖިލީހުގައި ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅަނީ
ފިނޭންސް މިނިސްޓަރ މުނައްވަރު މަޖިލީހުގައި ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅަނީ
ޕީޕަލް މެގަޒިން
ދައުލަތުގެ ބަޖެޓް
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މިއަދު މަޖިލީހަށް ފޮނުވަނީ
އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު އެންމެ ލަސްވެގެން ބަޖެޓް މަޖިލީހަށް ފޮނުވަންޖެހޭ
މިދިޔަ އަހަރު ފާސް ކުރި ބަޖެޓަކީ 26.7 ބިލިއަން ރުފިޔާ
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ބޮޑުވާނެ

އަންނަ އަަހަރަށް ލަފާކުރާ ބަޖެޓު މަޖިލީހަށް މިއަދު ފޮނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ތަފްސީލުތައް  ބަޖެޓް ހުށަހެޅުމުން އެނގިގެންދާނެ ކަމަށާއި މިއަދު ބަޖެޓް ބަޖިލީހަށް ފޮނުވާނެ ކަމަށެވެ. އެހެން ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ދެއްވާފައެއް ނުވެ އެެވެ. މައުލޫމާތު ލިބޭ ގޮތުގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މި އަހަރުގެ ބަޖެޓަށް ވުރެ ބޮޑު ވާނެއެވެ. އެ ގޮތުން ސިވިލް ސާވިސްގެ މުސާރަ ބޮޑުކުރުމާއި އާ ބިޔަ މަޝްރޫއުތައް ބަޖެޓްގައި ހިމަނާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. 

 އަންނަ ހޯމަ ދުވަހު ބަޖެޓް އެޖެންޑާ ކުރާނެ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.

ގާނޫނު އަސާސީގެ 96 ވަނަ މާއްދާގެ ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރިން އެ އަރަހަކަށް ދައުލަތުން ހިނގާނޭ ކަމަށް ލަފާކުރާ ޚަރަދާއި ދައުލަތަށް ލިބޭނޭ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ޚަރަދާއި ދައުލަތައް ލިބުނު އާމްދަނީގެ ހިސާބު މިނިސްޓަރ އޮފް ފިނޭންސް އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އެ ގޮތުން މަޖިލީހަށް ބަޖެޓް ފޮނުވަންޖެހޭ އެންމެ ފަހު ދުވަހަކީ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހެވެ.

އަންނަ 2018 ވަނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހަޅާއިރު މިދިޔަ އަހަރު ފާސްކޮށްފައިވާ 2017 ވަނަ އަހަރުގެ ބަޖެޓަކީ 26.7 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެމީގެ އިތުރުން 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުށަހަޅާފަ އެވެ. 

މި ހިނގާ 2017 ވަނަ އަހަރަށް ސަރުކާރުން އާމްދަނީގޮތުގައި 21.9 ބިލިއަން ރުފިޔާ ލިބޭ ކަމަށް ލަފާކޮށްފައިވާ އިރު އަންދާޒާކުރި އާމްދަނީގެ 985 މިލިއަން ރުފިޔާ ސަރުކާރަށް ލިބިފައެއް ނުވެ އެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް