ކ. މާލެ
|
31 އޮކްޓޯބަރ 2017 | އަންގާރަ 06:48
އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރު ހަސަން އަފީފް
އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރު ހަސަން އަފީފް
ރާއްޖެއެމްވީ
ޖީއެމްއާރް މައްސަލަ
ޖީއެމްއާރް އަށް ފައިސާ ދައްކަންޖެހުމުގެ ޒިންމާ ރައީސް ޔާމީނާއި އާޒިމާ ނަންގަވަންޖެހޭނެ: އަފީފް
ޖީއެމްއާރް އަށް ސަރުކާރުން ދައްކަން ޖެހުނީ 270 މިލިއަން ޑޮލަރު
އެއްބަސްވުން އުވާލުމަށް އެންމެ ބޮޑަށް ޕްރެޝަރު ކުރެއްވީ އޭރު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ހުންނެވި މިހާރުގެ ރައީސުލްހުމްހޫރިއްޔާ އަބްދުﷲ ޔާމީން
ޖީއެމްއާރްއާ އެކު ސަރުކާރުން ހެދި އެއްބަސްވުން އުވާލީ 2012 ވަނަ އަހަރު

ޖީއެމްއާރު މައްސަލައިގައި ދިވެހި ދައުލަތް ދަރުވާލުމުގެ ޒިންމާ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަދި އެމަނިކުފާނުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރު ނަންގަވަންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން އެމްޑީޕީ ހަރުގޭގައި ކުރިޔަށްގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ، ޖީއެމްއާރް އާއި އެމްޑީޕީ ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުން ބާތިލުކުރެއްވީ ބަޣާވާތްކޮށްގެން ތިބި ބަޔަކު އެކަމަށް އެއްބަސްވެގެން ކަމަށެވެ.

އަފީފް ވިދާޅުވީ، ޖީއެމްއާރް އާއި އެމްޑީޕީ ސަރުކާރު ހަދާފައިވާ އެއްބަސްވުމަކީ އުފެދުނު އިރުވެސް ބާތިލް އެއްޗެއް ކަމަށް ނިންމީ އޭރު އާޒިމާ ބަންޑާރަ ނައިބަކަށް ހުންނަވައިގެން ކަމަށާއި  ކަމަށާއި، އަދި ސިންގަޕޫރުގެ އާބިޓްރޭޝަނަށް ދިޔަ ނަމަވެސް ޖީއެމްއާރް އަށް ސަރުކާރުން އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށްވެސް އެކަމަނާ ވިދާޅުވިކަމަށެވެ.

ޖީއެމްއާރް މައްސަލައިގައި ކުރިޔަށްދިޔަ މަޝްވަރާއެއްގައި ޖީއެމްއާރް އަތުން އެއާޕޯޓް އަތުލުމާ ބަޔަކު ދެކޮޅު ހެއްދެވުމުން އެ މަޝްވަރާ ދޫކުރައްވާ ވަޑައިގަތީ ރައީސް ޔާމީން ކަމަށާއި، ޖީއެމްއާރް އަތުން އެއާޕޯޓް އަތުލުމަށް އޭރު އެންމެ ބޮޑަށް އަޑު އުފުއްލެވީ އެމަނިކުފާނުކަމަށްވެސް އަފީފް ވިދާޅުވިއެވެ.

އެގޮތުން އަފީފް ވިދާޅުވީ، ރައްޔަތުންގެ ބޮލުގައި އަޅުވާފައިވާ ޖީއެމްއާރްގެ އަށް ދައްކަންޖެހޭ އެތައް މިލިއަން ޑޮލަރުގެ ފައިސާ އަކީ ރައީސް ޔާމީން އަދި އާޒިމާ ފުރިހަމަ ޒިންމާ ނަންގަވަންޖެހޭ ކަމެއް ކަމަށެވެ.

މި ސަރުކާރުގެ މޮޓޯ އަކީ ވައްކަންކުރުންކަން ފާހަގަކުރައްވަމުން އަފީފް ވިދާޅުވީ، ޖީއެމްއާރުން އެއާޕޯޓް ތަރައްގީކޮށް، ސައުތް އޭޝިއާ އިން ނުފެންނަވަރުގެ ޓާމިނަލް އަކާއި، އިތުރު ރަންވޭއެއްގެ އިތުރުން ހިދުމަތްތަކެއް ދިނުމަށް ބަޖެޓްކުރީ 350 މިލިއަން ޑޮލަރު ކަމަށާއި، އެހެންނަމަވެސް މި ސަރުކާރުން އެއާޕޯޓް ތަރައްގީކުރުމަށް 900 މިލިއަން ޑޮލަރު ބަޖެޓްކޮށްފައިވާ ކަމަށެވެ.

ޕީޕީއެމް އަދި ހާއްސަކޮށް ރައީސް ޔާމީން ޕްރެޝަރު ކުރައްވައިގެން، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ޖީއެމްއާރުގެ އެއްބަސްވުން އުވާލުމާ ގުޅިގެން 1.4 ބިލިއަން ޑޮލަރު އެދުމަށް އެ ކުންފުނިން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅި އެވެ. އެ މައްސަލަ ބެލުމަށް ފަހު ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް 270 މިލިއަން ޑޮލަރު ދައްކަން ދިވެހި ސަރުކާރަށް ޖެހުނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
31 އޮކްޓޯބަރ 2017 | އަންގާރަ 12:47
އަލިބެ
ތިކަހަލަ ދޮގުވާހަކަދައްކަން އަފީފުމެން ލަދެއް ނުގަނޭތަ. އަނގަނުތަޅާ މަޑުން ހުރެވޭތޯ ބަލާބަލަ.