ކ. މާލެ
|
31 އޮކްޓޯބަރ 2017 | އަންގާރަ 01:00
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަންގެ އެވޯޑް ހަފްލާގެ ތެރެއިން
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަންގެ އެވޯޑް ހަފްލާގެ ތެރެއިން
މުހައްމަދު ޝަރުހާން
މަޓާޓޯ ޓްރެވަލް އެވޯޑް
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފި
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަން އަށް އެވޯޑް ދޭން ފަށާފައިވަނީ އަލަށް މިއަހަރު
15 ކެޓަގަރީއަށް ދިޔަ ފަރާތްތައް ހޮވާފައިވަނީ 60 ޕަސަންޓުގެ އެސްއެމްއެސް ވޯޓިން އާއި 40 ޕަސަންޓް ޓްރިޕް އެޑްވައިޒަ ރޭޓިންގް އިން
ޖުމްލަ 15 ކެޓަގަރީއަކަށް ބަހާލައިގެން އެވޯޑުތައް ހަވާލުކޮށްފައިވަނީ

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަނަށް ހޮވުނު ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ.

 

އެވޯޑުތައް ހަވާލުކުރުމުގެ ރަސްމިއްޔާތު ކ. މާފުށީ އެރީނާ ބީޗްގައި ހޯމަ ދުވަހުގެރޭ ބާއްވާފައިވާއިރު އެވޯޑުތައް ހަވާލުކޮށްފައިވަނީ ޖުމްލަ 15 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން ލީޑިންގް ގެސްޓް ހައުސްގެ އެވޯޑް އާއި މޯސްޓް ސަޕޯޓިވް ގެސްޓް ހައުސްގެ އެވޯޑް އާއި ލީޑިންގް ގެސްޓް ހައުސް ބްރޭންޑްގެ އެވޯޑް ލިބުނީ އެރީނާ ބީޗް އަށެވެ. އަދި މޯސްޓް ސަޕޯޓިވް ގެސްޓް ހައުސްގެ އެވޯޑް އާއި ލީޑިންގް ގެސްޓް ހައުސް ބްރޭންޑްގެ އެވޯޑް ލިބިފައިވަނީ ކާނި ހޮޓެލްސް އަށެވެ.

 

ކާނި ބީޗްގެ މޭނެޖަރ އިސްމާއިލް ނަޒާލް ވިދާޅުވީ އެވޯޑް ލިބުމުން ވަރަށް އުފާވާ ކަމަށާއި އަންނަ އަހަރުވެސް އިތުރު ކެޓަގަރީތަކުން އެވޯޑުތައް ހޯދަން މަސައްކަތްކުރައްވާނެ ކަމަށެވެ.

 

ލީޑިންގް ހެރިޓޭޖް ގެސްޓް ހައުސްގެ އެވޯޑް "ލޯކަލް އައިލެންޑް އިން" އަށް ލިބިފައިވާއިރު ލީޑިންގް ގެސްޓް ހައުސް ޑައިވިންގް އެންޑް ވޯޓަރ ސްޕޯޓްސްގެ އެވޯޑް ލިބުނީ "އެކްރިވް ވޯޓަރ ސްޕޯޓްސް" އަށެވެ. އަދި ލީޑިންގް އެޑްވެންޗަރ ގެސްޓް ހައުސްގެ އެވޯޑް "ރެވެރީޒް ޑައިވިންގް ވިލެޖް"އަށް ލިބިފައިވާއިރު ލީޑިންގް ޓްރާންސްޕޯޓް ސާރވިސް ޕްރޮވައިޑަގެ އެވޯޑް ލިބުނީ "ނެވި ޓްރާންސްފާ ސްޕީޑް" އަށެވެ.

 

"ރެވެރީޒް ޑައިވިންގް ވިލެޖް"ގެ ޖެނެރަލް މެނޭޖަރ އައްބާސް އިބްރާހިމް ވިދާޅުވީ އެ އެވޯޑް ލިބިމުން އުފާވާ ކަމަށާއި އެމީހުންނަކީ ހުރިހާ އެކްސްކާޝަންތައް ހިމަނައިގެން ރަގަޅު ފެންވަރަކަށް ކަސްޓަމަރުންނަށް ޙިދުމަތް ފޯރުކޮށްދެމުން އަންނަ ބައެއް ކަމުގައެވެ.

 

ލީޑިންގް ގްރީން އިކޯ ފްރެންޑްލީ ގެސްޓް ހައުސްއަކަށް "ޓީއެމްއީ ރީޓްރީޓްސް ދިގުރަށް" ހޮވިފައިވާއިރު އަދި ލީޑިންގް ބިޒްނަސް ޑިވޮލޮޕްމަންޓް ޕާޓްނާގެ އެވޯޑް ދިރާގަށް ވަނީ ލިބިފައެވެ. އަދި ނިއުކަމާރ އޮފް ދަ އިޔަރ 2017 ގެ އެވޯޑް ލިބުނީ "ވެލިވިލާ ދިއްފުށި" އަށެވެ.

 

ލީޑިންގް ބީޗް އައިލެންޑްގެ އެވޯޑް ހއ. ކެލާއަށް ލިބިފައިވާއިރު ލީޑިންގް ގެސްޓް އައިލެންޑްގެ އެވޯޑް ލިބުނީ މާފުއްޓަށެވެ. އަދި ލީޑިންގް ފުޑް އެންޑް ބެވަރޭޖް ގެސްޓް ހައުސްގެ އެވޯޑް އާއި މޯސްޓް އިނޮވޭޓިވް ގެސްޓް ހައުސް ކޮންސެޕްޓުގެ އެވޯޑް ވެލާނާ ބީޗަށް ލިބިފައިވާއިރު ބިޒްނަސް ގެސްޓް ހައުސްގެ އެވޯޑް ލިބުނީ ހޮޓެލް ޔޫ އައި އިން އަށެވެ.

 

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަންގެ 15 ކެޓަގަރީއަށް ދިޔަ ފަރާތްތައް ހޮވާފައިވަނީ 60 ޕަސަންޓުގެ އެސްއެމްއެސް ވޯޓިން އާއި 40 ޕަސަންޓް ޓްރިޕް އެޑްވައިޒަ ރޭޓިންގް އިންނެވެ.

 

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަން އަށް އެވޯޑް ދޭން ފަށާފައިވަނީ އަލަށް މިއަހަރުއެވެ. މި އެވޯޑް ހަފްލާގައި އެކި ކުންފުނިތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

 

 

 

 

 

   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް