ކ. މާލެ
|
30 އޮކްޓޯބަރ 2017 | ހޯމަ 17:41
ޓެގް އެޅުވުމަށް ފަހު އެ މީހުން އުޅޭ ނޫޅޭ ގޮތް ބަލައި، މޮނިޓަރ ކުރެވޭނެ
ޓެގް އެޅުވުމަށް ފަހު އެ މީހުން އުޅޭ ނޫޅޭ ގޮތް ބަލައި، މޮނިޓަރ ކުރެވޭނެ
ޕޮލިސް
ޓެގް އެޅުވުން
އަށް މީހެއްގެ ފައިގައި ޓެގް އަޅުވައިފި، ޓެގް އަޅުވަން އިތުރު ބަޔަކު ހޯދަނީ!
މޮނިކޮން އަމުރުގެ ދަށުން މިފަހަރު ޓެގް އަޅުވާ ނުވަ މީހުން ނިސްބަތްވަނީ ހަތަރު ގްރޫޕަކަށް
އަށް މީހެއްގެ މައްޗަށް އެ އަމުރު ތަންފީޒު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައި
މޮނިކޮން އަމުރަކާ ޚިލާފުވެއްޖެނަމަ ގިނަވެގެން 18 މަސް ދުވަހަށް ގޭބަންދު ނުވަތަ ޖަލަށް

އަށް މީހެއްގެ މައްޗަށް މޮނިޓަރ އެންޑް ކޮންޓްރޯލް (މޮނިކަން) އަމުރު ތަންފީޒު ކުރަމުންދާއިރު، ޓެގް އެޅުވުމަށް އިތުރު ބަޔަކު ހޯދަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

 

ހޯމަ ދުވަހު ފުލުހުން ބުނީ މޮނިކޮން އަމުރުގެ ދަށުން އަށް މީހެއް ބަލަހައްޓަމުންދާ ކަމަށެވެ. އަދި ޓެގް އެޅުވުމަށް އިތުރު ބަޔަކު ހޯދަމުންދާ ކަމަށް ފުލުހުން ބުންޏެއެވެ.

 

ޓެގު އެޅުވުމާ ބެހޭ ކޮމިޓީއަށް 16 މީހެއްގެ ފައިގައި ޓެގު އަޅުވަން ހުށަހެޅި ނަމަވެސް ފުރަތަމަ ހުއްދަ ދީފައިވަނީ ނުވަ މީހެއްގެ ފައިގައި ޓެގު އެޅުވުމަށެވެ. މި ނުވަ މީހުންގެ މައްޗަށް މޮނިކޮން އަމުރު ނެރެދިނުމަށް އެދި ހައިކޯޓަށް ފުލުހުން ހުށަހެޅީ މިމަހުގެ 10 ވަނަ ދުވަހު އެވެ. މޮނިކޮން އަމުރާ ގުޅޭ ގޮތުން ހޯމް މިނިސްޓަރަށް ލަފާ އަރުވާ ކޮމެޓީއިން ނުވަ މީހުންގެ މައްޗަށް އަމުރު ހޯދުމަށް ނިންމާފައި ވަނީ މިމަހުގެ 1 ވަނަ ދުވަހު އެވެ. އޭގެ ތެރެއިން އަށް މީހެއްގެ ފައިގައި ޓެގް އަޅުވާފައިވާއިރު، އަމުރު ނެފައިވާ މީހުންގެ ތެރެއިން ޓެގް ނޭޅުވި ހުރީ އެކަކެވެ. 

 

މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނުމަށް ފުލުހުން ވަނީ ދެކޮޅު ހަދާފަ އެވެ.

 

މޮނިކޮން އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅުމެއް ކޯޓަށް ލިބޭތާ 24 ގަޑިއިރުގެ ތެރޭގައި، އަޑު އެހުމެއް ބާއްވައި އެހުށަހެޅުމަކާ މެދު ވަކިގޮތެއް ނިންމަންޖެހެ އެވެ. ހައިކޯޓުން އަމުރު ނެރުނު ދުވަސް ސާފު ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.

 

މާރާމާރީ ހުއްޓުވުމަށް އަމާޒު ކޮށްގެން ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން މޮނިކޮން އަމުރު ނެރެން ފެށީ 2016 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި، ހޯމް މިނިސްޓަރަކަށް އުމަރު ނަސީރު ހުންނެވި ދުވަސްވަރެވެ. އެފަހަރު 20 މީހެއްގެ ފައިގައި ޓެގް އަޅުވައި، ގަވާއިދުން އެމީހުންގެ ހަރަކާތްތައް ބަލާފައިވެއެވެ

 

މޮނިޓަކޮށް ކޮންޓްރޯލް ކުރުމަށް ނެރޭ އަމުރެއްގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ.

 

މޮނިކޮން އަމުރެއްގެ ދަށުން ފިޔަވަޅު އަޅާފައިހުރި މީހަކު، އެކަށީގެންވާ ސަބަބެއް ނެތި، މޮނިކޮން އަމުރުގެ އެއްވެސް ފިޔަވަޅަކާ ހިލާފްވެއްޖެ ނަމަ އެމީހަކު އެކުރީ ޖިނާއީ ކުށެކެވެ. އެ ކުށުގެ އަދަބަކީ ގިނަވެގެން 18 މަސްދުވަސް ގޭބަންދުކުރުން ނުވަތަ ޖަލަށްލުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް