ކ. މާލެ
|
30 އޮކްޓޯބަރ 2017 | ހޯމަ 14:35
ވެލިގާ ހާޑުވެއަރގެ ޖަނަވަރީ މަގު ފިހާރަ
ވެލިގާ ހާޑުވެއަރގެ ޖަނަވަރީ މަގު ފިހާރަ
ޓްވިޓަރ
ވެލިގާ ހާޑުވެއަރ
ވެލިގާ ހާޑްވެއަރގެ ޖަނަވަރީ މަގު ފިހާރަ ބަދަލުތަކާ އެކު ހުޅުވައިފި
ވެލިގާ ހާޑުވެއަރގެ ފަސް ފިހާރަ ވަނީ ހުޅުވާފައި
ފިހާރަ ހުޅުވާފައި ވަނީ ފަސޭހަކަމާ އެކު ވިޔަފާރި ކުރެވޭ ފަދަ ގޮތަށް

ވެލިގާ ހާޑުވެއަރގެ  ޖަނަވަރީ މަގު ފިހާރަ އިތުރަށް ބޮޑުކޮށް ގިނަ ބަދަލުތަކާ އެކު އާންމުކޮށް ހުޅުވާލައިފި އެވެ.

 "ވެލިގާ ހާޑުވެއަރ 2" ފިހާރަ އާންމުންނަށް ހިދުމަތް ދޭން ފަށާފައި ވަނީ  2010  އަހަރުގެ މެއި 14 ގަ އެވެ. އަލުން މަރާމާތު ކުރުމަށް ފަހު "ވެލިގާ ހާޑުވެއަރ 2" ހުޅުވާފައިވާ އިރު ފިހާރަ ވަނީ އިތުރަށް  ބޮޑު ކުރެވި، އާންމުނަށް ފަސޭހަކަމާ އެކު ވިޔަފާރި ކުރެވޭ ފަދަ ގޮތަކަށް ޑިޒައިން ކުރެވިފަ އެވެ.

"ވެލިގާ ހާޑުވެއަރ 2"،  ޖަނަވަރީމަގު ފިހާރައަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައި ވަނީ އާންމުންނަށް ދެމުން އަންނަ ހިދުމަތްތައް ފުޅާކޮށް، ފަސޭހަކަމާ އެކު ވެލިގާގެ ކޮންމެ  ފިހާރައަކުން ވެސް ކަސްޓަމަރުން ބޭނުންވާ މުދާ ވީހާ ވެސް އަވަހަށް ފޯރުކޮށްދިނުމަށެވެ.  އަލަށް ގެނެވުނު ބަދަލުތަކާ އެކު ވެލިގާ ހާޑުވެއަރ އިން ފަހުން ހުޅުވާލައިވާ ޝޯރޫމްތަކައި އެއް ފެންވަރަކަށް ޖަނަވަރީ މަގުގެ ޝޯރޫމް ބަދަލުކޮށް އެތަންތަނާއި އެއް ފެންވަރެއްގެ ހިދުމަތެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ވެލިގާ ހާޑުވެއަރ އިން މިހާރު ދަނީ މާލެ އަދި ހުޅުމާލޭ ހިމެނޭ ގޮތަށް ފަސް ފިހާރައެއް ހުޅުވާފަ އެވެ. މީގެ އިތުރަށް އެކުންފުނިން މިއަހަރުގެ ތެރޭގައި ވަނީ ދުނިޔޭގެ މަޝްހޫރު ޕަވަރޓޫލް ބްރޭންޑެއް ކަމަށްވާ "މެޓާބޯ"ގެ އުފެއްދުންތައް ވެސް ރާއްޖެ އެތެރެކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭން ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް