ކ. މާލެ
|
30 އޮކްޓޯބަރ 2017 | ހޯމަ 11:56
އީޔޫ ވަފުދުގެ ބޭފުޅުން ޚާރިޖީ ވަޒީރު ޑރ. ޢާސިމްއާ ބައްދަލުކުރައްވަނީ
އީޔޫ ވަފުދުގެ ބޭފުޅުން ޚާރިޖީ ވަޒީރު ޑރ. ޢާސިމްއާ ބައްދަލުކުރައްވަނީ
ފޮރިން މިނިސްޓްރީ
އީޔޫ - ދިވެހިރާއްޖެ
އީޔޫ ވަފުދު ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި
މި ވަފުދުގެ ބޭފުޅުން ވަނީ އިދިކޮޅު ފަރާތްތަކާއިވެސް ބައްދަލުކުރައްވާފައި

ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ ވިލާތުގެ އިއްތިޙާދުގެ ވަފުދުން ޚާރިޖީ ވަޒީރު ޑރ. މުހައްމަދު އާސިމްއާ ބައްދަލުކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާގައި ހޯމަ ދުވަހު ހެނދުނު ބޭއްވި ބައްދަލުވުމުގައި ދެފަރާތުގެ މެދުގައި އެކި ދާއިރާތަކުން މަޝްވަރާކުރެވުނު ކަމަށް ޚާރިޖިއްޔާއިން ބުނެއެވެ. ނުވަ ބޭފުޅުންގެ މައްޗަށް އެކުލެވޭ ޔޫރަޕްގެ އިއްތިޙާދުގެ މިވަފުދުގައި ހިމެނިވަޑައިގަންނަވަނީ ޔޫރަޕިއަން ޕާލަމެންޓްގެ ތިން މެމްބަރުންނާއި އެޕާލަމެންޓްގެ އިދާރީ ބޭފުޅުންނާއި ލަންކާގައި ހުންނަ ރާއްޖެއަށާއި ލަންކާއަށް ކަނޑައަޅާފައިވާ އީޔޫ އޮފީހުގެ ބައެއް ބޭފުޅުންނެވެ. ތިން ދުވަހުގެ މުއްދަތަކަށް އެބޭފުޅުން ކުރައްވާ މި ޒިޔާރަތުގައި އާދިއްތަ ދުވަހުގެރޭ އިދިކޮޅު ފަރާތްތަކާއި ބައްދަލުކުރައްވާފައިވާއިރު، މިއަދު ބައްދަލުކުރައްވާނީ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއެވެ. އަދި މިދަތުރުގައި އީޔޫގެ އެހީގައި ކުރިއަށްދާ ބައެއް ޕްރޮޖެކްޓްތަކުގެ މަސައްކަތް ދާ ގޮތަށް ބައްލަވައިލެއްވުމަށް އައްޑޫއަށާއި ފުވައްމުލަކަށް ވަޑައިގަންނަވާނެއެވެ.

ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރުން ރާއްޖެއަށް ކުރައްވާ މިޒިޔާރަތަކީ ރާއްޖޭގެ ޙާލަތު ބެއްލެވުމަށް ކުރައްވާ ޒިޔާރަތެކެވެ. އަދި މިޒިޔާރަތުގެ ކުރިން އީޔޫ ޕާލަމެންޓުން ވަނީ ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާ ޤަރާރެއް ވެސް ނެރެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް