ކ. މާލެ
|
30 އޮކްޓޯބަރ 2017 | ހޯމަ 11:44
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު ޒާހިރާ
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު ޒާހިރާ
ފާތިމަތު ޝަނާ މުހައްމަދު
ރާއްޖޭގެ އިންޝިއުރެންސް ދާއިރާ
އިންޝިއުރެންސް ދާއިރާގެ އެސެޓް އެއް ބިލިއަން ރުފިޔާއަށް އަރައިފި
އިންޝިއުރެންސް ފަސް ކުންފުނި މަސައްކަތް ކުރޭ
ރާއްޖޭގެ އިންޝިއުރެންސް ދާއިރާ އަންނަނީ ވަރަށް ބޮޑަށް ކުރިއަރަމުން

ރާއްޖޭގެ އިންޝިއުރެންސް ދާއިރާގެ އެސެޓްގެ އަގު އެއް ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ޑެޕިއުޓީ ގަވަރުނަރު އައިޝަތު ޒާހިރާ ވިދާޅުވެއްޖެެ އެވެ.

ދިވެހި އިންޝިއުރެންސް ކުންފުންޏަށް އެއް އަހަރުވުން ފާހަގަކުރުމުގެ ގޮތުންބޭއްވި ސެމިނާ ފެށުމުގެ ގޮތުން ޒާހިރާ ވިދާޅުވީ ރާއްޖޭގެ އިންޝިއުރެންސް ދާއިރާ މިފާއިތުވެދިޔަ 10 އަަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށާއި އެގޮތުން މިހާރު މިދާއިރާގައި ފަސް ކުންފުނި ރާއްޖޭގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދިވެހި އިންޝިއުރެންސް ކުންފުނި ވުޖޫދަށް އައިސް އެއް އަހަރުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހާސިލްކޮށްފައިވާކަން ފާހަގަކުރައްވާ ޒާހިރާ ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ މާލީ ދާއިރާ ކުރިއެރުވުމަށްޓަކާއި މި ދާއިރާއަށް އާންމުން ހޭލުންތެރިކުރުން މުހިއްމު ކަމަށެވެ. ދިވެހި އިންޝިއުރެންސް ކުންފުނިން، ކުރިއަށްގެންދާ މި ސެމިނަރ ތަކުން މި ދާއިރާއަށް އިތުރު ކުރިއެރުންތައް ލިބިގެންދާ ކަމަށް ޒާހިރާ ވިދާޅުވި އެވެ.

ދިވެހި އިންޝިއުރެންސް ކުންފުންޏަކީ ތަފާތު މަސައްކަތްތަކެއް ކުރައްވަމުންދާ ޒަމާނީ ކުންފުންޏެއްކަން ފާހަގަކުރައްވާ ޒާހިރާ ވިދާޅުވީ، ރާއްޖޭގެ އިންޝިއުރެންސް ކުންފުނިތައް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި އެކުންފުނިތަކުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ.

"މިފާިއތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި އިންޝިއުރެންސް ދާއިރާއަށް ވަނީ ވަރަށް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް އައިސްފަ. މިގޮތުން ފާހަގަކޮށްލެވޭ އެއްކަމަކަކީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އިންޝިއުރެންސް ދާއިރާ ކުރިއަރަމުންދާ ނިސްބަތް ޑަބަލް ޑިޖިޓްގައި ހިފެހެއްޓިފައިވާކަން. އެގޮތުން ވޭދިތުވެދިޔަ އަހަރުގެ ތެރޭގައި ގްރޮސް ޕްރިމިއަމް 773 މިލިއަން ރުފިޔާއަށް އަރާފައިވޭ. މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާ އިރު 17 ޕަސެންޓްގެ ކުރިއެރުމެއް،" ޒާހިރާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން ދިވެހި އިންޝިއުރެންސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް ވާހިދު ތައުފީގު ވިދާޅުވީ، މި ފާިއތުވެދިޔަ އެއް އަހަރުގެ ތެރޭގައި އެ ކުންފުނިން ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އިތުރު ޕްރޮޓަކްޓްތައް އިންޝިއުރެންސްގެ ދާއިރާއަށް އެކުންފުނިން ތައާރަފް ކުރާނެ ކަމަށެވެ.

ރާއްޖޭގައި އިންޝިއުރެންސް ދާއިރާ ކުރިއަރަމުންދަނީ ވާދަވެރި މާހަލެއްގައިކަން ފާހަަގަކުރައްވާ އަބްދުލް ވާހިދު ވިދާޅުވީ، ރާއްޖޭގެ އިންޝިއުރެންސް މާކެޓަށް އިތުރު ކުރިއެރުންތައް ގެނެސްދިނުމަށް ދިވެހި އިންޝިއުރެންސް އިން ވަރަށް ގިނަ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ކުންފުނިން ކުރާ ހަރަދުތަކުގެ ތެރެއިން އިންޝިއުރެންސްއަކީވެސް އޭގެ އެއް ސެކްޓަރ. އެ އިންޝިއުރެންސް ވެސް ކޮސްޓް އިފެކްޓިވް ކޮށް ކުންފުންނަށް އެންމެ ބޭނުންވާ ގޮތަށް ބޭނުން ކުރެވޭ ކަމުގައިވާ ނަމަ ކޮމްޕެޓީޓިވް މާކެޓެއް ގާއިމް ކުރުމަށް ލިބޭނެ އިތުރު ފުރުސަތަކަށް ވެގެންދާނެ،" އަބްދުލް ވައްހާބު ތައުފީގު ވިދާޅުވި އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
31 އޮކްޓޯބަރ 2017 | އަންގާރަ 13:28
Random
673 މިލިއަން . 773 އެއް ނޫން