ކ. މާލެ
|
30 އޮކްޓޯބަރ 2017 | ހޯމަ 06:41
ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫއު
ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫއު
އަޝްވާ ފަހީމް
ހދ. ކުޅުދުއްފުށީ
ކުޅުދުއްފުށީ މަގު ހެދުމުގެ ޕްރޮޖެކްޓް ހުއްޓިފައި އޮތީ ޓެކްނިކަލް މައްސަލައަކުން، އެކަން މިހާރު ހައްލުވެއްޖެ: އެމްއާރުޑީސީ
ކުޅުދުއްފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ހުއްޓިފައި އޮތީ ޓެކްނިކަލް މައްސަލައަކުން
މަގުހެދުމުގެ މަޝްރޫޢު ކުރިއަށް އޮތް ދެ މަހެއްހާދުވަހުގެ ތެރޭގައި ނިންމާލެވޭނެ

ހދ.ކުޅުދުއްފުށީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ހުއްޓިފައި އޮތީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށާއި، މިހާރު އެކަން ހައްލުވެ، އެރަށުގެ މަގުހެދުމުގެ މަސައްކަތް ކުރިންވެސް ކުރިއަށްދިޔަ ބާރުމިނުގައި އަލުން ފަށާނެކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީން) އިން ބުނެފިއެވެ.

 

ކުޅުދުއްފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މަޑުޖެހިފައި އޮތުމާ ގުޅޭގޮތުން އެމްއާރްޑީސީން ބުނީ މިމަޝްރޫޢާ ގުޅިގެން މިހާރު ދެކެވެމުންދާ ވާހަކައަކީ ހަޤީގަތް އޮޅުވާލާ، ސަރުކާރާމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެއްދުމަށް ފަތުރަމުންދާ ވާހަކަތަކެއްކަމަށެވެ.

 

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މަމްދޫޙް ވިދާޅުވީ، ބޮޑެތި މަޝްރޫޢުތައް ކުރިއަށްގެންދާއިރު ތަފާތު މައްސަލަތައް ދިމާވާނެކަން ޤަބޫލްކުރަންޖެހޭކަމަށާއި، ވަކިން ޚާއްޞަކޮށް ސަބް ކޮންޓްރެކްޓަރަކާއެކު މަސައްކަތްކުރަމުންދާއިރު، ކޮންމެވެސް ވަރެއްގެ ޚިޔާލު ތަފާތުވުންތަކެއް ދިމާވުމަކީވެސް އެކަށީގެންވާކަމެއް ކަމަށެވެ. ނަމަވެސް މިފަދަ މައްސަލަތައް ދިމާވާ ޙާލަތްތަކުގައި ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދާ، ސަރުކާރާމެދު ޝައްކުއުފެއްދުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

ކުޅުދުއްފުށީގެ މަގު ހެދުމުގެ މަޝްރޫއު އެމްއާރުޑީސީއާ ހަވާލުކޮށްފައިވާއިރު، ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި އެ މަސައްކަތް ކުރީ ސްރީ ލަންކާގެ ސިއެރާ ކުންފުނިންނެވެ. ނަމަވެސް އެމްއާރުޑީސީ އާއި ސިއެރާ ކުންފުންޏާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމުގެ އަޑު ވަނީ ފެތުރިފަ އެވެ.

 

ކުޅުދުއްފުށީ ކައުންސިލުން ބުނެފައިވަނީ، މަސައްކަތް ހުއްޓާލާފައި އޮންނަތާ މިހާރު ދެ ހަފުތާއެއްހާ ދުވަސް ވެއްޖެ އެވެ.

އެމްއާރްޑީސީން ބުނީ މަގު ހެދުމުގެ މަސައްކަތް ތާވަލްކުރެވިފައިވާ އެންމެ ބާރު ދުވެލީގައި ކުރިއަށް ނުގެންދެވުނު ނަމަވެސް، ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫޢު ކުރިއަށް އޮތް ދެ މަހެއްހާދުވަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

 

ކުޅުދުއްފުށީގެ 18 މަގެއްގައި ތާރު އަޅަން ވަނީ ނިންމައިފަ އެވެ. އެ 18 މަގުގެ ތެރެއިން މިހާރު ވަނީ ހަތަރު މަގެއްގައި ތާރު އަޅައި ނިންމައިފަ އެވެ.

ކުޅުދުއްފުށީގެ މަގުތައް ހެދުމުގެ މަޝްރޫއަށް 60 މިލިއަން ރުފިޔާ ޚަރަދު ކުރެ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
30 އޮކްޓޯބަރ 2017 | ހޯމަ 16:17
ޢީސަ
އެމް އާރު ޑީ ސީން ތިދެއްވާ ތެދުމައުލޫމާތައް ވަރަށް ސާބަސް، އަޅުގަނޑަކަށް އަދި ނުފެނޭ އެއްވެސް މަގެއްގައި ތާރުއަޅާ ނިމުނު ތަނެއް، ހަމަ އެންމެ މަގެއްގަވެސްނެއް އަމީނީމަގާއި ގުޅެންދެން ތާރު އަޅާފައެއް، ވެދާނެ އެނިމުނީކަމައްވެސް، އެކަމަކު އަޅުގަނޑަށް ހީވަނީ މަގު ހަދާނިމުންކަމަށްވާނީ ދުވާރުވެސް ނިމުނީމަ، އަދިހަމަ އެންމެ މަގެއްގެ ދުވާރުވެސް ނުނިމޭ މެސިނަރީސް ނުބާލައޭ ބުނާއިރު، އަޅުގަނޑު ދުށިން ތާރުފަތުރަން ގެންގުޅުނު މެސިން ލޭންޑިން ކުރާފްޓައް އަރުވައިގެން ގެންދިޔަތަން ސުކުރިޔާ ތެދުވެރިންނަށް