ކ. މާލެ
|
29 އޮކްޓޯބަރ 2017 | އާދީއްތަ 17:06
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިލްހާމް އަހުމަދާއި، މެމްބަރު އަބްދުﷲ ސިނާން - ދެ ބޭފުޅުންގެ ގޮނޑިވެސް ހުސްވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިލްހާމް އަހުމަދާއި، މެމްބަރު އަބްދުﷲ ސިނާން - ދެ ބޭފުޅުންގެ ގޮނޑިވެސް ހުސްވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ
މިހާރު
އިލެކްޝަން ކޮމިޝަން
ގޮނޑި ހުސްވެފައިވާނަމަ އެކަން އަންގައިދިނުމަށް އެދުމުން، އެއީ ކޮމިޝަނާއިބެހޭ ކަމެއް ނޫންކަމަށް އިލެކްޝަނުން ބުނެފި
މެމްބަރުން ފޮނުވި ސިޓީގެ ޖަވާބުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ "ތިމައްސަލާގައި ކަމާ ގުޅުންހުރި އިދާރާގައި ދެންނެވުން ރަނގަޅުވާނެކަމަށް ދެކޭ" ކަމަށް
ހަތް ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވޭ
ހަތް ދާއިރާގެ ގޮނޑި ހުސްވެއްޖެ ކަމަށް ސުޕްރީމް ކޯޓުން މިހާތަނަށްވެސް ނިންމާފައެއް ނުވޭ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައަޅައި، ދާއިރާތަކުގެ ބައި-އިލެކްޝަންސް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާނަމަ އެކަން އަންގަވައިދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ފޮނުވި ސިޓީއާއި ގުޅިގެން އެކަމަކީ އިލެކްޝަންސް ކޮމިޝަނާއި ބެހޭކަމެއް ނޫން ކަމަށް ބުނެ ޖަވާބުދިނުމަށް ކޮމިޝަނުން ދެކޮޅު ހަދައިފި އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި، ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާނާއި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައި މެމްބަރުން އެދިލައްވައިފައި ވަނީ، އެ ބޭފުޅުން ތަމްސީލް ކުރައްވަމުންގެންދެވި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާކަމުގައިވާނަމަ އެކަން އަންގަވައިދެއްވުމަށެވެ.

 

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވަކިވަކިން އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ އެ ސިޓީގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ހުސްވެއްޖެކަމާއިމެދު ހިލާފެއް އުފެދިއްޖެނަމަ އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންކަމުގައި ޤާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ސަރީހަ ނައްސުން ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން އެ މެމްބަރުން ވަކިވެފައިވާކަމަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ކުރައްވަމުންދިޔަ ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ކޮމިޝަނުން ނިންމަވާފައިވާނަމަ އެ ނިންމުންގެ ޝަރީއަތުގައި ކަނޑަ އެޅުމަށެވެ.

 

އޭގެއިތުރުން އިލެކްޝަންސް ކޮމިޝަނުން އެފަދަ ނިންމުމެއް ނިންމާފައިވާކަމުގައިވާނަމަ އެ ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު މެދުވެރިކޮށް ފައިސަލާކުރަނިވި ހުކުމެއް ނެރުމަށްޓަކައި ކޮމިޝަނުން އެ މެމްބަރުން ތަމްސީލްކުރައްވަމުންދިޔަ ގޮޑި ހުސްވެފައިވާކަމަށް ކަނޑައަޅާނަމަ އެކަން އެނގޭނެފަދަ ލިޔުމެއް ލިބޭނެގޮތެއް ހަމަޖައްސަވައި ދެއްވުންއެދޭ ކަމަށެވެ. އަދި އެފަދަ ނިންމުމެއްގައި އެ ނިންމުން ބިނާކުރެވޭ ޤާނޫނީ އަސާސްތަކާއި ސަބަބުތައް ހިމަނައިދެއްވުމަށް ވެސް އެ މެމްބަރުން އިލެކްޝަންސް ކޮމިޝަނަށްގެ ރައީސަށް ފޮނުވި ސިޓީގައި އެދިލައްވައިފައިވެއެވެ..

 

ކޮމިޝަނަށް ފޮނުއްވި އެ ސިޓީގެ ޖަވާބުގައި އިލެކްޝަންސް ކޮމިޝަނުން ބައެއް މެމްބަރުންނަށް ފޮނުވި ޓީގައި ބުނެފައިވަނީ  "ތިމައްސަލާގައި ކަމާ ގުޅުން ހުރި އިދާރާގައި ދެންނެވުން ރަނގަޅުވާނެކަމަށް ދެކޭ" ކަމަށެވެ. އިތުރަށް އެ ސިޓީގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

 

ޕާޓީ ބަދަލުކުރި ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ވަނީ 7 ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެކަމަށް އެ ކޮމިޝަނުން އަމިއްލަ އަމިއްލައަށް ނިންމާލާފަ އެވެ. އެގޮތުން ގޮނޑިގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލްލަތީފް މުހައްމަދާއި، ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިންނާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމްގެ އިތުރުން މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި، ތިނަދޫ ދެކުނު ދާއިރަގެ މެމްބަރު އަބްދުﷲ އަހުމަދު އަދި ގެމަނަފުށި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އެވެ. ނަމަވެސް މި މެމްބަރުންގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވާކަމަށް ޤާނޫނު އަސަސީގެ 74 ވަނަ މާއްދާގެ ދަށުން މިހާތަނަށް ވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް