ކ. މާލެ
|
29 އޮކްޓޯބަރ 2017 | އާދީއްތަ 10:14
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު، ދާދިފަހުން އެއްހާސް އަކަފޫޓުގެ ގޯއްޗެއް ބައްލަވައިގެންނެވި
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު، ދާދިފަހުން އެއްހާސް އަކަފޫޓުގެ ގޯއްޗެއް ބައްލަވައިގެންނެވި
ރާއްޖެ އެމްވީ
މެންބަރު ފަލާހު
ގޯއްޗެއް ގަތީމަ އަޖައިބުވެގެން ނޫޅޭ، އަންނަ އަހަރު 4000 އަކަފޫޓުގެ ގޯއްޗެއް ގަންނާނަން: ފަލާހު
މިލްކިއްޔާތުގައި ގާތްގަނޑަކަށް 50 މިލިއަން ރުފިޔާ ދެ ސަފާރީ
މަސައްކަތް ކޮށްގެން ފައިސާ ހޯދަނީ، 16 އަހަރުގައި މަސައްކަތް ކުރަން ފަށައިފިން
މަސައްކަތްތެރިކަމުގެ ދާއިރާއިން ގައުމީ އިނާމު ވެސް ލިބިފައި

އަންނަ އަހަރު މާލެއިން 4000 އަކަފޫޓުގެ ގޯއްޗެއް ގަންނާނެ ކަމަށް، ދާދި ފަހުން މާލެއިން 1000 އަކަފޫޓުގެ ގޯއްޗެއް ބައްލަވައިގެންނެވި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ފަލާހު ވިދާޅުވީ މާލެއިން ގޯއްޗެއް ގަތުމުން ބަޔަކު އަޖައިބުވެގެން އުޅުނަސް، އޭނާ އަކީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމުގެ ކުރިން ފެށިގެން މަސައްކަތް ކުރަމުންދާ މީހެއް ކަމަށެވެ.

"މަށަކީ ކާކުކަން ނޭނގޭ މީހުން އަޖައިބުވެގެން އުޅެނީ މާލެއިން ގޯއްޗެއް ގަނެގެން، ރަނގަޅަށް މަ އެނގޭ މީހުން ބުނާނެ އެ ސޮރަކީ މަސައްކަތް ކޮށްގެން ލާރި ހޯދާ ސޮރެކޭ،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ އޭނާގެ މިލްކިއްޔާތުގައި މަޖިލީހަށް އިންތިހާބު ވުމުގެ ކުރިން ވެސް 1.5 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 23 މިލިއަން ރުފިޔާ) ގެ ސަފާރީއަކާއި، ދެ މިލިއަން ޑޮލަރު(30.8 މިލިއަން ރުފިޔާ) ގެ ސަފާރީއެއް އޮންނަ ކަމަށެވެ. އަދި އަމިއްލަ ރަށުގައި، ރ. އިންނަމާދޫގައި 4000 އަކަފޫޓުގެ ގޯއްޗެއް ވެސް އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ އުމުރުން 16 އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން މަސައްކަތްތެރިކަމުގެ ގައުމީ އިނާމު ވެސް ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން ފަލާހު ވިދާޅުވީ އޭނާގެ ނަން މައްޗަށް މާލެއިން ގަތް 1000 އަކަފޫޓުގެ ގޯތި ރަޖިސްޓްރީ ކޮށްދިނީ ބުރާސްފަތި ދުވަހު ކަމަށާއި ހޮނިހިރު ދުވަހު އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ގޯތި ގަތް ވާހަކައަކީ ތެދެއް، މަގޭ ނަން މައްޗަށް ބުރާސްފަތި ދުވަހު ރަޖިސްޓްރީ ކޮށްދިނީ، ހޮނިހިރު ދުވަހު މަސައްކަތް ފަށައިފިން. މިހާރު ވިސްނަމުން މިދަނީ އަންނަ އަހަރު މާލެއިން 4000 އަކަފޫޓުގެ ގޯއްޗެއް ގަންނަން،" ފަލާހު ވިދާޅުވި އެވެ.

ހަތަރު މިލިއަން ރުފިޔާ އަށް ފަލާހު މާލެއިން ބައްލަވައިގެންނެވީ މ. އަލްހަދީދު ކިޔާ ގޯތީގެ 1000 އަކަފޫޓެވެ.

ފަލާހަކީ ރާއްޖޭގެ އެންމެ މަޝްހޫރު އަދި އެންމެ ބޮޑު އެއް ބޯޓް ބިލްޑިންގ ކުންފުނި ކަމަށްވާ މެރިން ޑިޒައިން މޯލްޑިވްސްގެ ވެރިޔާ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
29 އޮކްޓޯބަރ 2017 | އާދީއްތަ 16:22
މުނާނާ
މަ ނުބުނަން ޙަރާން ލާރިއެކޭ. އެކަމު މަގޭ ސުވާލަކީ މިއޮއް ހުރިހާ ޒަމާނުގަ ތިހާ މުސްއަނދި އިރުގަ ނުގަނެވުނު ގޯއްޗެއް ކުއްލިއަކަށް މި އަހަރު ގަނެވިފަ އަންނަ އަހަރު އަނެއްގޯތި ގަނެވޭއިރު ތިޔަ ހުރެވުނީ އެންމެ ބާރުގަދަ ޕާޓީގެ އެންމެ އަނގަގަދަ މިތުރުގެ މަގާމުގައޭ. ހަތަރު މިލިޔަނަށް ތިޔަ ގޯތި ނުގަނެވޭނެ ކަމަށް ދައުލަތުގެ ކުރީގެ ބަންޑާރަނައިބަކު ވިދާޅުވާއިރު، ތިޔަ މުޢާމަލާތް ތިހާ ސަހަލުކޮށް އޮމާންކޮށް ނިންމާލުމުގައި ޙައްޤުނޫން ގޮތް އިސްކޮށްފައިވާނަމަ މާތްﷲ ތިބާއަށް އޭގެ ބަދަލު ދެއްވާށި! ތިބާގެ ތިޔަ މުސްއަނދިކަން ކިތަންމެ މައްޗަށް އެރިޔަސް މާދަމާވެސް ކަށްވަޅަށް ދާންޖެހޭނީ ހުސްއަތާ. ގޯއްޗެއްވެސް ސަފާރީއެއްވެސް ނުގެންދެވޭނެ. އެހެންވީމަ މީސްތަކުންގެ މައްޗަށް ކިބުރުވެރި ބޮޑާ ބަސްތައް ނުބުނެ ﷲ ދެއްވި ރިޒުޤަށް ޝުކުރު ކޮށްލާ. ޙަރާމް ޙަލާލު ކަނޑައަޅާނީ މިތާގެ ވެރިން ހެން ބެންކޮކަށްގޮސް ލާރިދައްކާލީމަ ހިލޭއަންހެނުން ޙަލާލުވާ އުސޫލަކުންނޫން. އެކަން ކަނޑައަޅާނީ ﷲގެ ދަރުބާރުގަ. ވަގުތު މިހިރަ ގާތްވަނީ. ގެފުޅު އެހެރަ ތަޅާލަން މުށެއްހާ ގާތްވަނީ. އަވަހަށް ތައުބާވަމާ؟