ކ. މާލެ
|
28 އޮކްޓޯބަރ 2017 | ހޮނިހިރު 19:12
ހެޕީ މާކެޓްގެ ފިހާރަ އެތެރޭގެ ފޮޓޯއެއް
ހެޕީ މާކެޓްގެ ފިހާރަ އެތެރޭގެ ފޮޓޯއެއް
މުހައްމަދު ޝަރުހާން
ހެޕީ މާކެޓް ޕްރޮމޯޝަން
ހެޕީ މާކެޓަށް 25 އަހަރު ފުރުމާއި ދިމާކޮށް "ޔެސް 2017" ނަމުގައި ޕްރޮމޯޝަނެއް ފަށަނީ
ޕްރޮމޯޝަން ކުރިއަށް ދާނީ ނޮވެމްބަރ 1 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް

ހެޕީ މާކެޓް ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް 25 އަހަރު ހޮނިހިރު ދުވަހު ފުރުމާއި ދިމާކޮށް އެ ކުންފުނިން "ޔެސް 2017" ނަމުގައި ޕްރޮމޯޝަނެއް ފަށަން ނިންމައިފިއެވެ.

 އެ ކުންފުނިން ބުނީ މި ޕްރޮމޯޝަން ބޮޑަށް އަމާޒު ކޮށްފައިވަނީ ބިޒްނަސް ކްލައިންޓުންނަށް ކަމަށެވެ. އަދި ޕްރޮމޯޝަން ކުރިއަށް ދާނީ ނޮވެމްބަރ 1 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ބިޒްނަސް ކްލައިންޓުންނަށް 5 ޕަސަންޓާއި 90 ޕަސަންޓާއި ހަމައަށް ވަކި ބްރޭންޑްތަކާއި ޕްރޮޑަކްޓުތަކުން ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހެޕީ މާކެޓްގެ މާކެޓިންގ މެނޭޖަރ އަބްދުﷲ ނައީމް ވިދާޅުވީ އެ ކުންފުނީގެ މަޤްސަދަކީ ފެންވަރު ރަގަޅު އެފްއެންބީ ޕްރޮޑަކްޓްތައް ރާއްޖޭގެ ހުރިހާ ފަރާތްތަކަށް ފޯރުކޮށްދިނުން ކަމަށާއި އެ ގޮތުގައި އަބަދަށް ދެމިތިބުމަށް މަސައްކަތް ކުރާ ކަމަށެވެ.

ހެޕީ މާކެޓުން 3000 އަށް ވުރެ ގިނަ ކާނާގެ ބާވަތްތައް ހޯލްސޭލްކޮށް ރީޓޭލްކޮށް އަދި ރިސޯޓްތަކަށް ސަޕްލައި ކޮށްދެއެވެ.

 

 

 

 

 

 

 

……………………

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް