ކ. މާލެ
|
28 އޮކްޓޯބަރ 2017 | ހޮނިހިރު 18:53
ޕާކިސްތާނު އެންބަސީއިން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް ސްމާޓްބޯޑު ހަދިޔާކުރުމުގެ ތެރެއިން
ޕާކިސްތާނު އެންބަސީއިން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް ސްމާޓްބޯޑު ހަދިޔާކުރުމުގެ ތެރެއިން
ސިވިލް ސާވިރސް ކޮމިޝަން
ސްމާޓްބޯޑު ހަދިޔާކުރުން
ޕާކިސްތާނު އެންބަސީއިން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް ސްމާޓްބޯޑު ހަދިޔާކޮށްފި
ސްމާޓް ބޯޑުތައް ހަވާލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު

ޕާކިސްތާނު އެންބަސީއިން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް (ސީއެސްޓީއައިއަށް) ސްމާޓް ބޯޑުތަކެއް ހަދިޔާކޮށްފިއެވެ.

 ސްމާޓް ބޯޑުތައް ހަވާލު ކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް ރިޓަޔާރޑް  ސައްޔިދު ޚަވާރް އަލީ ޝާހް އެވެ.

 މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ވިދާޅުވީ ޕާކިސްތާނު އެންބަސީއިން ހަދިޔާކުރެއްވި މި ސްމާޓްބޯޑުތައް ސީއެސްޓީއައިއަށް ލިބިގެން ދިޔަ ދުވަސްވަރަކީ ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ސިއެސްޓީއައިގެ ޚިދުމަތްތައް އަތޮޅުތަކަށް ވަރަށްބޮޑަށް ފުޅާކުރެވިގެންދާ ދުވަސްވަރެއް ކަމުން މިއީ ތަމްރީނުތަކަށް ވަރަށް ބޭނުންތެރި އެއްޗެހިތަކެއް ކަމަށެވެ.

 މި ސްމާޓްބޯޑުތަކަކީ ސީއެސްޓީއައިގައި ކުރިޔަށްގެންދާ އެކިއެކި ކޯސްތަކާއި ތަފާތު ތަމްރީނު ޕްރޮގްރާމްތަކުގައި ބޭނުން ކުރުމަށް ހަދިޔާކުރެވުނު ސްމާޓްބޯޑުތަކެއް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް