ކ. މާލެ
|
28 އޮކްޓޯބަރ 2017 | ހޮނިހިރު 18:48
ރައީސް މައުމޫން އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އާއި އެކު މީގެ ކުރިން ޖަލަށް ޒިޔާރަތްކުރެއްވި ފަހަރަކު ޖަލު ބޭރުގައި ނެންގެވި ފޮޓޯއެއް
ރައީސް މައުމޫން އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އާއި އެކު މީގެ ކުރިން ޖަލަށް ޒިޔާރަތްކުރެއްވި ފަހަރަކު ޖަލު ބޭރުގައި ނެންގެވި ފޮޓޯއެއް
މުހައްމަދު ޝަރުހާން
ރައީސް މައުމޫނު
ޖަލަށް ވަޑައިގެން ރައީސް މައުމޫން ދަރިކަލުން ފާރިސްއާއި ބައްދަލުކުރައްވައިފި
ފާރިސް ވަނީ ސަޕޯޓަރުންނަށް ހެޔޮ އެދުންތައް ފޮނުއްވާފައި

ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ހޮނިހިރު ދުވަހު މާފުއްޓަށް ވަޑައިގެން އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ބައްދަލު ކުރައްވައިފިއެވެ.

މިއީ ދާދިފަހުން ގޭބަންދަށް ބަދަލު ކުރުމަށް ފަހު ފާރިސް އަނެއްކާވެސް ޖަލަށް ގެންދިޔަފަހުން މައުމޫން ޖަލަށް ޒިޔާރަތް ކުރެއްވި ފުރަތަމަ ފަހަރެވެ. މީގެ 3 މަހަށް ވުރެ ކުރިން ރިޝްވަތުގެ މައްސަލައެއްގައި ފާރިސް ޖަލަށް ގެންދެވުނު ފަހުން މައުމޫން ދޭތެރެ ދޭތެރެއިން ޖަލަށް ޒިޔާރަތް ކުރައްވައެވެ. އަދި ފާރިސްގެ ޝަރީޢަތްތަކަށް ކޯޓަށް ވެސް ވަޑައިގަންނަވައެވެ.

ކުރީގެ ރައީސް މައުމޫން ގެންދަވަނީ އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހުކުމެއް ނެތި ޖަލުގައި ހުންނަވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ފާރިސްގެ ދިފާޢުގައި ވާހަކަ ދައްކަވަމުންނެވެ.

ޖަލަށް ވަޑައިގަތުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ރައީސް މައުމޫން ވިދާޅުވީ ފާރިސް ހެޔޮ ހާލުގައި ހުންނެވީތީ އުފާކުރައްވާ ކަމަށެވެ. އަދި ފާރިސްގެ ހެޔޮ އެދުންތައް އޭނާއަށް ތާޢީދު ކުރާ މީހުންނަށް ފޮނުއްވާ ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ. އަދި 'ފްރީސް ފާރިސް' ހޭޝްޓެގް ބޭނުންކުރައްވައި، ފާރިސް ދޫކޮށްލުމަށް ގޮވާލައްވާފައިވެއެވެ.

ޖަލުގެ މަރާމާތުގެ މަސައްކަތެއް ކުރާ ކަމަށް ބުނެ ފާރިސް ގޭ ބަންދަށް ބަދަލުކޮށްފައިވަނީ މިމަހުގެ 11ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އޭގެ އެންެމެ 10 ދުވަސް ފަހުން މިމަހުގެ 21ވަނަ ދުވަހުގެ ހަވީރު އަނބުރާ ފާރިސް ޖަލަށް ގެންދެވުނެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް