ކ. މާލެ
|
28 އޮކްޓޯބަރ 2017 | ހޮނިހިރު 18:37
އެޕްލިކޭޝަން ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެޕްލިކޭޝަން ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސިވިލް ސާވިރސް ކޮމިޝަން
އެޕްލިކޭޝަނެއް ލޯންޗުކުރުން
ސިވިލް ސަރވިސް ކޮމިޝަނުން ގަވާއިދުގެ ނަމުގައި އެޕްލިކޭޝަނެއް ލޯންޗުކޮށްފި
މި އެޕްލިކޭޝަން އުފައްދާފައިވަނީ އެ ކޮމިޝަނުގެ މުވައްޒަފެއް

ސިވިލް ސަރވިސްގެ ގަވާއިދުގެ ނަމުގައި އެންޑްރޮއިޑް އެޕްލިކޭޝަނެއް ސިވިލް ސަރވިސް ކޮމިޝަނުން ތައާރަފުކޮށްފިއެވެ.

ހޮނިހިރު ދުވަހު ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގައި ބޭއްވި ރަސްމިއްޔާތުގައި މި އެޕްލިކޭޝަން ތައާރަފުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް ރިޓަޔާރޑް  ސައްޔިދު ޚަވާރް އަލީ ޝާހް އެވެ.

މި އެޕްލިކޭޝަނަކީ ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފެއްކަމަށްވާ އަލްއުސްތާޛް އާޔަތުއްﷲ ހުޞައިން ޑިވޮލޮޕްކޮށްފައިވާ އެޕްލިކޭޝަނެކެވެ.

އެފްލިކޭޝަނުގެ އެހީގައި ސިވިލް ސަރވިސްގެ ގަވާއިދު ފޯނު މެދުވެރިކޮށް ފަސޭހަކަމާއެކު ބަލާލެވި، ގަވާއިދާއި ބެހޭގޮތުން މައުލޫމާތު އޮޅުން ފިލުވުމަށް ކޮމިޝަނަށް ގުޅަންޖެހޭ މިންވަރު މަދުވެގެންދާނެ ކަމަށް އެޕްލިކޭޝަން ތައްޔާރު ކުރެއްވި  އާޔަތުއްﷲ ހުޞައިން ވިދާޅުވިއެވެ. އަދި ޤަވާއިދަށް އަންނަ ބަދަލުތައް އެޕްލިކޭޝަނަށް އަޕްޑޭޓްސްގެ ގޮތުގައި ލިބެމުންދާނެކަމަށް  އޭނާ ފާހަގަކުރެއްވިއެވެ.

މި އެޕްލިކޭޝަނުގެ ސަބަބުން އާންމުންނަށް ފަސޭހަވެގެންދާނެ ކަމަށް އެ ކޮމިޝަނުން ޤަބޫލުކުރެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް