ކ. މާލެ
|
28 އޮކްޓޯބަރ 2017 | ހޮނިހިރު 18:33
ޖެންޑަރ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ބަހްރައިނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެެރެއިން
ޖެންޑަރ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ބަހްރައިނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެެރެއިން
ޖެންޑާ މިނިސްޓްރީ
ޖެންޑަރ މިނިސްޓަރު
ޖެންޑަރ މިނިސްޓަރު ރަސްމީ ދަތުރުފުޅެއްގައި ބަހުރައިންއަށް ވަޑައިގަންނަވައިފި
ކަމާބެހޭ އެކިއެކި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފައިވޭ

ޖެންޑަރ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ރަސްމީ ދަތުރުފުޅެއްގައި ބަހްރައިނަށް ވަޑައިގަންވައިފި އެވެ.

މިމަހުގެ 25 އިން 27 އަށް މިނިސްޓަރ ޒެނީޝާ ބަހްރައިނަށް ކުރެއްވި ދަތުރުފުޅުގައި ޖެންޑަރ މިނިސްޓްރީން ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން ބަހްރައިންގެ ކަމާގުޅޭ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާ ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

އެގޮތުން އެގައުމުގެ ލޭބާ އެންޑް ސޯޝަލް ޑިވަލޮޕްމަންޓް މިނިސްޓަރު، ޖަމީލް ބިން މުހައްމަދު އަލީ ހަމައިދާންއާއި، ފޮރިން މިނިސްޓަރު، ޝައިހް ހާލިދު ބިން އަހްމަދު ބިން މުހައްމަދު އަލް ހަލީފާއާ ބައްދަލުކުރައްވާފައިވެއެެވެ. 

ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ބަހްރައިނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެެރެއިން 

ބަހްރައިންގެ ސޯޝަލް ޑިވަލޮޕްމަންޓް މިނިސްޓަރުގެ ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ޖެންޑަރއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހިއްސާކުރައްވައި، ކުދި ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ހާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކާ، އަދި ދެ ގައުމު އެކުގައި މަސައްކަތް ކުރެވޭނޭ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ފޮރިން މިނިސްޓަރުގެ ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ބަޙްރައިންއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރެއްވެވިއެވެ.

މި ދަތުރުފުޅުގައި، މިނިސްޓްރީ އޮފް ލޭބަރ އެންޑް ސޯޝަލް ޑިވަލޮޕްމަންޓުގެ ދަށުން ހިނގަމުންދާ ކޮމިޔުނިޓީ ސެންޓަރަށާއި، ބަޓެލްކޯ ކުޑަކުދިންގެ ހިޔާއަށާއި، އުމުރުން ދުވަސްވީ މީހުންގެ މަރުކަޒަށާއި، އުމުރުން ދުވަސްވީ މީހުންގެ ޑޭ ކެއަރ ސެންޓަރެއްކަމުގައިވާ އަބްދުލްރަޙްމާން ކަނޫ އެލްޑަރލީ ކްލަބަށް ޒިޔާރަތް ކުރައްވައި، އެ ތަންތަނުގެ ކަންކަން ހިންގަވާގޮތް މިނިސްޓަރ ޒެނީޝާ ބައްލަވައިލެއްވިއެވެ. އެ ގޮތުން، އުމުރުން ދުވަސްވީ މީހުންގެ ޑޭ ކެއަރ ސެންޓަރާއި، ކޮމިޔުނިޓީ ސެންޓަރުގައި އަންހެނުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ދަސްކޮށްދޭ މަސައްކަތްތަކާއި، އެ ފަރާތްތަކުގެ ހުނަރުވެރި އުފެއްދުންތައް ބައްލަވައިލައްވާފައިވެއެވެ. އަދި ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުންދާ ކުދިންނާ ބައްދަލުކުރައްވައި، ބަޙްރައިންގައި ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު އޮޅުންފިލުއްވެވިއެވެ.

ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ބަހްރައިނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެެރެއިން 

މިނިސްޓަރ ޒެނީޝާގެ މި ދަތުރުފުޅުގައި ބަހްރައިންގެ ސުޕްރީމް ކައުންސިލް ފޮރ ވިމެންގެ ސެކްރެޓަރީ ޖެނެރަލް ހާލާ މުޙައްމަދު ޖަބަރް އަލްއަންޞާރީއާއި ބަޙްރައިންގެ ލީޑީންގ މަދަނީ ޖަމިއްޔާއެއްކަމުގައިވާ އެސޯސިއޭޝަން ފޯރ ވިމެންގެ ބޯޑުމެމްބަރުންނާ ވެސް ބައްދަލު ކުރެއްވިއެވެ. މި ބައްދަލުވުންތަކުގައި، އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށާއި، އަންހެނުން ބާރުވެރިކުރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރައްވައި މަޝްވަރާ ކުރައްވައިފައިވެއެވެ.

މީގެ އިތުރުން، ޝައިޚް އިބްރާހީމް ބިން މުޙައްމަދު އަލްޚަލީފާ ކަލްޗަރ އެންޑް ރިސަރޗް ސެންޓަރަށް ވެސް މިނިސްޓަރ ޒެނީޝާ ވަނީ ޒިޔާރަތް ކުރައްވައިފައެވެ.

ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ބަހްރައިނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެެރެއިން 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް