ކ. މާލެ
|
28 އޮކްޓޯބަރ 2017 | ހޮނިހިރު 11:54
ސިވިލް ކޯޓު: ގާޒީ ހަލީމް ވަނީ ޝަރުޢީ ދާއިރާގެ ރިކޯޑެއް ޤާއިމް ކުރައްވާފައި
ސިވިލް ކޯޓު: ގާޒީ ހަލީމް ވަނީ ޝަރުޢީ ދާއިރާގެ ރިކޯޑެއް ޤާއިމް ކުރައްވާފައި
މުހައްމަދު ޝަރުހާން
ސިވިލް ކޯޓު
ގާޒީ ހަލީމް ރެކޯޑް ހެއްދެވިއިރު މައްސަލައަކަށް އެވްރެޖްކޮށް 6 މިނެޓު!
މައްސަލަތައް ބެއްލެވީ ހެނދުނު 08:00 އިން އެރޭ 12:00 އަށް
ޖުމްލަ 153 މައްސަލަ ބައްލަވާފައިވޭ
66 މައްސަލައިގައި ޙުކުމް ކުރައްވާފައިވޭ

އެއްދުވަހުގެ ތެރޭގައި އެންމެ ގިނަ މައްސަލަ ބައްލަވައިގެން ސިވިލް ކޯޓުގެ ގާޒީ މުޙައްމަދު ހަލީމް ޜާއްޖޭގެ ޝަރުއީ ދާއިރާގެ ރިކޯޑެއް ހައްދަވައިފިއެވެ.

ގާޒީ ހަލީމް ރޮކޯޑް ހެއްދެވިއިރު، ބެއްލެވި ކޮންމެ މައްސަލައަކަށް އެވްރެޖްކޮށް ހޭދަކުރައްވާފައިވަނީ ހަ މިނެޓެވެ. ގާޒީ ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 08:00 އިން އެރޭ 12:00 އާއި ހަމައަށް 153 މައްސަލައިގެ ޝަރީއަތް ހިންގަވާފައެވެ. މެދުނުކެނޑި 16 ގަޑިއިރު ގާޒީ ހަލީމް ޝަރީއަތް ކުރެއްވިއިރު، ޒަރޫރީ ބޭނުންތަކަށް ޝަރީޢަތުން ބޭރުން ހޭދަވި ވަގުތު މި 16 ގަޑިއިރުން ކެނޑުމުން، މައްސަލައަކަށް އެވްރެޖްކޮށް ހޭދަކުރެއްވުނު ވަގުތު ފަސް މިނިޓަށް މަދުވެއެވެ.

ބުރާސްފަތި ދުވަހު ކުރިއަށްގެންދެވި 153 މައްސަލައިގެ ތެރެއިން 66 މައްސަލައެއްގައި ގާޒީ ހަލީމް ވަނީ އެދުވަހު ޙުކުމް ވެސް އިއްވަވާފައެވެ.

ޝަރުޢީ ދާއިރާގެ ރިކޯޑެއް ގާޒީ ހަލީމް ހެއްދެވިއިރު، ބުރާސްފަތި ދުވަހަށް އެމަނިކުފާނުގެ 160 މައްސަލަ ތާވަލްކޮށްފައިވެއެވެ. އޭގެ ތެރެއިން އެދުވަހު ޝަރީއަތް ކުރެވިފައި ނުވަނީ ހަތް މައްސަލައިގައެވެ.

ބުރާސްފަތި ދުވަހު ގާޒީ ހަލީމް ބެއްލެވި އަދި ޙުކުމް ކުރެއްވި މައްސަލަތަކުގެ ތެރޭގައި ގޯތިގެދޮރާއި، ބިމާއި، މުދަލުގެ މައްސަލަތަކާއި، ކޮންޓްރެކްޓް އަދި އަގު ހޯދުމުގެ މައްސަލަތަކާއި، ވަޒީފާއާ ގުޅޭ މައްސަލަތަކުގެ އިތުރުން ކޮންޓްރެކްޓްގެ މައްސަލަތައް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
28 އޮކްޓޯބަރ 2017 | ހޮނިހިރު 13:13
ހަސަންބެ
ތި ކަލޭގެ ނަފްސާނީ ޑަކުޓަރަކަށް ދައްކަން ފެނޭ!