ކ. މާލެ
|
28 އޮކްޓޯބަރ 2017 | ހޮނިހިރު 07:59
މަހްލޫފް، ސީޝެލްސްގެ ނާއިބު ރައީސްއާ ބައްދަލުކުރައްވަނީ
މަހްލޫފް، ސީޝެލްސްގެ ނާއިބު ރައީސްއާ ބައްދަލުކުރައްވަނީ
ޓްވިޓަރ
މަހްލޫފްގެ ޓްވީޓް
ސީޝެލްސްގެ ނާއިބު ރައީސް އާއި މަހްލޫފް ބައްދަލުކުރައްވައިފި
ސީޝެލްސްގެ ނާއިބު ރައީސް އާއި މަހްލޫފް ބައްދަލު ކުރެއްވީ ހުުކުރު ދުވަހު

ސީޝެލްސްގެ ނައިބު ރައީސް ވިންސެންޓް މެރިޓޮން އާއި ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ހުކުރު ދުވަހު ބައްދަލުކުރައްވައިފިއެވެ.

މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ ހާލަތު ވަރަށް ރަގަޅަށް ސީޝެލްސްގެ ނާއިބު ރައީސް އަށް ބަޔާންކޮށްދެއްވި ކަމަށާއި ދެ ޤައުމުގެ ދޭތެރޭގައި ގުޅުން ރަގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތައް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސީޝެލްސް އަށް ވަޑައިގަތުމުގެ ކުރިން މަހްލޫފް ހުންނެވީ ސްރީ ލަންކާގައެވެ.

ލަންކާގައި ހުންނަވަނިކޮށް މަހްލޫފްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ. ޕާސްޕޯޓް ހިފަހެއްޓި އިރު މަހުލޫފް ހުންނެވީ ބޭސްފަރުވާއަށް ވަޑައިގެން ލަންކާގަ އެވެ. މަހުލޫފްގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ.

އޮކްޓޯބަރ މަހުގެ ދެވަނަ ދުވަހު ނެރުނު އަމުރުގެ ދަށުން ޕާސްޕޯޓް ހިފަހައްޓާފައިވަނީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ. މަހުލޫފް ފިއްލަވާފާނެ ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.

މަހްލޫފް ވިދާޅުވީ ތިން މަހަށް ޕާސްޕޯޓް ހިފަހެއްޓީ ބިރު ދައްކަން ކަމަށެވެ.

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް