ކ. މާލެ
|
27 އޮކްޓޯބަރ 2017 | ހުކުރު 20:11
ސިފައިންނާއި ފުލުހުން ވަދެ ތަކެތި ހުސްކުރަން މަސައްކަތް ކުރަނީ
ސިފައިންނާއި ފުލުހުން ވަދެ ތަކެތި ހުސްކުރަން މަސައްކަތް ކުރަނީ
މުހައްމަދު ޝަރުހާން
ބަނޑޭރިކޮށި ހުސްކުރުން
ހަމަ އަގުނުދީ ނުނެރުމަށް ރޮވެ އާދޭސްކުރަނިކޮން ބަނޑޭރިކޮށިން ގެޔެއް ހުސްކޮށްފި
ބަދަލު ނުދީ ކޮށިން އެމީހުން ނުނެރެވޭނެ ކަމަށް ކޯޓުން ނިންމާފައިވޭ
ބަދަލުގެ ގޮތުގައި ދޭން ސަރުކާރުން މަސައްކަތް ކުރަނީ މީގެ 23 އަހަރު ކުރިން އަގު ކޮށްފައިވާ އަދަަށްވާ ފައިސާ
ސިވިލް ކޯޓަށް ދެ ވަނަ ފަހަަރަށް ހުށަހަޅާފައިވާ މައްސަލާގައި ކޯޓަށް ދިއުމަށްވެސް އޮތީޯ ކިޔާފަ

ސިފައިން ދިރިއުޅުމަށް ދޫކޮށްފައިވާ، ބަނޑޭރިކޮށި 195 ގެ 2L ނަމްބަރު ކޮށީގައި ދިރިއުޅެމުން ދިޔަ އާއިލާ ގެއިން ނެރެ، އެ ގެ ސިފައިން ހުސްކޮށްފި އެވެ.

 

މ. މެރީލޮޖް މުހައްމަދު ފިރާގު ސިފައިންގޭގައި އުޅުނުއިރު ދޫކޮށްފައިވާ ބަންޑޭރި ކޮށި ބުރާސްފަތި ސިފައިން ވަދެ ހުސްކޮށްފައިވާއިރު އެތަން ހުސްކުރުމަށް ފުރަތަމަ ފަހަރަށްވެސް އޭނާއަށް އަންގާފައިވަނީ ސިފައިންގެ ވަޒީފާއިން އޭނާ ވަކިވެ އެތަނުގައި އުޅެމުންދާތާ 20 އަހަރު ފަހުންނެވެ. ނަމަވެސް އެތަނުން މިހާރު އޭނާގެ އާއިލާ ނެރުމަށް ސިފައިން މަސައްކަތް ކުރަމުންދަނީ އެކޮއްޓަކީ ސިފައިންގެ ވަޒީފާގައި އުޅޭ މީހުނަށް ދޫކޮށްފައިވާތަނެއް ކަމަށްބުނެ އެވެ.

 

ނަމަވެސް އެ ކޮށީގައި ދިރިއުޅޭ ފިރާގާއި އޭނާގެ އާއިލާއިން ބުނަމުންދަނީ އެތަނުން ނެރެވޭނީ އެތަނުގެ ހަމަ އަގު ދިނުމަށްފަހު ކަމަށެވެ. އަދި އެއީ ހައި ކޯޓުން ނިންމާފައިވާ ނިންމުމެއް ކަމަށްވެސް އާއިލާއިން ބުނެ އެވެ. ނަމަވެސް އެމްއެންޑީއެފް އިން ފިރާގަށް މިދިޔަ މަހު ފޮނުވާ ސިޓީއަކުން އެނގޭ ގޮތުގައި ބަދަލުގެ ގޮތުގައި ފައިސާ ދިނުމުން އާއިލާއިން ވަނީ އެ ފައިސާ ހިފުމަށް ދެކޮޅު ހަދާފަ އެވެ. މި މައްސަލާގައި ފިރާގުގެ އާއިލާގެ ފަރާތުން އިސްކޮށް އުޅޭ ހ. ތެމާ މުހައްމަދު ޝިފާއު (ވަޅޯ ޝިފާއު) ބުނީ ސަރުކާރުން ބަދަލުގެ ގޮތުގައި ދޭން އުޅެނީ މީގެ 20 އަހަރު ކުރިން އެތަނުގެ އަގުކޮށް ދޭން އުޅުނު އަދަދަށްވާ ފައިސާ އެވެ. އެއީ މީގެ 23 އަހަރު ކުރިން ސިފައިންގެ ވަޒީފާއިން ފިރާގު ވަކިވުމުން އެތަނުން އެމީހުން ނިކުތުމަށް އަންގައި އޭރު އެތަނަށް ކޮށްފައިވާ ހަރަދުކަން ޑިފެންސް މިނިސްޓްރީން ފިރާގަށް ފޮނުވާފައިވާ ސިޓީއަކުން އެނގެ އެވެ.

 

އެ ތަނުގައިހުރި ތަކެތި ނެރެ ގޭގައި ހިފާ ގެންގުޅޭ ސާމާނާއި ހަރު މުދާ ނެރެ މަގު މައްޗަށް އަޅާފައިވާއިރު އެތަން ދެ ވަނަ ފަހަރަށް ހުސްކޮށްފައިވަނީ މައްސަލަ ސިވިލް ކޯޓުގައި ހިނގަމުންދަނިކޮށް އެވެ. އަދި އަންނަ އާދިއްތަ ދުވަހަށް އެ މައްސަލާގައި ކޯޓަށް ދިއުމަށް ވެސް އަންގާފައިވެ އެވެ.

 

މީގެ ކުރިން އެ ކޮށި ހުސްކުރުމާ ގުޅޭ ގޮތުން ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމެއް މި އަހަރު ހައި ކޯޓުން ބާތިލްކޮށްފައިވެ އެވެ. ހައި ކޯޓުން އެންމެ ފަހުން މިކޮށި ހުސްކުރުމާ ގުޅޭ ގޮތުން ނިންމާފައިވާ ނިންމުމުން އެނގޭ ގޮތުގައި ސިފައިންގެ ވަޒީފާގައި އުޅޭ މީހަކަށްވާތީ 1989 ވަނަ އަހަރު ފިރާގަށް އެ ގޯތި ލިބިފާވާއިރު އޭނާ ވަނީ 1994 ވަނަ އަހަރު ސިފައިންގެ ވަޒީފާއިން ވަކިވެފަ އެވެ. އަދި ސިފައިންގެއިން އޭނާ ވަކި ވުމުން އޭނާ އެތަނަށް ކޮށްފައިވާ ހަރަދު ބަލާ އަގުމަގުކޮށް ކޮށްފައިވާ ހަރަދުދިނުމުން އޭގައި އޭނާ ހިފާފައިނުވާއިރު އޭނާގެ އާއިލާ އޭގެ ފަހުން ވެސް މިހާތަނަށް އެތަނުގައި ދިރިއުޅެމުންދިޔައީ އެތަނުގައިކަން އެނގޭ ކަމަށް ހައި ކޯޓުން ނިންމާފައިވާ ނިންމުމުން އެނގެ އެވެ. އަދި ސިފައިންގޭގައި އުޅޭ ދުވަސްވަރު ދިރިއުޅުމަށް ދޫކުރާ އެ ކޮށީގައި ސިފައިންގެއިން އޭނާ ވަކި ވުމަށްފަހު ވެސް އުޅެމުން ގޮސްފައިވަނީ އޭރުގެ ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލް ޖުމްހޫރިއްޔާ މައުމޫނު އަބްދުލް ގައްޔޫމް ހުއްދަ ދެއްވައި، ދެން އައިވެރިންވެސް ހުއްދަ ދެއްވައިގެން ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް ހައި ކޯޓުން ނިންމާފައިވެ އެވެ. އެގޮތައް ނިންމާފައިވަނީ ރައީސް މައުމޫނަށްފަހު ދެން ވެރިކަމަށް ވަޑައިގެންނެވި ވެރިންވެސް އެމީހުން އެތަނުން ނިކުތުމަށް އަންގާފައިނުވުމުން ކަމަށް ބުނެފައިވެ އެވެ.

 

http://www.highcourt.gov.mv/dhi/mediamanager/2016-340.pdf

 

ހައި ކޯޓުގެ ހުކުމުގެ ށ. ގައި ބުނެފައިވާ ގޮތައް ފައިސާ ދިނުމަށް ޑިފެންސް މިނިސްޓްރީން މަސައްކަތްކުރާއިރު އެ މައްދާގައި ބުނެފައިވަނީ 1994 ވަނަ އަހަރު ސިފައިންގެ ވަޒީފާއިން ފިރާގު ވަކުވުމުން އޭރު އެތަނަށް ކޮށްފައިވާ ހަރުގެ ގޮތުގައި ބެލެވުނު 77383.89 ރުފިޔާ ދިނުމުން އޭރު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. ފިރާގު ބުނީ މިހާރު އެތަނަށް އެތައް ގުނައެއް އިތުރަށް ހޭދަކޮށްފައިވާ ކަމަށެވެ. އަދި ފަހުން އަގު ކުރުމަށް އެއްވެސް ފަރާތަކުން އެއްޗެއް އޮޅުންފިލުވާފައިނުވާ ކަމަށެވެ.

 

ފިރާގުގެ އާއިލާގެ ހުރިހާ ސާމާނެއް މަގުމައްޗަށް ނެރުނުއިރު ފިރާގު ރޮއެ އާދޭސް ކުރަމުންދިޔައީ ކޯޓުގައި ހިނގަމުންދާ މައްސަލަ ނިމެންދެން މަޑުކޮށްލުމަށާއި ހަމަ އަގު ދިނުމަށެވެ. އަދި މިއީ އަނިޔާގައި ހައްދުފަހަނާއަޅާފައިވާ ބައެއް ކަމަށް ބުނަމުންދިޔަ އެވެ. ފިރާގު ރުއިމާއި ގިސްލުމުގެ އަގު އެތަނުގައި ގުގުމަމުންދިޔައިރު އޭނާގެ ދަރިން ގެންދިޔައީ ބައްޕައަށް ހިތްވަރު ކުރުމަށް ނަސޭހަތްތެރިވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
28 އޮކްޓޯބަރ 2017 | ހޮނިހިރު 20:06
މުދިންބެ
ބަނޑޭރި ކޮށީގެ ގެއެއް ހުސްކުރީ އުސޫލުގެ ދަށުން ކަމަށް ބުނުމުން އެ އުސޫލަކީ ކޮބައިތޯ ސުވާލު ކުރުމުން އެ ސުވާލަށް ޖަވާބު ނުދިނުމަކީ ވަރަށް ނާތަހުޒީބުކަމެކެވެ. ސަބަބަކީ އެކަން ހިނގާފައިވަނީ ރަނގަޅަށްނަމަ ސަބަބު ބުނެދޭން ޖެހިލުންވާންވި އެއްވެސް ސަބަބައެއް ނެތަތީއެވެ. ފުލުހުންނާނާއި ސިފައިން ހިންގި މިއޮޕަރޭޝަނަށް ބަލާއިރު ފާހަގަކުރެވުނުކަންކަން (1) ހައިކޯޓުން ނިންމޮގޮތަށް ފިރާޤު އެތަނުން ނުކުންނަން ޖެހެއެވެ. ނަމަވެސް އެއީ ހައިކޯޓަށް ފިރާގު ހުށަހަޅާފައިވާ ބަދަލު ދިނުމަށްފަހުގައެވެ. އެ ބަދަލު ނުދޭ (2) ހުކުރު ދުވަހެއްގެ ހަވީރު 4 ޖެހިތަނާ މުޅި ފޯސް އެއްކޮށް އައިސް ހުރިހާ ފިރިހެނުންނަށް އެންގީ ނުކުތުމަށާއި ތަކެތި ޕެކްކުރަން އަންހެނުންނަށް ތިބެވިދާނެކަމަށް (3) ސިފައިން އަތުގަ ކޯޓު އަމުރު ކިޔާ ލިޔުމެއްނެތް. ކޯޓު އަމުރު ކޮބައިތޯ ސުވާލުކުރީމަ ދައްކަނީ ތަން ހުސްކުރަން ކޯޓުން ކުރިން ޙުކުމްކުރި ޤަޟިއްޔާ ގެ ކޮޕީ. އެނިންމުމުގައިވެޔޭ ބަދަލުދީފަ ނެރެންވެސް. (4) މިމައްސަލަ މުޅިން ނިންމުމަށްޓަކާ ހައިކޯޓުގައި 29 ނޮވެމްބަރ 2017 (އާދީއްތަ) ދުވަހު 11.30 އަށް ތާވަލުކޮށް ހާޟިރުވާން ދެފަރާތަށްވެސް އަންގާފައިވަނިކޮށް ހުކުރު ދުވަހު ހަވީރު ގޮސް މީހުނާ މުދާ ނެރެ މަގުމަތިކޮށްލުމަކީ ތޯ އެވިދާޅުވާ އުސޫލަކީ. (5) އަޅެ ހެދުނަކު ދިޔަނަމަވެސް ދޯ. އިރުއޮއްސުނުއިރުވެސް ތަކެތި ނެރެ ނުނިމޭ. އަޅެ ވާރޭވެހުނުނަމަދޯ. މިހުންނަނީ ވިސްނާލަންޖެހޭ ކަންކަން. އުސޫލު ވަރަށް ސާފު. އާއިލާ ތަކެކާމެދު އަނިޔާވުމަކީ ރައީސް ޔާމިނު ބޭނުންފުުވާނެ ގޮތެއްނޫން. ކޯޓު އަމުރެއް ނެތި ގަަދަބާރުން އެކަމަކު އެއޮތޯ ބަޔަކު އެކަންކޮށްފަތާދޯ.