ކ. މާލެ
|
27 އޮކްޓޯބަރ 2017 | ހުކުރު 19:26
އެމްޑީޕީން ބޭއްވި ހަވީރުގެ ސައި: އެޕާޓީގެ ބައެއް މެމްބަރުން މަގުމަތީގައި
އެމްޑީޕީން ބޭއްވި ހަވީރުގެ ސައި: އެޕާޓީގެ ބައެއް މެމްބަރުން މަގުމަތީގައި
ޓްވިޓަރ
ގުޅިފައިވާ ސިޔާސީ ހަރަކާތްތައް
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަވީރު ސައި ކުރިއަށްގެންގޮސްފި
މި ހަރަކާތުގެ ތެރެއިން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހު ހަވީރު ބާއްވަމުން އަންނަ ހަވީރުގެ ސައިފޮދު ދުވަސްތަކެއް ފަހުން އެމްޑީޕީ ހަރުގޭގައި ބާއްވާއިފިއެވެ.

 

ހުކުރު ދުވަހު ހަވީރު 4:30 ކަން ހާއިރު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވަޑައިގެންނެވެއެވެ. މި ހަރަކާތް ކުރިއަށް ދިޔަ އިރު ސައުންޑް ސިސްޓަމް ބޭނުންކޮށްގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ވާހަކަ ދެއްކިއެވެ.

 

އެއްވެއުޅުމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުނުގެ މިނިވަންކަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިގުޅާއިގެންފައިވާ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ވާހަކަ ވަނީ ވާހަކަ ދައްކާފައެވެ. އެހެންނަމަވެސް މި ހަރަކާތުގެ ބައިވެރިން މަގުމައްޗަށް ނުކުމެފައެއް ނުވެއެވެ.

 

އެހެންދުވަސްތަކަކޭ އެއް ގޮތަށް މި ހަރަކާތް ނިންމާލާފައި ވަނީ ހަވީރުގެ ސައިފޮދުންނެވެ. ހަރުގެ ކުރިމަތީގައި ޕޭމަންޓުގައި މޭޒު ބެހެއްޓުމުން ފުލުހުން ވަނީ މޭޒު އެތަނުން ނެގުމަށް އަންގާފައެވެ. ފުލުހުންގެ އެންގުމަށް ތަބާވެ މޭޒު ވަނީ ހަރުގެ ކުރިމަތިންނަގާފައެވެ.

 

ކުރިއަށް އޮތް ދުވަސްތަކުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަރަކާތަށް އިތުރަށް ވަރުގަދަކޮށް ކުރިއަށް ގެންދާނެ ކަމަށް ބުނެ ހުކުރު ދުވަހުގެ ހަރަކާތް ނިންމާލިއިރު، އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް