ކ. މާލެ
|
27 އޮކްޓޯބަރ 2017 | ހުކުރު 18:59
ޕީޕީއެމް އުފެއްދުމަށް ލިޔެކިޔުންތައް ހުށައަޅަނީ
ޕީޕީއެމް އުފެއްދުމަށް ލިޔެކިޔުންތައް ހުށައަޅަނީ
ފޭސްބުކް
ޕީޕީއެމް
ޕީޕީއެމް އުފެއްދި އަސާސްތަކާއި ހިލާފުވަތީ ހިތާމަކުރަން: ރައީސް މައުމޫން
ޕީޕީއެމްގެ ރައީސަކީ އަދިވެސް އެމަނިކުފާނުކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވި
ޕާޓީ އުފެއްދުމަށް ލިޔެކިޔުންތައް ހުށައެޅި މަންޒަރު ފެންނަ ފޮޓޯއެއް ވަނީ ޓުވީޓްކޮށްފަ
ޕީޕީއެމްއަށް 6 އަހަރުވީއިރު، ރައީސް މައުމޫން ވަނީ ޕާޓީން ވަކިކޮށްފަ

ޕީޕީއެމް އުފެއްދި އަސާސްތަކާއި އެ ޕާޓީން ހިލާފުވާތީ ހިތާމަކުރައްވާކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ އިންތިހާބީ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

 

ޕީޕީއެމްގެ ހަ ވަނަ އަހަރީ ދުވަހާއި ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތު ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އުޅުއްވި ހުރިހަ ފަރާތްތަކަށް ހާއްސަ ޝުކުރެއް ދަންނަވާކަމަށެވެ. އަދި ޕީޕީއެމް އުފެއްދި އަސާސްތަކާއި އެ ޕާޓީން ހިލާފުވާތީ ހިތާމަކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

 

 

ޕީޕީއެމް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވަނީ ރައީސް މައުމޫނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އެވެ. ރައީސް މައުމޫން ވަނީ ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް، ފާރިސް މައުމޫން ލިޔެކިޔުންތައް ހުށައެޅި ޕޮޓޯވެސް ޓުވީޓްކުރައްވާފަ އެވެ.

 

ޕީޕީއެމްގެ ރައީސަކީ، އެމަނިކުފާނުކަމަށް ރައީސް މައުމޫން ވިދާޅުވި ނަމަވެސް، ޕީޕީއެމްގެ ރައީސް ޔާމީންގެ ފެކްޝަނުން ވަނީ ރައީސް މައުމޫން އެ ޕާޓީގެ މެމްބަރުކަމުންވެސް ވަކިކޮށްފަ އެވެ. އަދި އެމަނިކުފާނު ދަރިކަނަބަލުން ޔުމްނާ މައުމޫނާއި، ފާރިސް މައުމޫންވެސް ވަނީ އެ ޕާޓީގެ މެމްބަރުކަމުން ވަކިކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް