ކ. މާލެ
|
27 އޮކްޓޯބަރ 2017 | ހުކުރު 12:08
އަތުލައިގަތް މަސްތުވާތަކެތި
އަތުލައިގަތް މަސްތުވާތަކެތި
ކަސްޓަމްސް
މަސްތުވާތަކެތި އަތުލައިގަތުން
ޕާކިސްތާނުން ރާއްޖެ އައި ފަސިންޖަރެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފި
މަސްތުވާތަކެތި އަތުލައިގެންފައިވަނީ ޢުމުރުން 40 އަހަރުގެ ޕާކިސްތާން ފިރިހެނެއްގެ އަތުން

ޕާކިސްތާނުން ރާއްޖެ އައި ފަސިންޖަރެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފިއެވެ.

 މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ޢުމުރުން 40 އަހަރުގެ ޕާކިސްތާން ފިރިހެނެއްގެ އަތުން ކަމަށެވެ.

އޮކްޓޯބަރ 25 ވަނަ ދުވަހު ސްރީލަންކަން އެއާލައިންސް އިން ރާއްޖެ އައި މި މީހާގެ ޢަމަލުތައް ހުރި ގޮތުން އޭނާއާ މެދު ކަސްޓަމްސް އޮފިސަރުންނަށް ޝައްކުވެގެން އޭނާގެ ލަގެޖް އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ތަކެތި އަޅާފައި ހުރި ޕެކެޓެއް ފެނިފައިވާ ކަމަށާއި މިތަކެތީގެ ޖުމުލަ ބަރުދަނުގައި 427 ގުރާމު ހުރި ކަމަށް ކަސްޓަމްސް އިން ބުނެއެވެ. 

އެތަކެތީގެ ޕްރިލިމިނަރީ ޓެސްޓްތައް ހެދިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހެރޮއިން އަށް ޕޮސިޓިވް ވެފައި ވާކަމަށާއި މިކޭސްގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި، އިތުރު ތަޙްޤީޤަށް، މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް