ކ. މާލެ
|
27 އޮކްޓޯބަރ 2017 | ހުކުރު 10:52
މެޑަމް ފާތުންގެ އޮފީހުން ބޭއްވި ޖަލްސާގައި އާޒިމާ ވާހަކަފުޅު ދައްކަވަނީ
މެޑަމް ފާތުންގެ އޮފީހުން ބޭއްވި ޖަލްސާގައި އާޒިމާ ވާހަކަފުޅު ދައްކަވަނީ
ޓްވިޓަރ
ޕީޕީއެމް މެޑަމް ފާތުން
އިދިކޮޅު ފަރާތްތަކުން "އިންތިގާލީ މީހާ" ހޯދަން ތިއްބާ ރައީސް ޔާމީން މިކަން ނިންމާލާނެ: އާޒިމާ
މިހާރުވެސް މި އުޅެނީ ބަޢާވާތެއްގެ ތެރޭގައި
ރައީސް ޔާމީންގެ ސަރުކާރަކީ ވަރަށް ހެޕަނިން ސަރުކާރެއް
ދެ ދުވަހުން އެއް ދުވަހު ސަރުކާރު ބަދަލުވުމަކީ ރައްޔިތުންނަށް ފައިދާ ހުރި ގޮތެއް ނޫން

އިދިކޮޅު ފަރާތްތަކުން އިންތިގާލީ މީހާ ހޯދަން ތިއްބާ ފިޔާތޮށި ކުލައިގެ ބުރުގާ އަޅައިގެން ތިބޭ އަންހެން ކަނބަލުނާ އެކީ ނުކުމެވަޑައިގެން ރައީސް އަބްދުﷲ ޔާމީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކަންކަން ނިންމާލާނެ ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު ޢާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ. 

މެޑަމް ފާތުންގެ އޮފީހުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "އަންހެނުންގެ މަހާސިންތާ" ފެށުމަށް ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭ ރަންނަބަޑޭރި މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން އާޒިމާ ވިދާޅުވީ 2008 ވަނަ އަހަރު ގާނޫނުއަސާސީ އިސްލާހު ކުރެމުގެ މަސައްކަތް ކުރިއަށް ދިޔައިރު އިންތިގާލީ ސަރުކާރެއް ގާއިމް ކުރުމަށް، މިހާރު އިންތިގާލީ ސަރުކާރެއް ބޭނުންވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކާ މީހުން ދެކޮޅު ހެދި ކަމަށެވެ. އެގޮތުން އޭރު އިންތިގާލީ ސަރުކާރެއް ގެންނަން ޖެހޭ ކަމަށް އެންމެ ބޮޑަށް ވާހަކަ ދެއްކި އެކަކީ އެކަމަނާ ކަމަށް އާޒިމާ ވިދާޅުވިއެވެ.

މިހާރު އިންތިގާލީ ސަރުކާރެއް ބޭނުންވެގެން ވާހަކަ ދައްކާ މީހުން، އިންތިގާލީ ސަރުކާރެއް ގެންނަން އުޅެނީ އާ ގާނޫނުއަސާސީގެ ފޮނިމީރުކަން ދިވެހި ރައްޔިތުންނަށް ލިބިދިނުމުގެ ފުރުސަތު ނުދިނުމަށް ކަމަށް އެ މީހުން ބުނި ކަމަށް އާޒިމާ ވިދާޅުވިއެވެ. އެހެން ކަމުން މިހާރު އިންތިގާލީ ސަރުކާރެއްގެ ވާހަކަ ދައްކާ މީހުން އެ ވާހަކަ ދައްކަފާނެ ކަމަށް ނުވަތަ އިންތިގާލީ ސަރުކާރެއް ބޭނުންވެދާނެ ކަމަށް ބުނެ ވާހަކަ ދައްކަފާނެ ކަމަށް ގަބޫލު ކުރަން ވަަރަށް ދަތި ކަމަށް އާޒިމާ ވިދާޅުވިއެވެ. 

 ރައީސް ޔާމީންގެ ސަރުކާރަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އާޒިމާ ވިދާޅުވީ މި ސަރުކާރަކީ އުނދަގޫ ކަންކަން ތަހައްމަލުކުރާ އަދި ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލާ ސަރުކާރެއް ކަމަށެވެ. 

އާޒިމާ ވިދާޅުވީ ރައީސް ޔާމީންގެ  ސަރުކާރަށް އެތެރެ އާއި ބޭރުން ގޮންޖެހުންތައް ކުރިމަތި ކުރާއިރު، ތަރައްގީގެ ކަންކަން ބާރަށް ކުރިއަށް ގެންދެވުމަކީ ކާމިޔާބެއް ކަމަށެވެ. އަދި ސަރުކާރުގެ ގާބިލްކަން އެއިން ދައްކައިދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ވަރަށް "ހެޕަނިންގ" ސަރުކާރެއް ކަމަށެވެ. 

އާޒިމާ ވިދާޅުވީ މި ވެރިކަމުގައި ރައީސް ޔާމީން އަވަހާރަ ކޮށްލަން އުޅެފި ކަމަށާއި ކޮމަންވެލްތުން ރާއްޖެ ވަކިވެ، ބައިނަލް އަޤްވާމީ އެހެން ދެ ގުޅުމެއް ވެސް ވެރިކަމުގައި ކަނޑާލާފައިވާ ކަމަށެވެ.



މީގެ އިތުރުން ވެރިކަމުގެ ތެރޭގައި ބަޤާވާތެއް ކުރަން އުޅެފި ކަމަށާއި ކޯލިޝަން ޕާޓްނަރުން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ފަށައިފި ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ. އަދި މިހާރު އަނެއްކާ މިއުޅެނީ ވެސް ބަޤާވާތެއްގެ ތެރޭގައި ކަމަށް އާޒިމާ ވިދާޅުވިއެވެ..

އާޒިމާ ވިދާޅުވީ ސަރުކާރަކީ ހުރިހާ ކަމަކަށް ވެސް ކުރިމަތިލާންޖެހޭ ބާރުވެރި ފަރާތަކަށް ވާންޖެހޭ ކަމަށާއި ސަރުކާރަކީ ބަލިކަށިވެ، ދިމާވާ ކޮންމެ ގޮންޖެހުމަކާ އެކު ފަހަތަށް ޖެހޭ ބަޔަކަށް ވެއްޖެ ނަމަ، ގޮންޖެހުން ކުރިމަތިކުރާ މީހުންނަށް އަބަދު ޖެހޭނީ ފުރުސަތު ދޭން ކަމަށެވެ. އަދި ވިދާޅުވީ  ސަރުކާރެއް ބަލިކަށި ކުރުމަކީ ރައްޔިތުންނަށް ލިބޭ ފައިދާއެއް ނޫން ކަމަށާއި އޭގެ އެއް މިސާލަކީ 2004 އިން ފެށިގެން "ސިޔާސީ ހަނގުރާމަ" އިގައި ދިވެހިން އުޅެން ޖެހުން ކަމަށް އާޒިމާ ވިދާޅުވިއެވެ. 

އެގޮތުންކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިއުމުން ގައުމަށް ކުރިމަތިވީ ފަސޭހަ ހާލަތެއް ނޫން ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި ދެ ދުވަހުން، އެއް ދުވަހު، ސަރުކާރު ބަދަލުވުމުން ކުރިމަތިވި ކަންތައްތައް އެކަމަނާ ތަޖުރިބާކޮށްފައިވާ ކަމަށާއި ރިޔާސީ ދައުރު ފުރިހަމަ ނުކުރެވި އުޅެނިކޮށް، ވެރިކަން ބަދަލުކޮށްލުމުން ފައިދާއެއް ނުވާނެ ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
28 އޮކްޓޯބަރ 2017 | ހޮނިހިރު 10:56
މަރިޔަން
ހެއްދެވި ފަރާތެއްވެސް ވާކަން އާޒިމާ އަށް ހަނދާން ކޮށްލަދެން. ތިމާ ފޭހުނު އިލޮށިގަނޑު ތިމާގެ ލޮލަށް ހެރޭ ދުވަސް އަންނާނެ. ކަރަންޓެއްވެސް ޔަގީނެއް ނޫން، ތަރައްގީ އެއްވެސް ޔަގީނެއް ނޫން. އެކަމަކު ތިމާ ކުރާކަމެއް ތިމާއަށް ދައްކަވާފަ ނޫނީ ނުގެންދަވާނެކަން ހަމަ ޔަގީން.
27 އޮކްޓޯބަރ 2017 | ހުކުރު 14:10
ޖައްރާފު
ޔާމީނު އޮތީ ޑީއަރޕީ ދުވަސްވަރުވެސް ތިކަން މާ ކުރީން ނިންމާފައި. އެކަން ނޭނގިގެން އަހުރެމެން ނޫޅެން. ތިކަން ނިމޭނެ ޔާމީނު ނޫން އެހެން މީހަކުވެސް ދާ އިރަށް. މީ ވަރަށް ވާހަކަ.
27 އޮކްޓޯބަރ 2017 | ހުކުރު 13:58
ިިިރިޕާންޓެ
ރައީސް ޔާމީން ތަރައްގީ މަށްރޫއުތަށް ވަރަށް ސަޅި . އިއަށް ވުރެ ސަޅިވީސް ކޮރޮޕްށަން ނެތި ތަރައްގީގެ މަށްރޫއުތަށް ހިންގާނަމަ. ދެން ބުނެލަން އޮތީ ށަރުއީ ނިޒާމާ މެގުވެސް ހިތްތަމަ ޖެހޭނޭ އަނޑުއެހުންތަށް މިނިވަންކަމާ އެއްކޮށް ދާނަމަ،މހާރު ކޯޓުތަށް ބޭނުން ކުރަމުންދަނީ އިންސާފު ހޯދާ ދިނުމުގެ ބަދަލުގައި އަމިއްލަ އެދުމަށް ވަކި ބަޔަކު ބުރުވާލަން ބޭނުން ކުރާ ތަނެއްގެ ގޮތުގަ
27 އޮކްޓޯބަރ 2017 | ހުކުރު 12:32
މީމް އަހުމަދު
ބަލަގަ ކަމަނާފާނުވެސް ގުޅި ވަޑައިގެން ހުރެ ކުރީ ބަގާވާތެއް ނޫންތަ؟ އެ ދުވަހު ނުވޭ ބަގާވާތަކައް މިޔަދު ކަމަނާފާނާވެސް ދެކޮޅު ވާގޮތައް ބަޔަކު ނުކުތީމަ ބަގާވާތެއް.. ތި ވާހަކަ ކިޔައިދީ ކަމަނާފާނު އާއިލާ މީހުންނައް..
27 އޮކްޓޯބަރ 2017 | ހުކުރު 11:43
Yes
ނަޝީދުގެ އުނަގަނޑުގެ އޮޕަރޭޝަން ކުރާނީ އައްޑޫ ހޮސްޕިޓަލްގައި
27 އޮކްޓޯބަރ 2017 | ހުކުރު 11:39
ހ މ ޒ
ނަޝީދުގެ އުނަގަނޑުގެ އޮޕަރޭޝަން ކުރާނީ އައްޑޫ ސިޓީ
27 އޮކްޓޯބަރ 2017 | ހުކުރު 11:07
ހ މ ޒ
ބޭނުންވަނީ އިންތިގާލީ ރައީސް އެއް ނޫން ކަމަށާއި ބޭނުންވަނީ އިހްލާސްތެރި އިތުބާރު ހުރި ވެރިއެއް އެވެރިޔަކީ ރައީސް ޔާމީން ! ދެން އަތްޖަހާ