ކ. މާލެ
|
27 އޮކްޓޯބަރ 2017 | ހުކުރު 09:27
ޚާރިޖީ ވަޒީރު ޑރ. އާސިމް ލުބްނާނުގެ ބޮޑުވަޒީރު ސާދު ހަރީރީއާ ބައްދަލުކުރައްވަނީ
ޚާރިޖީ ވަޒީރު ޑރ. އާސިމް ލުބްނާނުގެ ބޮޑުވަޒީރު ސާދު ހަރީރީއާ ބައްދަލުކުރައްވަނީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރ ޑރ. އާސިމް
ފޮރިން މިނިސްޓަރ ލުބްނާނުގައި، ޖެންޑަރ މިނިސްޓަރ ބަހްރައިންގައި
ރާއްޖެއިން ގެންދަނީ ސައޫދީއާ ގާތް ގައުމުތަކާ ގުޅުން ބަދަހިކޮށް، އެޤައުމުތަކުން ބޮޑެތި ލޯނުތައް ނަގަމުން

ސައޫދީއަށް ވާގިވެރިވާ އަރަބި ޤައުމުތަކާއިއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޚާރިޖީ ވަޒީރު ޑރ. މުހައްމަދު އާސިމް ލުބްނާނަށް ވަޑައިގެންފިއެވެ.

މިނިސްޓަރ އާސިމް ލުބްނާނަށް ކުރައްވާ މިދަތުރުފުޅުގައި ލުބްނާނުގެ ބޮޑުވަޒީރު ސާދު ހަރީރީއާއިއެކު ބައްދަލުކުރައްވާފައިވާކަމަށް ޚާރިޖީ ވުޒާރާއިން ބުންޏެވެ. އެހެން ނަމަވެސް ބޮޑުވަޒީރު ހަރީރީ އާއި ޚާރިޖީ ވަޒީރު އާސިމް ބައްދަލުކުރައްވައި ދެޤައުމުގެ ގާތްގުޅުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ޓްވީޓްކުރުން ފިޔަވައި ބައްދަލުވުމުގެ އިތުރު ތަފްޞީލެއް ފޮރިން މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. އަދި މި ބައްދަލުވުމުގެ ކުރިން އިއްޔެ ލުބްނާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ނަބީޙު ބައްރީއާ ވެސް ޑރ. އާސިމް ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގެ ތަފްޞީލް ވެސް ފޮރިން މިނިސްޓްރީން ހާމަކޮށްފައިނުވާއިރު، މި ބައްދަލުވުމުގައި މިނިސްޓަރ އާސިމްގެ އަރިހުގައި ލުބްނާނުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސިއުލް މުހައްމަދު ފާގިހު ބައިވެރިވެވަޑައިގެންނެވި ކަމަށް ލުބްނާނުގެ ޤާނޫނު ހަދާ މަޖިލީހުން ބުނެއެވެ.

ޚާރިޖީ ވަޒީރު ޑރ މުހައްމަދު އާސިމް، ލުބްނާނުގެ ޤާނޫން ހަދާ މަޖިލީހުގެ ރައީސާއި ބައްދަލުކުރައްވަނީ

ގަލްފް ޤައުމުތަކާ އެކު އޮންނަ ގުޅުން ބަދަހިކޮށް، އެގުޅުމުގެ ތެރެއިން ބޮޑެތި ލޯނުތަކެއް ދިވެހި ސަރުކާރުން ނަގަމުން ދާ މިދަނޑިވަޅުގައި ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ބަހްރައިންއަށް ވަޑައިގެން އެޤައުމުގެ ޚާރިޖީ ވަޒީރާއި ބައްދަލުކުރެއްވިކަން އެޤައުމުގެ ރަސްމީ ނިއުސް އެޖެންސީން ވަނީ ހާމަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް