ކ. މާލެ
|
26 އޮކްޓޯބަރ 2017 | ބުރާސްފަތި 21:01
ކުޅުދުއްފުށީ އެއަރޕޯޓްގެ އޮންނާނެ ގޮތް ދައްކުވައިދޭ ކުރެހުމެއް
ކުޅުދުއްފުށީ އެއަރޕޯޓްގެ އޮންނާނެ ގޮތް ދައްކުވައިދޭ ކުރެހުމެއް
ޓްވިޓަރ
ކުޅުދުއްފުށި އެއާޕޯޓް
އަވަސް އަރުވާލައިގެން ކުޅުދުއްފުށީ އެއަރޕޯޓްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހުއްދަ ދީފި
އީއައިއޭ ރިޕޯރޓަށް ޚިޔާލު ހުށަހަޅަން 10 ދުވަސް ދޭން ޖެހޭ: ޤަވާޢިދު
ޚިޔާލު ނުހޯދައި ހުއްދަ ދިން އިރު، އީއައިއޭ ރިޕޯޓަށް ރިޢާޔަތް ކޮށްފައެއް ނުވޭ
ސަރުކާރުން ޕްލޭންކޮށްފައިވާ ގޮތަށް އެއަރޕޯޓްގެ މަސައްކަތް ކޮށްފިނަމަ ތިމާވެއްޓަށާއި އިޤްތިޞާދަށް ބޮޑު ގެއްލުމެއް ލިބޭނެ: އީއައިއޭ

ކުޅުދުއްފުށީގެ އެއަރޕޯޓްގެ ޕްރޮޖެކްޓްގެ އީއައިއޭ ރިޕޯރޓް ނެރުނުތާ 2 ދުވަސްތެރޭ އެއަރޕޯޓްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ތިމާވެއްޓާއި ބެހޭ ވަޒީރު ތޯރިޤް އިބްރާހިމް ހުއްދަ ދެއްވައިފިއެވެ.

ކުޅުދުއްފުށީގެ އެއަރޕޯޓްގެ މަސައްކަތް ސަރުކާރުން ޕްލޭންކޮށްފައިވާ ގޮތަށް އެރަށު ކުޅީގެ ބައެއް ހިއްކައިގެން ކުރިއަށް ގެންގޮސްފިނަމަ ތިމާވެއްޓަށާއި އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެތީވެ، އެމަސައްކަތް އެހެން ގޮތަކަށް ކުރިއަށްގެންދިޔުމަށް އީއައިއޭ ރިޕޯރޓްގައި ބުނެފައިވީނަމަވެސް ސަރުކާރުން ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް ހުއްދަދީފައިވަނީ ސަރުކާރުން ކުރިންވެސް ޕްލޭންކޮށްފައިވާ ގޮތަށެވެ. އީއައިއޭ ރިޕޯރޓް އާއްމުކުރުމަށްފަހު އެއަށް ޚިޔާލު ހޯދުމަށް 10 ދުވަސް ދޭން ޖެހޭކަމަށް ޤަވާޢިދުތައް ބުނިނަމަވެސް، މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ހުއްދަ ދީފައިވަނީ ޤަވާޢިދާއި ޚިލާފަށް، 10 ދުވަސް ދިނުމެއް ނެތި އަދި އީއައިއޭ ރިޕޯޓްގައި ފާހަގަކޮށްފައިވާ އެއްވެސް ކަމަކަށް ރިޢާޔަތްކުރުމެއް ނެތިއެވެ.

އިތުބާރުހުރި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް މިނިސްޓަރ ހުއްދަ ދެއްވާފައިވަނީ ހަފްތާ ބަންދާއި ދިމާކޮށް، ސަރުކާރުން ބޭނުންވާ ގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ. މަސައްކަތް ކުރިއަށްގެންދިޔުމަށް ސަރުކާރުން ހުއްދަ ދިންއިރު، މިމަސައްކަތް ހުއްޓުވުމުގެ އަމުރަކަށް އެދުމަށް އެރަށުގެ ބައެއް ފަރާތްތަކުން ގެންދަނީ ތައްޔާރުވަމުންނެވެ.

އަންގާރަ ދުވަހު އެންވާރަމެންޓް ޕްރޮޓެކްޝަން އޭޖެންސީއިން އާއްމުކުރި ކުޅުދުއްފުށީގެ އެއަރޕޯޓްގެ އީއައިއޭ ރިޕޯޓްގައި ފާހަގަކޮށްފައިވާގޮތުގައި ކުޅުދުއްފުށީގެ ކުޅި ހިއްކައިގެން އެއަރޕޯޓް އަޅައިފިނަމަ އެރަށުގައި ވިއްސާރަ މޫސުމުގައި ފެން ބޮޑުވުމުގެ ފުރުސަތު ބޮޑެވެ. އަދި ރަށުގެ ސާފު ފެން ފަށަލަ ހަލާކުވެ، ފެން ލޮނުވުމުގެ މައްސަލަ ކުރިމަތިވާނެކަމަށް ބެލެވޭއިރު، އެއަރޕޯޓް ހަދާ ދިމާލުން ގޮނޑޮދޮށް ހަލާލުވުމުގެ ފުރުސަތުވެސް ބޮޑެވެ. އަދި ސަރުކާރުން ޕްލޭންކޮށްފައިވާ ގޮތާއި އެއްގޮތަށް ޕްރޮޖެކްޓް ކުރިއަށް ނުގެންގޮސް، އެއަރޕޯޓް އެހެން ތަނެއްގައި ހެދުމަށް އީއައިއޭ ރިޕޯޓްގައި ވަނީ އިރުޝާދު ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
27 އޮކްޓޯބަރ 2017 | ހުކުރު 11:45
ަހމެދ
ރީނދޫ ހަޖަމް ޕްލީސް
26 އޮކްޓޯބަރ 2017 | ބުރާސްފަތި 23:08
Kulhi raajaa
Mihaaru kulhudhuffusheega vissara veema fenbode nuveytha thi noos liyaa gamaaruthaka .....thibuna chaka gandu ovegen kulhudhuffutta vi iqthisoadhi bodu faidhaa aki kovbaitha noos veriyaa ....thandhoru olhun filhaavarun habaru liyuma handhaan kodhdhen i