ކ. މާލެ
|
26 އޮކްޓޯބަރ 2017 | ބުރާސްފަތި 21:38
ޅ. އޮޅުވެލިފުށި ބަނދަރު ސަރަހައްދު: އެ ރަށުގައި ކަރަންޓު ކެނޑޭ މައްސަލަ ވަނީ ބޮޑުވެފައި
ޅ. އޮޅުވެލިފުށި ބަނދަރު ސަރަހައްދު: އެ ރަށުގައި ކަރަންޓު ކެނޑޭ މައްސަލަ ވަނީ ބޮޑުވެފައި
ގޫގުލް
ކަރަންޓުގެ މައްސަލަ
ޅ. އޮޅުވެލިފުށީ ރައްޔިތުން ކަރަންޓު ނެތި ދިރިއުޅޭތާ 12 ގަޑިއިރަށް ވުރެ ގިނައިރުވެއްޖެ
ކަރަންޓުގެ މައްސަލަޖެހޭތާ ގިނަ ދުވަސްތަކެއްވަނީ ވެފައި
މިއަދު އެ ރަށުން ކަރަންޓު ކެނޑިފައިވަނީ ހެނދުނު
މައްސަލައަށް ހައްލެއް ލިބޭނެ ދުވަހެއް ވެސް ނޭނގޭ

ޅ. އޮޅުވެލިފުށީ ރައްޔިތުން ކަރަންޓް ނެތި ދިރިއުޅޭތާ 12 ގަޑިއިރަށްވުރެ ގިނައިރުވެއްޖެ އެވެ.

ރާއްޖެޓީވީއަށް މައުލޫމާތުދެމުން އޮޅުވެލިފުށީ ރައްޔިތަކު ބުނީ އެ ރަށު ކަރަންޓް ކެނޑޭތާ މަސްތަކެއްވެފައިވާ ކަމަށެވެ. އަދި އެ މައްސަލައަށް މިހާތަނަށް ވެސް ހައްލެއް ހޯދައިދީފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

ތަކުރާރުކޮށް މައްސަލަޖެހި ދުވާލެއްގެ މައްޗަށް އެތައް ގަޑިއިރު ކަރަންޓާނުލައި އެ ރަށު ރައްޔިތުން ދިރުއުޅެންޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ. މައްސަލަ ޖެހެމުންގޮސް، ހެނދުނު 6:00 ހާއިރު ކަރަންޓް ކެނޑުނު ގޮތަށް އަދިވެސް ކަރަންޓް ލިބިފައިނުވާ ކަމަށް އޭނާ ބުންޏެވެ. އަދި ކަރަންޓު ލިބޭނެ ވަގުތެއް ވެސް ނޭނގޭ ކަމަށް ބުނާ ކަމަށް ވެސް އޭނާ ބުންޏެވެ.

ރާއްޖެޓީވީއަށް މައުލޫމާތު ދިން އެ ރަށު ރައްޔިތުން ބުނި ގޮތުގައި ކަރަންޓް ކެނޑިފައި ވަނީ އިންޖީނުތަކަށް މައްސަލަތައް ދިމާވެ، ހައްލުނުކުރެވި ބާވުމުގެ ސަބަބުންނެވެ. މިކަމާ ގުޅޭ ގޮތުން ފެނަކައިގެން ބަހެއް ލިބޭ ގޮތް އަދި ވަނީ ނުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް