ކ. މާލެ
|
26 އޮކްޓޯބަރ 2017 | ބުރާސްފަތި 21:44
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، އާދަމް ޝަރީފް ޢުމަރު
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، އާދަމް ޝަރީފް ޢުމަރު
އެމްއެންޑީއެފް
ޑިފެންސް މިނިސްޓަރ
އިނގިރޭސިވިލާތުން ޑިފެންސް މިނިސްޓްރީއަށް އެކްސްޕްލޯސިވް ޓްރޭސް ޑިޓެކްޝަންގެ އަށް މެޝިން ހަދިޔާކޮށްފި
މި މެޝިންތަކަކީ، އެކްސްޕްލޯސިވް ނުވަތަ ގޮވާތަކެތި ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވާ މެޝިންތަކެއް
އަންނަ ހަފުތާގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޤާއިމުކުރުމުގެ މަސައްކަތް ފަށަނީ

އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓްގެ ފަރާތުން އޭވިއޭޝަން ސެކިއުރިޓީގެ މަސައްކަތަށް ބޭނުން ކުރުމަށް، އެކްސްޕްލޯސިވް ޓްރޭސް ޑިޓެކްޝަން (އީޓީޑީ) ގެ 8 މެޝިން ހަދިޔާކޮށްފިއެވެ.

އީޓީޑީ މެޝިން ހަދިޔާ ކުރުމަށް ބުރާސްފަތި ދުވަހު މެންދުރު ކޯސްޓްގާޑު ކޮންފަރެންސް ހޯލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، އާދަމް ޝަރީފް ޢުމަރު އެވެ. މި ރަސްމިއްޔާތުގައި އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް ފޮރ ޓްރާންސްޕޯޓްގެ ފަރާތުން ހަދިޔާކުރި އަށް އީޓީޑީ މެޝިން ޑިފެންސް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ، ޔޫކޭ ޑިޕާޓްމަންޓް ފޮރ ޓްރާންސްޕޯޓްގެ އިންސްޓްރަކްޓަރ، ސައިމަން ބޯލްޓް އެވެ. ޑިފެންސް މިނިސްޓްރީގެ ފަރާތުން މި މެޝިންތަކާ ހަވާލުވެލެއްވީ، ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، މުޙައްމަދު ޒުޙައިރު އެވެ.

މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓްރީއަށް ލިބުނު އަށް އީޓީޑީ މެޝިން ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ހަވާލުކޮށްފައެވެ. މިމެޝިންތައް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުޙައިރު އެވެ. އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން އީޓީޑީ މެޝިންތަކާ ހަވާލުވެލެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑައިރެކްޓަރ، އާދިލް މޫސާއެވެ.

މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރުގެ ވާހަކަފުޅުގައި، ދުނިޔޭގެ އެކި ޤައުމުތަކުގައި ވައިގެ ބަނދަރުތަކަށް އަމާޒުކޮށްގެން އެކި ކަހަލަ ޢުދުވާނީ ހަމަލާތައް ދެމުންދާ ދުވަސްވަރެއްގައި، ދިވެހިރާއްޖެއަކީ ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ ޓުއަރިޒަމްގެ ސިނާޢަތެއް ޤާއިމްކުރެވިފައި އޮތް ޤައުމަކަށް ވާތީ، ރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ޒަޢާމަތުގައި އެމަނިކުފާނު ވަރަށް ބޮޑަށް އިސްކަމެއް ދެއްވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.

މިއަދު އިނގިރޭސިވިލާތުގެ ސަރުކާރުން ދިވެހިރާއްޖެއަށް ހަވާލުކުރެއްވި މި މެޝިންތަކަކީ، އެކްސްޕްލޯސިވް ނުވަތަ ގޮވާތަކެތި ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވާ މެޝިންތަކެއް ކަމަށާއި، މި މެޝިންތައް އަންނަ ހަފުތާގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޤާއިމުކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމުގައި ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ޔޫކޭ ޑިޕާޓްމަންޓް ފޮރ ޓްރާންސްޕޯޓާއި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާ ގުޅިގެން ސެކިއުރިޓީ ކޮމާންޑްގެ ސްޕަވައިޒަރުންނަށް 2017 އޮކްޓޯބަރު 15 އިން 2017 އޮކްޓޯބަރު 26 އަށް ހިންގި "ސްޕަވައިޒަރ" ކޯހުގެ ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. މިރަސްމިއްޔާތުގައި "ސްޕަވައިޒަރ" ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް