ކ. މާލެ
|
26 އޮކްޓޯބަރ 2017 | ބުރާސްފަތި 22:28
ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ
ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ
މުހައްމަދު ޝަރުހާން
ރާއްޖެޓީވީ ޖޫރިމަނާ ކުރުން
އަޅުގަނޑު ދެއްކި ވާހަކަ ބްރޯޑްކޮމް އިން ވަނީ އޮޅުވާލާފައި: މުސްތަފާ
މި މައްސަލައާ ގުޅިގެން ސިޕީޖޭއަށް އިންޓަވިއު ދެއްވަން ތައްޔާރަަަށް ހުންނެވި ކަމަށް ވިދާޅުވި
މުސަތްފާ ދެއްކެވި ވާހަކަތަކާ ގުޅިގެން ރާއްޖެޓީވީ ޖޫރިމަނާ ކުރީ ރަނގަޅަށް ބަލަން ޖެހޭ ވަރަށް ނުބަލާ

ރާއްޖެޓީވީ ޖޫރިމަނާ ކުރީ ދެއްކި ވާހަކަ ބްރޮޑްކޮމް އިން ގަސްތުގައި އޮޅުވާލައިގެން ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ފަސް ލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާކުރީ ޖުލައި 28، 2017 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "މިރައީސް" ޕްރޮގްރާމުގައި  މެމްބަރު މުސްތަފާ ދެއްކެވި ވާހަކައަކާ ގުޅިގެން ކަމަށް ބުނެއެވެ.

ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ރާއްޖެޓވީވީ ޖޫރިމަނާކުރި ކުރުން ކުށްވެރިކޮށް ނެރުނު ބަޔާނާ ހަވާލާދީ، މުސްތަފާ ބުރާސްފަތި ދުވަހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، އޭނާ ރާއްޖެޓީވީގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ރާއްޖެޓީވީ ޖޫރިމަނާ ކުރީ ރަނގަޅަށް ބަލަން ޖެހޭ ވަރަށް ނުބަލާ ކަމަށާއި އޭނާ ދެއްކެވި ވާހަކަތައް ވެސް ބްރޯޑްކޮމް އިން އޮޅުވާލާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އަބުރުގެ ގާނޫނުގެ ދަށުން ކަމަށް ބުނެ، ބްރޯޑްކޮމްއިން ތަކުރާރުކޮށް ބޮޑެތި އަދަދުތަކުން ރާއްޖެޓީވީ ޖޫރިމަނާ ކުރަމުންދަނީ މިނިވަން މީޑިއާއެއްގެ އަޑު ކަނޑުވާލުމަށްޓަކައި ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ގަނޫނު އަސާސީއާ ޚިލާފު އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ.

"ދެމުންދާ ހަމަލާތަކުންނާއި، ކުރަމުންދާ ޖޫރިމަނާތަކަކީ، މީޑިއާއެއް ނައްތާލުމަށް ރައީސް ޔާމީން ކުރަމުންދާ މަސައްކަތުގެ ހެއްކެއް،" މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ސީޕީޖޭއަށް ޓެގްކުރައްވާފައިވާ އެހެން ޓްވީޓެއްގައި ވިދާޅުވީ، މި މައްސަލައާ ގުޅިގެން ސިޕީޖޭއަށް އިންޓަވިއު ދެއްވަން ތައްޔާރަަަށް ހުންނެވި ކަމަށެވެ.

ރާއްޖެޓީވީ ފަސްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރިކަން އަންގާ ބްރޯޑްކާސްޓިންގ ކޮމިޝަނުން ފޮނުވި ސިޓީގައި ބުނެފައި ވަނީ މިޖޫރިމަނާކޮށްފައި ފަނީ މެމްބަރު މުސްތަފާ "ރާއްޖޭގެ ރައްޔިތުން ނިކުމެ ރައީސުލްޖުމްހޫރިއްޔާ ބޭރުކުރުމަށް ގޮވާލައްވާ ދައްކަވާފައިވާ ވާހަކައަކީ، ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރެއް ވައްޓާލުމަށާއި، ޣައިއު ޤާނޫނީ ޢަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިއްވަރު ލިބޭ ގޮތަށް، އަދި ރާއްޖޭގެ ޤާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ، ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫެރިއްޔާގެ ޤާނޫން އަސާސީއާ އެއްގޮތަށް އިންތިޚާބު ކުރެވިފައިވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙިމާޔަތާއި ރައްކާތެރިކަމަށް ނުރައްކަލެއް އަތުވެދާނެ ވާހަކަތަކެއް" ކަމަށް ބުނެ ހުށެހެޅިފައިވާ މައްސަލައެއް ބެލުމަށްފަހުގައި ކަމަށެވެ.

މިމައްސަލައިގައި ޖަވާބުދާރީވަމުން ރާއްޖެ ޓީވީއިން ވަނީ މިމައްސަލައިގައި ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާގައި މެމްބަރު މުސްތަފާގެ ވާހަކަފުޅުން 3 ނުކުތާއެއް ފާހަގަކޮށްފައިވާއިރު، އެ ޓްރާންސްކްރިޕްޓްގެ ފުރަތަމަ ނުކުތާ ފިޔަވައި ބާކީ ދެ ނުކުތާ ގެނެސްދީފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު މުސްތަފާ ބަހުން ބަހަށް ވިދާޅުވި ގޮތަށް ނޫން ކަމަށާއި، މީހަކު ދެއްކި ވާހަކައެއް ދެއްކި ގޮތަށް ލިޔާނަމަ އޮންނަންވާނީ ދެއްކި ޢިބާރާތުން ބަހުން ބަހަށް ކަމަށާއި، މީހަކު ދެއްކި ވާހަކައެއް އަމިއްލައަށް ދޭހަވިގޮތަށް ތަރުޖަމާކޮށްގެން ލިޔާނަމަ، އޭގައި އޮންނާނީ އަމިއްލަ ރަޢުޔުކަމަށްވާތީ، ރާއްޖެ ޓީވީއިން ބްރޯޑްކާސްޓްކުރި ކޮންޓެންޓްގައި ދެއްކި ވާހަކަ އޮޅުވާލައި، އުނި އިތުރު ގެނެސްފައިވާކަން ފާހަގަކޮށްފައެވެ.

 

 

.@pressfreedom Re: https://cpj.org/x/6eb8 - @Raajje_tv was fined, by deliberately misinterpreting my statements made on the network. 5/6.@pressfreedom Re: https://cpj.org/x/6eb8 - Pres. Yameen aims to eliminate free media; attacks/fines on @Raajje_tv are proof enough. 3/6.@pressfreedom Re: https://cpj.org/x/6eb8 - Pres. Yameen is by far the most brutal & corrupt Dictator ever seen in Maldives history. 2/6

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް