ކ. މާލެ
|
27 އޮކްޓޯބަރ 2017 | ހުކުރު 02:05
ރަށަކަށް ވަޑައިގަތުމަށް ރައީސް ޔާމީން ސީޕްލޭނަށް އަރުއްވަނީ
ރަށަކަށް ވަޑައިގަތުމަށް ރައީސް ޔާމީން ސީޕްލޭނަށް އަރުއްވަނީ
ރާއްޖެއެމްވީ
ޕީޕީއެމް ރައީސް ޔާމީން
ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ރައީސް ޔާމީން ތިން ރަށަކަށް ވަޑައިގަންނަވަނީ
މާލޭގައި ވެސް ހާއްސަ ޖަލްސާތަކެއް ބޭއްވުމަށް ޕީޕީއެމް އިން ވަނީ ނިންމާފައި

ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން ރާއްޖޭގެ ތިން ރަށަކަށް ހާއްސަ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް އިން ބުނެފިއެވެ. 

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގެ ނާއިބު ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މި މަހުގެ 30 ވަނަ ދުވަހު ދ. ކުޑަހުވަދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އެ ރަށުގައި ހާއްސަ ޖަލްސާއެއް އޮންނާނެ ކަމަށެވެ. 

އޮކްޓޯބަރު 31 ވަނަ ދުވަހު ފ.  ނިލަންދޫ އަށް ރައީސް ޔާމީން ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި، ހާއްސަ ޖަލްސާއެއް އޮންނާނެ ކަމަށާއޮ ނޮވެންބަރު މަހުގެ 12 ވަނަ ދުވަހު ކުޅުދުއްފުއްޓަށް ވަޑައިގެން އެ ރަށުގައި ވަރަށް ހާއްސަ ޖްލްސާއެއް އޮންނާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ. ބެލެވޭ ގޮތުގައި ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވާނީ މި ދަތުރުފުޅުގައެވެ. 

މީގެ އިތުރުން ނޮވެންބަރު މަހުގެ 2 ވަނަ ދުވަހާއި އަދި ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ޕީޕީއެމްގެ ވަރަށް ހާއްސަ ޖަލްސާތަކެއް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ. އެގޮތުން ނޮވެންބަރު މަހުގެ 2 ވަނަ ދުވަހު ބާއްވާ ޖަލްސާއަކީ ނޮވެންބަރު 3 ގެ  ޝަހީދުންގެ ހަނދާނުގައި ބާއްވާ ޖަލްސާއެއް ކަމަށާއި އަދި ނޮވެންބަރު 17 ވަނަ ދުވަހު ބާއްވާ ޖަލްސާއަކީ ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ ކަމަށް ޒަމީރު ވިދާޅުވިއެވެ. 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް