ކ. މާލެ
|
26 އޮކްޓޯބަރ 2017 | ބުރާސްފަތި 14:55
ކުޅުދުއްފުށީގެ ކުޅި ހިއްކުމާ ދެކޮޅަށް މުޒާހަރާކުރަނީ
ކުޅުދުއްފުށީގެ ކުޅި ހިއްކުމާ ދެކޮޅަށް މުޒާހަރާކުރަނީ
ރާއްޖެއެމްވީ
ކުޅުދުއްފުށި އެއާޕޯޓް
ކުޅުދުއްފުށީގެ ކުޅި ހިއްކުމާ ދެކޮޅަށް މުޒާހަރަކޮށްފި
މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ވަނީ އެކިއެކި ޝުއޫރު ލިޔެފައިވާ ބޯޑުތައް ހިފަހައްޓައިގެން ތިބެ މުޒާހަރާކޮށްފަ
އެންވަޔަރަމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމްއާ ބައްދަލު ކުރުމަށް މިއަދު އެ ފަރާތްތަކުން ވަނީ އެދިފައި
އެމްޓީސީސީއިން އަލަށް ގެނައި ޑްރެޖަރު (މަހާ ޖައްރާފު) ވަނީ އެ ރަށުގެ ކުޅި ހިއްކުން ފެށުމަށްޓަކާ އެ ރަށުގައި ބަދަރުކޮށްފަ

ހދ. ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓް އެޅުމަށް ސަރުކާރުން ކުރާ މަސައްކަތާ ދެކޮޅަށް އެންވަޔަރަމެންޓް މިނިސްޓްރީ ކުރިމަތީގައި މުޒާހަރަ ކޮށްފިއެވެ.

މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ވަނީ އެކިއެކި ޝުއޫރު ލިޔެފައިވާ ބޯޑުތައް ހިފަހައްޓައިގެން ތިބެ ކުޅުދުއްފުށި އެއާޕޯޓް ހެދުމަށް އެ ރަށުގެ ކުޅި ހިއްކުމާއި ދެކޮޅަށް އަޑުއުފުލާފައެވެ. މިކަމާ ދެކޮޅަށް އަޑުއުފުލި ފަރާތްތަކުން ބުނެފައި ވަނީ އެއާޕޯޓެއް ހެދުމަށްޓަކާ ކުޅުދުއްފުށީގެ ކުޅި ހިއްކުމަކީ ތިމާވެއްޓަށް ދެވޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި އެކަމުގެ ސަބަބުން މުސްތަގުބަލުގައި ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

އެ ބޭފުޅުން ބުނެފައި ވަނީ އެންވަޔަރަމެންޓް މިނިސްޓްރީއިން މިކަމާ ގުޅޭގޮތުން އަދި އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށާއި އެހެނަސް އެންވަޔަރަމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމްއާ ބައްދަލުކުރުމަށް މިއަދު އެދިފައިވާނެ ކަމަށެވެ. އަދި ކޮންމެ ސަރުކާރަކުން ކުރިޔަސް މިފަދަ އަމަލުތަކަކީ ގޯސް އަމަލުތަކެއް ކަމަށާއި މިފަދަ އަމަލުތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

އެފަރާތްތަކުން ވަނީ ކުޅުދުއްފުށި ކުޅި ހިމާޔަތްކުރުމަކީ ހުރިހާ ފަރާތްތަކުން ވެސް ކުރަންޖެހޭ ކަމެއް ކަމަށާއި އެކަމުގައި ހުރިހާ ފަރާތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ބުނެފައެވެ.

ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަށް މި ސަރުކާރުން އެ ރަށުގެ ކުޅި ހިއްކުމަށް ނިންމާފައިވާއިރު އެ ރަށުގެ ކުޅިއަކީ ރާއްޖޭގެ އެންމެ ބޮޑު މަށި ކުޅިއެވެ. އަދި ބައިނަލްލަގްވާމީ ޖަމިއްޔާއެއް ކަމަށްވާ އައި.ޔޫ.ސީ.އެން އިން ނެތިހިނގައިދާނެ ކަމުގު ބިރު ފާހަގަކުރާ ލިސްޓުގައި ހިމެނޭ 8 ބާވަތެއްގެ ގަސް އެ ކުޅީގައި ހުރެއެވެ. މީގެ އިތުރުން ކުޅުދުއްފުށީ ކުޅިއަކީ ދުނިޔޭގެ އެހެން ކަންކޮޅުތަކުން ހިޖުރަކުރާ ދޫނީގެ މަންޒިލެކެވެ. ހަމައެހެންމެ އެ ކުޅިއަކީ ޒަމާނުއްސުރެ އެރަށުގެ އަންހެންނުން ބޮނބިފާކޮށް ރޯނުވެށުމާއި ބުރެވިކޮށުމުގެ ތިމާވެއްޓާއި ރައްޓެހި އަގުހުރި މަސައްކަތްތައް ކުރުމަށް ބޭނުން ކުރަމުންދާ ތަނެކެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިތާ ހަތަރު އަހަރު ފުރޭ ދުވަހު ކުޅުދުއްފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް ނިންމާފައިވާއިރު އެމްޓީސީސީއިން އަލަށް ގެނައި ޑްރެޖަރު (މަހާ ޖައްރާފު) ވަނީ އެ ރަށުގެ ކުޅި ހިއްކުން ފެށުމަށްޓަކާ އެ ރަށުގައި ބަދަރުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް