ކ. މާލެ
|
26 އޮކްޓޯބަރ 2017 | ބުރާސްފަތި 09:38
ސަލްމާން ޚާން "ޓިއުބްލައިޓް" ގެ މަންޒަރެއްގައި. "ރޭސް3" ގެ ޝޫޓިން އަންނަ ހަފްތާގައި ފެށުމަށް  ދަނީ ތައްޔާރުވަމުން
ސަލްމާން ޚާން "ޓިއުބްލައިޓް" ގެ މަންޒަރެއްގައި. "ރޭސް3" ގެ ޝޫޓިން އަންނަ ހަފްތާގައި ފެށުމަށް ދަނީ ތައްޔާރުވަމުން
ގޫގުލް
ރޭސް3
"ރޭސް3" ގެ ޝޫޓިން ފަށަނީ
ޝޫޓިން ފަށާނީ އަންނަ ހަފްތާގައި

"ރޭސް3" ގެ ޝޫޓިން އަންނަ ހަފްތާގައި ފަށަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ފިލްމުގައި ހަރަކާތްތެރިވާނެ ތަރިންގޮތުގައި އަޑުތައް ފެތުރިފައި ވަނީ ސަލްމާން ޚާނާއި ޖެކުއިލިން ފެނާންޑޭޒް އާއި ޑެއިޒީ ޝާހްގެ އިތުރުން އަމީތާބް ބައްޗަންއެވެ.

"ރޭސް3" ގެ ޑައިރެކްޓަރަކީ ރޭމޯ ޑިސޫޒާއެވެ.

ޚަބަރުތައް ބުނާގޮތުގައި އަމީތާބަށް ރޭސް3" ހުށައެޅުމުން އޭނާ ހުރީ އެކަމާ ވަރަށް ހިތްހަމަޖެހިފައެވެ. އަދި އޭނާ ސަލްމާންޚާނާއި އެކު ފިލްމެއް ކުޅެން ބޭނުންވެފައި ހުރިކަމަށް ބުނެފައިވެއެވެ. އަމީތާބާއި ސަލްމާންޚާން ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ބާބުލް"، ބާގްބާން" ހިމެނެއެވެ.

ރޭސް" ގެ ފުރަތަމަ ފިލްމު ނެރެފައި ވަނީ 2008 ވަނަ އަހަރުގައެވެ. އަދި ދެވަނަ ފިލްމު "ރޭސް2" ބެލުންތެރިންނާއި ހަމައަށް އައިސްފައި ވަނީ 2013 ވަނަ އަހަރުގައެވެ. މި ފިލްމުގެ ޝޫޓިން ފަށާނީ އަބޫދާބީ ގައެވެ. އެއަށްފަހު އިންޑިއާގެ މުމްބާއީގައި ފިލްމުގެ މަންޒަރުތައް ނަގާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

މިއަންނަ ހަފްތާގައި ޝޫޓިން ފެށުމަށްޓަކައި ރޭމޯ ވަނީ އޭނާގެ ޓީވީ ޝޯ ކަމަށްވާ "ޑާންސް ޗެމްޕިއަންސް"ގެ ޝޫޓިން ވެސް ފަސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް