ކ. މާލެ
|
26 އޮކްޓޯބަރ 2017 | ބުރާސްފަތި 08:30
ސަސްޕެންޑް ކުރި ވަކީލުން ސުޕްރީމް ކޯޓް ކުރިމަތީގައި
ސަސްޕެންޑް ކުރި ވަކީލުން ސުޕްރީމް ކޯޓް ކުރިމަތީގައި
ރާއްޖެ އެމްވީ
ވަކީލުން ސަސްޕެންޑް ކުރުން
ސަސްޕެންޑް ކުރި ވަކީލުންގެ ތެރެއިން އިތުރު އަށް ވަކީލަކަށް ވަކާލާތު ކުރުމުގެ ހުއްދަ އަލުން ދީފި
ސަސްޕެންޑް ކުރީ 54 ވަކީލުން
މިހާރު ހުއްދަ ނުދީ ބާކީ ތިބީ 19 ވަކީލުން
ވަކީލުން ސަސްޕެންޑް ކުރީ ސްޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅަން މަސައްކަތް ކުރުމުން

ޖުޑިޝަރީގައި ހުރި މައްސަލަތައް ފާހަގަކޮށް ސްޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅުމަށް މަސައްކަތް ކުރުމުން ސަސަޕެންޑް ކުރި ވަކީލުންގެ ތެރެއިން އިތުރު އަށް ވަކީލަކަށް ކޯޓްތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އަލުން ދީފިއެވެ. 

ޑީޖޭއޭ އިން ބުދަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އަލުން ހުއްދަ ދިން އަށް ވަކީލުން ކޯޓްތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ އަލުން ދީފައި ވަނީ އެ ވަކީލުންނާ ގުޅޭ ގޮތުން އެ ޑިޕާޓްމެންޓުން ބެލި މައްސަލަ ނިމުމުން ކަމަށެވެ. އަދި މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އެ  8  ވަކީލުންނަށް ކޯޓުތަކުގައި ވަކާލާތު ކުރެވޭނެ ކަމަށް ޑީޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ. 

ސުޕްރީމްކޯޓަށް ޕެޓިޝަނެެއް ހުށަހަޅަން އުޅުމުން ޖުމްލަ 54 ވަކީލަކު ސަސްޕެންޑް ކުރީ މިދިޔަ ސެޕްޓެމްބަރުމަހުގެ 10 ވަނަ ދުވަހުއެވެ. ވަކީލުން ސުޕްރީމްކޯޓަށް ހުށަހަޅަން އުޅުނު ޕެޓިޝަނަކީ ޝަރުއީ ދާއިރާ އިސްލާހު ކޮށްދެއްވުން އެދި ކޮށްފައިވާ އިލްތިމާސެކެވެ. 

މަނާކުރި ވަކީލުންގެ ތެރެއިން 27 ބޭފުޅެއް ފިޔަވައި އެހެން ބޭފުޅުންނަށް ކުރިން ވަނީ ހުއްދަ ދީފައެވެ. އަދި މިއަދު އިތުރު އަށް ވަކީލަކަށް ހުއްދަ އަލުން ދިނުމުން ސަސްޕެންޝަނުގައި ތިބި ވަކީލުންގެ އަދަދު މިހާރު ވަނީ 19 އަށް ތިރިވެފައެވެ.

 ޑީޖޭއޭ އިން އަލުން ވަކާލާތު ކުރުމުގެ ހުއްދަ ދިން އަށް ވަކީލުންނަކީ...

1، މޫސާ ސިރާޖް

2، އަބްދުﷲ ހުސެއިން

3، މަސްތޫރު ހުސްނީ

4، އަހުމަދު އަބްދުﷲ އަފީފް

5، ރުޝްދުﷲ އިބްރާހީމް

6، މުހައްމަދު ފަރީދު

7، ސަފާޢަތު ހަބީބް

8، ހަސަން ވަހީދު

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް