ކ. މާލެ
|
26 އޮކްޓޯބަރ 2017 | ބުރާސްފަތި 04:21
ހެންވޭރުގައި ހުންނަ އެސްޓީއޯ ފާމަސީ ބޭރުން ބަޔަކު ހިނގާފައިދަނީ.
ހެންވޭރުގައި ހުންނަ އެސްޓީއޯ ފާމަސީ ބޭރުން ބަޔަކު ހިނގާފައިދަނީ.
މުހައްމަދު ޝަރުހާން
ހެލްތު މިނިސްޓްރީ
ވަކި ގައުމަކަށް ޚާއްސަ ކުރެވިފައިވާ ބޭސް ވިއްކުން މަނާ!
ޤަވާޢިދާއި ޚިލާފަށް ބޭސް ވިއްކާ ފަރާތްތަކާއި ދޭތެރޭ ފިޔަވަޅު އަޅާނެ

ހަމައެކަނި އުފައްދާ ގައުމުގައި ބޭނުން ކުރުމަށް ނުވަތަ ވަކި ގައުމަކަށް ޚާއްސަ ކުރެވިފައިވާ ބޭސް ފާމަސީތަކުން ވިއްކާނަމަ ފިޔަވަޅު އަޅާނެކަމަށް ހެލްތު މިނިސްޓްރީއިން ބުނެފިއެވެ.

 

ބުދަ ދުވަހު ހެލްތު މިނިސްޓްރީއިން ކޮށްފައިވާ އިއުލާނެއްގައިވަނީ މިހާރަކަށް އައިސް ފާރމަސީތަކުގައި، ހަމައެކަނި އުފައްދާ ގައުމުގައި ބޭނުން ކުރުމަށް ނުވަތަ ވަކި ގައުމަކަށް ޚާއްސަ ކުރެވިފައިވާ ބޭސް ވިއްކުމަށް ބަހައްޓާފައި ހުންނަކަން ފާހަގަކުރެވިފައިވާކަމަށެވެ. މިފަދަ ބޭހަކީ ބައިނަލްއަޤްވާމީ ބާޒާރުގި ވިއްކަން އުފައްދާފައިވާ ބޭހަށްނުވާތީ، ރާއްޖެއަށް އިމްޕޯރޓް ކުރުމާއި ވިއްކުމަކީ މަނާކަމެއްކަމަށެވެ.

 

މިފަދަ ބޭހަކީ ރާއްޖެއަށް އިމްޕޯރޓް ކުރުމުގެ ހުއްދަ ދޫކޮށްފައިވާ ބޭހަށް ނުވާތީ، ޕޯރޓް ކްލިއަރަންސްގައި ދޫނުކުރާނެ ކަމަށާއި، ފާރމަސީ އިންސްޕެކްޝަން ތަކުގައި މިފަދަ ބޭސް ނަގަމުން ގެންދާނެކަމަށް މިނިސްޓްރީއިން ވަނީ އިއުލާންކޮށްފައެވެ. އަދި މިފަދަ ބޭސްތައް ވިއްކާނަމަ ޤަވާއިދާއި އެއްގޮތަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ހެލްތު މިނިސްޓްރީއިން ވަނީ ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް