ކ. މާލެ
|
26 އޮކްޓޯބަރ 2017 | ބުރާސްފަތި 00:00
މުހައްމަދު އަމީތު: ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި
މުހައްމަދު އަމީތު: ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި
ޕީޕަލް މެގަޒިން
ގުޅިފައިވާ ސިޔާސީ ޕާޓީތައް
ޕީޕީއެމަށް މެންބަރުން ގެނައީ ޔާމީން ވިދާޅުވެގެން މިލިއަނުން ފައިސާ ދީފައި: އަމީތު
އެހެން މީހުން ކުރީމަ ބަޣާވާތަކަށް ވަނީ، ޔާމިން ކުރީމަ ބަޣާވާތެއް ނޫން
ބްރިޖް އެޅުމަށްފަހު އެންމެ އިސްކަމެއް ދެއްވީ އެލޮކޭޝަންގައި 25 ބުރީގެ ގެއެއް އަޅަން

އެހެން ޕާޓީތަކުން ޕީޕީއެމަށް މެންބަރުން ގެނައީ ޔާމީން ވިދާޅުވެގެން އެމެންބަރުންނަށް މިލިއަނުން ފައިސާ ދީގެން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވާކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރ މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ބުދަ ދުވަހުގެރޭ މ ކުނޫޒްގައި "ރައީސް ޔާމީންގެ ވައުދު- ނުވިހާ ދަރިންގެ ފޫޅު" މިނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަނަގައި ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ މެންބަރުން ތިއްބެވީ ދައުލަތާ ދެކޮޅަށް ބަޣާވާތް ކޮށްގެންނޭ ވިދާޅުވާއިރު ފުރަތަމަ މެންބަރުން ގެންދެވީ އެމަނިކުފާނު ކަމަށެވެ.

އަމީތު ވިދާޅުވީ މިއަދު ޕީޕީއެމުން ބޭރުވެއްޖެކަމަށް އެބޭފުޅުން ވިދާޅުވަނީ 13 މެންބަރުން ކަމަށާއި ޖުމްލަ 15 މެންބަރުން ޕާޓީތަކުންނާއި އެހެނިހެން ގޮތްގޮތުން ޔާމީން ޕީޕީއެމަށް ގެންދެވި ކަމަށެވެ.

އަމީތު ވަނީ ބަޣާވާތް ކޮށްގެން މިއުޅެނީ ކާކުތޯ ސުވާލުކުރައްވައި، ޔާމީން ކުރާކަމެއް ބަޣާވާތަކަށް ނުވެފައި އެހެންމީހަކު ކަމެއް ކޮށްފިނަމަ ދައުލަތާ ދެކޮޅަށް ބަޣާވާތް ކުރިކަމަށް ވެގެން ގޮސްފައިވާކަމަށް ވިދާޅުވެފައެވެ.

"ޖުމްހޫރީ ޕާޓީން 6 މެންބަރުން ޔާމީން ޕީޕީއެމަށް ގެންދެވި. އެމްޑީޕީން 5 މެންބަރުން ޔާމީން ޕީޕީއެމަށް ގެންދެވި. މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި އިންތިޚާބުވި 4 މެންބަރަކު ޔާމީން ޕީޕީއެމަށް ގެންދެވި. އަޅުގަނޑު ޖަލުގައި ހައްޔަރުކޮށްފައި އޮތްއިރު އަދީބު އަޅުގަނޑުގާތު ވިދާޅުވި ތިމަންނާމެން މެންބަރުން ގެންގޮއްސާ ހުންނާނީ ބޮޑެތި އަދަދުތަކުން ފައިސާ ދީގެންނޭ. 3 މިލިއަނުން 4 މިލިއަނުން 7 މިލިއަނުން 8 މިލިއަނުން ފައިސާ ދީފައި ހުންނާނެކަމަށް އަދީބު ވިދާޅުވި. ފައިސާ ދިނީ ޔާމީން ވިދާޅުވެގެން ކަމަށް އަދީބު ވިދާޅުވި. ކޯއްޗަކަށްތޯ މިވީ. ދައުލަތާ ދެކޮޅަށް ހަޤީގަތުގައި ބަޣާވާތް ކުރީ އަޅުގަނޑުމެން މެންބަރުންތޯ." މިހާރު ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އަމީތު ވިދާޅުވިއެވެ.

ކޮރަޕްޝަންގެ ވާހަކަތަކަށް އިޝާރާތް ކުރައްވާ އަމީތު ވިދާޅުވީ އެބޭފުޅާގެ ހަޔާތުގައި 3 ރައީސަކު ވެރިކަން ކުރެއްވުމަށްފަހު ވަޑައިގަންނަވައިފި ކަމަށާއި އެއިން އެއްވެސް ބޭފުޅަކު މާލޭގައި 25 ބުރީގެ ގެއެއް ހައްދަވާފައި ނުވާކަމަށެވެ.

އަމީތު ވިދާޅުވީ  ރައީސް މައުމޫން ވެރިކަން ނިންމަވާފައި ވަޑައިގެންނެވިއިރު ރައީސް މައުމޫން ވަޑައިގެންނެވީ އަލިވާގެއަށް ކަމަށާއި އެއީ ހުންނެވޭނެވަރުގެ ތަނެއް ނެތިގެން ކަމަށެވެ. އަދި ރައީސް ނަޝީދުގެ ވެރިކަން ނިމިގެންދިޔައިރު އެމަނިކުފާނު ހެއްދެވި 25 ބުރީގެ އިމާރާތެއް ނުފެނު ކަމަށާއި މިބޭބޭފުޅުންގެ ދައުރުގައި މާލޭގެ ބޮޑެތި ބިންތައް ބައްލަވައިގަންނަން މަސައްކަތް ކުރެއްވިތަނެއް ނުފެންނަ ކަމަށެވެ. އެހެންނަމަވެސް ޔާމީންގެ ސިޔާސަތަކަށްވީ ބްރިޖެއް ހައްދަވާ އެންމެ ރަނގަޅު ލޮކޭޝަނުން ގެއެއް ބައްލަވައިގަތުން ކަމަށް ވިދާޅުވެ އެއީ ކޮންތާކުން ހޯދި ފައިސާއަކުން ބައްލަވައިގެން ގެއެއްތޯ އަމީތު ވަނީ ސުވާލު އުފައްދަވާފައެވެ.

"އެހެންނަމަވެސް ޔާމީންގެ ސިޔާސަތަކަށް މިވީ ބްރިޖެއް އަޅުއްވާފައި ދެން ތިމަންނާގެ ގެ ހައްދަވަން ވާނީ މާލޭގެ އެންމެ ވަރުގަދަ ލޮކޭޝަންގައި ކަމަށް. ބްރިޖްގެ ލޮކޭޝަންއަކީ މާލޭގެ އެންމެ އަގުބޮޑު ލޮކޭޝަން ކަމުގެ ވިސްނުން އެންމެ ފުރަތަމަ އައީ ޔާމީންގެ ވިސްނުމަށް. ޔާމީންގެ އެންމެ ފުރަތަމަ އަމާޒަކަށް މިހެއްދެވީ އެސަރަހައްދުން ގެއެއް ބައްލަވައިގަތުން. ޔާމީނަކީ ރިސޯޓް އޯނަރެއް ނޫން. ޔާމީނަކީ މުއްސަނދި މަހުޖަނެއް ނޫން. އެކަމަކު މިއަދު އެކުރައްވާ މަސައްކަތަކީ ވެރިކަމުގެ 2އަހަރު ވޭތުވެގެންދާއިރު ޔާމީންގެ ގެ 25 ބުރީގެ އިމާރާތެއް ނަގާ ކޮޅަށް ޖަހަނީ. ކޮންތަނަކުން ހޯއްދެވި ފައިސާއެއްތޯ. އަޅުގަނޑުމެން ރައްޔިތުން މިތިބީ ބޯހިޔާވަހިކަމެއް ނެތިފައި. އެބޭފުޅުންގެ މެނިފެސްޓޯގައި އެބޭފުޅުން ވިދާޅުވި ތިމަންނާމެންގެ ސަރުކާރަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭނެ ސަރުކާރެކޭ. އެހެންނަމަވެސް ރައްޔިތުން ހާލުގައި ޖައްސާފައި ރައްޔިތުން ބިކަކޮށްފައި ޔާމީންގެ ގެ އެނަގަނީ 25 ބުރިއަށް. ކޮންތަނަކުން ޔާމީން ހޯއްދެވި ފައިސާއެއްތޯ" އަމީތު ވިދާޅުވިއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް