ކ. މާލެ
|
25 އޮކްޓޯބަރ 2017 | ބުދަ 23:55
ފިނޭންސް މިނިސްޓަރ މަޖިލީހުގައި
ފިނޭންސް މިނިސްޓަރ މަޖިލީހުގައި
އަޒުމޫން އަހުމަދު
ސަޕްލިމެންޓަރީ ބަޖެޓް
އެސްއީޒެޑުން ލިބޭނެ ކަމަށް ހީކުރި 500 މިލިއަން ރުފިޔާއެއް ނުލިބުނު: ފިނޭންސް މިނިސްޓަރ
އެފައިސާ ނުލިބުނީ ސިޔާސީ ހަލަބޮލި ކަމުގެ ސަބަބުން
ސަރުކާރުން ކިތައްމެ މަސައްކަތް ކުރިއަސް އިންވެސްޓް ކުރާކަށް ބޭނުމެއް ނުވޭ
މިކަން ކުރެވޭނީ އެންމެން ގުޅިގެން

ސަރުކާރުން މިއަހަރު ފައިސާ ހޯދަން ހިމެނި ކަންތައް ތަކުގެ ތެރޭގައި ހިމެނޭ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ މަޝްރޫއުގެ ތެރެއިން ހޯދަން މަސައްކަތް ކުރި 500 މިލިއަން ރުފިޔާ ލިބޭ ގޮތް ނުވި ކަމަށް ފިނޭންސް މިނިސްޓަރ މުހައްމަދު މުނައްވަރު އެއްބަސްވެ ވަޑައިގެންފިއެވެ.

އަހަރު ނިމެން 2 މަސްދުވަހަށް ވެފައިވަނިކޮށް ސަރުކާރުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާ ގުޅޭ ގޮތުން ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސަރުކާރުން ހިންގުމަށް ރާވާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) މަޝްރޫއުން ލިބެން އޮތް 500 މިލިއަން ރުފިޔާ ލިބޭ ގޮތްވެފައި ނުވާ ކަމަށެވެ.

މުނައްވަރު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ސިޔާސީ ކަންތައްތަކަށް އަންނަ ރޯޅިތަކާ ހެދި، މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ބޭރުގެ ފަރާތްތަކާއެކު ކުރާ މަޝްވަރާތަކަށް ބުރޫ އަރަމުން އަންނަ ކަމަށެވެ.

އެގޮތުން ކުރީގެ ސަރުކާރުތަކަށް 500 މިލިއަން ޑޮލަރު ލިބެން އޮއްވައި އެކަން ނުވެ ދިޔައީ ސިޔާސީ އޮއިވަރެއްގައި ޖެހިގެން ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ. އަދި މިހާރު ވެސް ސިޔާސީ ކަންތައްތަކެއް ރާއްޖޭގައި ހިނގަމުން އަންނާތީ މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރި ކަމުގައި ވިޔަސް، އިންވެސްޓް ކުރަން ބަޔަކު ބޭނުން ނުވާ ނަމަ، އިގްތިސާދީ ގޮތުން ރާއްޖެ ތަކްލީފުތަކެއް އުފުލަން ޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބަޖެޓުގައި ޖަހާފައި ހުރި ކަންތައްތަކަކީ ޕްލޭނެކެވެ. އެހެންވެ، އެކަންކަން ތަންފީޒު ކުރުމަށް ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި އެންމެން އެއްކޮށްގެން މަސައްކަތް ކޮށްގެން ނޫނީ ގައުމަށް މަންފާ ނުލިބޭނެ ކަމަށްވެސް މުނައްވަރު ވިދާޅުވި އެވެ.

އެސްއީޒެޑްގެ ބިލްގެ ބަހުސްގައި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވީ އެއީ ވަރަށް މުހިއްމު ބިލެއް ކަމަށާއި ސިއްސައިގެންދާވަރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެއަށް އަންނާނެ ކަމަށެވެ. އަދި އެބިލް ޤާނޫނަކަށް ވުމުން އެކަމުގެ އުފާފާޅު ކުރުމަށް ސަރުކާރުން ވަނީ ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ. އެޖަލްސާގައިވެސް ޕީޕީއެމް މެންބަރުން ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް އަންނާނެ ކަމަށާއި ރައްޔިތުންނަށް އުފާފާގަތިކަން ލިބިގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް