ކ. މާލެ
|
25 އޮކްޓޯބަރ 2017 | ބުދަ 20:46
ފިޝަރީސް މިނިސްޓަރ ޑރ ޝައިނީ އިހަވަންދޫ ރައްޔިތުންނާ ސަލާމް ކުރަނީ
ފިޝަރީސް މިނިސްޓަރ ޑރ ޝައިނީ އިހަވަންދޫ ރައްޔިތުންނާ ސަލާމް ކުރަނީ
ޓްވިޓަރ
މަސްވެރިންގެ ދުވަސް
މިއަހަރުގެ މަސްވެރިންގެ ދުވަސް ހއ. އިހަވަންދޫގައި ފާހަގަކުރަނީ
މިދިޔަ އަހަރު ފާހަގަކުރީ ގެމަނަފުށީގައި
މަސްވެރިންގެ ދުވަހަކީ 10 ޑިސެމްބަރު
މިއަހަރު ފާހަގަކުރަނީ 37 ވަނަ މަސްވެރިންގެ ދުވަސް

މިއަހަރުގެ މަސްވެރިންގެ ދުވަސް ހއ.އިހަވަންދޫގައި ފާހަގަ ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ފިޝަރީސް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ ކުރައްވާފައިވާ ޓްވީޓުގައި ވަނީ މިކަން ފާހަގަ ކުރައްވައިފަ އެވެ. އިހަވަންދޫގައި މަސްވެރިންގެ ދުވަސް ފާހަގަކުރަމަށް ނިންމާފައިވާ އިރު މިދިޔަ އަހަރު މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަަގަކޮށްފައިވަނީ ގއ. ގެމަނަފުށީގަ އެވެ.

މިއަހަރު ފާހަގަކުރަނީ 37 ވަނަ މަސްވެރިންގެ ދުވަހެވެ.

މަސްވެރިކަން ކުރިއެރުވުމަށްޓަކައި މަސްވެރިކަމުގެ ދުވަސް ފާހަގަކުރަނީ އެކި އަހަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގަ އެވެ.

މިދިޔަ އަހަރު ގެމަނަފުށީގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ބައިވެރިވަޑަިގެންފަ އެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު 10 ވަނަ ދުވަހު އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް