ކ. މާލެ
|
25 އޮކްޓޯބަރ 2017 | ބުދަ 18:49
މަޚްލޫފް ނެންގެވި ވޯޓުގެ ނަތީޖާ
މަޚްލޫފް ނެންގެވި ވޯޓުގެ ނަތީޖާ
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
މަޚްލޫފްގެ ވޯޓް: ރައީސް ޔާމީނަށް ވުރެ ބުޅަލެއްވެސް ރަނގަޅު
ވޯޓުދިން މީހުންގެ 11 އިންސައްތަ މީހުން 2018 ގެ ރިޔާސީ އިންތިޚާބުގައި ވޯޓުދޭނީ ރައީސް ޔާމީނަށް ކަމަށް ބުނޭ
ވޯޓުދިން މީހުންގެ 89 އިންސައްތަ މީހުން ބުނެފައިވަނީ ވޯޓުދޭނީ ބުޅަލަށް ކަމަށް
ޖުމްލަ 1385 މީހުން ވޯޓުލާފައިވޭ

2018 ގެ ރިޔާސީ އިންތިޚާބުގައި ވޯޓުދޭނީ ކާކަށްތޯ ސުވާލުކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، އަޙުމަދު މަޚްލޫފް ޓްވިޓަރގައި ފެއްޓެވި ޕޯލްއިން، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ މައްޗަށް ބުޅަލެއް ކާމިޔާބު ހޯދައިފިއެވެ.

އަންގާރަ ދުވަހުގެ ހަވީރު، 24 ގަޑިއިރުގެ ވަގުތަކަށް މަޚްލޫފް ފެއްޓެވި މި ޕޯލްގެ ވަގުތު ބުދަދުވަހު ހަމަވިއިރު، 1385 މީހުން މި ޕޯލްގައި ވޯޓު ލާފައިވެއެވެ. މި ޕޯލްގައި ވޯޓުދިން މީހުންގެ 11 އިންސައްތަ މީހުން 2018 ގެ ރިޔާސީ އިންތިޚާބުގައި ވޯޓުދޭނީ ރައީސް ޔާމީނަށް ކަމަށް ބުނެފައިވާއިރު، ވޯޓުދިން މީހުންގެ 89 އިންސައްތަ މީހުން ބުނެފައިވަނީ ރައީސް ޔާމީނާއި ވާދަކުރަނީ ބުޅަލެއް ނަމަވެސް، ވޯޓު ދޭނީ ބުޅަލަށް ކަމަށެވެ.

ޕޯލް ޓްވީޓަށް އާންމުން ދީފައިޥާ ރައްދުތަކަށް ބަލާއިރު ގިނަ ބަޔަކު މި ވޯޓު ސަމާސާއެއްގެ ގޮތުގައި ބަލައިގަތް ނަމަވެސް، ބައެއް ފަރާތްތަކުން ވަނީ ހަމަ ހަޤީޤަތުގައިވެސް ރައީސް ޔާމީނަށްވުރެ ބުޅަލެއް ރަނގަޅު ވާނެ ކަމަށްބުނެ ޓްވީޓްކޮށްފައެވެ.

މި ޕޯލްއަށް ރައީސް ޔާމިންގެ ސަޕޯޓަރުން ކަމަށް ބެލެވޭ ބައެއް މީހުންވެސް ކޮމެންޓް ކޮށްފައިވާއިރު، އޭގެތެރެއިން ބައެއް ފަރާތްތަކުން ބުނެފައިވަނީ، އިދިކޮޅު ފަރާތްތަކުން އިންތިޚާބަށް ނެރޭނެ ކެނޑިޑޭޓެއް ނެތިގެން ބުޅަލެއް ނެރެން ނިންމީ ކަމަށެވެ.

މީގެ އިތުރުން ބައެއް ފަރާތްތަކުން ވަނީ އިންތިޤާލީ ރައީސަކަށް ހަދަން އިދިކޮޅު ފަރާތްތަކަށް ލިބުނީ ބުޅަލެއްތޯވެސް ސުވާލުކޮށްފައެވެ.

ބައެއް މީހުން ބުނި ގޮތުގައި މިއީ މިހާރު ނަގަން މާ ލަސްވެސްވެފައިވާ ޕޯލެކެވެ.

ދުނިޠޭގެ ކުރިއަރާފައިވާ އެކި ޤައުމުތަކުގައި މިފަދަ ސިޔާސީ ސަމާސާ ވަރަށް އާންމުކޮށް ފެންނައިރު، އެ ޤައުމުތަކުގައި މިފަދަ ކަންކަން ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ބަލައިގަތް ނަމަވެސް، ރާއްޖޭގައި މިފަދަ ޕޯލްތަކާއި، ޚާއްސަކޮށް ސިޔާސީ ސަމާސާ ވެފައިވަނީ އެ ރައްދުވާ ފަރާތްތަކަށް ވަރަށް ބޮޑަށް ބަލައިގަންނަން އުނދަގޫ އެއްޗަކަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
26 އޮކްޓޯބަރ 2017 | ބުރާސްފަތި 13:03
ދޯ
ބެސްޓް ޕޯސްޓް އެވަރ ..އެސޮރު ބުުޅަލާ ޖެހިގެންވެސް ބަލި
26 އޮކްޓޯބަރ 2017 | ބުރާސްފަތި 12:44
ބުބުލް
ބެޅަލް ބިރަލް ކިޔާ ކެންޑިޑޭޓެއް ދޮތަ؟ އަނހަ ކަލޮޔާ ބުނާކަށް އަހުން އަންހެނުން ބޮނބިފާކުރާން ލައިފައި އޮތްކުޅިން ބޮނބިނަގުވައިފައި ކަލޯޔާ ބުނާކަށް ބުޅަލެއް ކުރިމަތިލިޔަސް އަހުން ހަމަ ވޯޓުދޭނީ ބުޅަލަށެ މިބުނަނީ. ރަނގަޅަށް ދޮހާލައިގެން ރަތްކޮށްލައިގެން އައިސް އަހުން ސިދުރަތަށް އަރުވަން ބުންޏަސް މަގޭ ވޯޓުލާނީ ބުޅަލަށް،
25 އޮކްޓޯބަރ 2017 | ބުދަ 19:14
ބުޅާދޮންބެ
އިދިކޮޅަށް އުޅެނީ ބުޅަޅެއް ވެސް ނުޅިބިގެން ދެން އަރުވާނީ ހިކަންޖެއް