ކ. މާލެ
|
25 އޮކްޓޯބަރ 2017 | ބުދަ 07:07
ޝަވަރުމާ ލައުންޖް
ޝަވަރުމާ ލައުންޖް
ސިމާހާ ނަސީމް
ފްރެންޗައިޒް ހުޅުވުން
ޝަވަރުމާ ލައުންޖްގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފި
މި ފްރެންޗައިޒް ހުޅުވާފައިވަނީ ހަމައެކަނި ކާއެއްޗެހީގެ ޑެލިވަރީ ކުރާ ގޮތަށާއި ޓޭކްއަވޭ އަށް

އިންޑިއާގެ މަޝްހޫރު ޝަވަރުމާ ލައުންޖްގެ  އައުޓްލެޓެއް މާލެގައި އަންގާރަ ދުވަހުގެ ރޭ ހުޅުވައިފިއެވެ.

އިމާދުއްދީން ސްކޫލް ކުރިމަތީގައި ހުންނަ ޝަވަރުމާ ލައުންޖް ހުޅުވައި ދެއްވީ ދިރާގުގެ ޗީފް ފައިނޭންޝަލް އޮފިސަރ ރޮބިން ވޯލް އެވެ.

މި ތަން ބްރައިޓް ރައިޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓަޑްގެ މޭނިޖިންގް ޑިރެކްޓަރ އިބްރާހިމް އާދިލް ވިދާޅުވީ ރާއްޖޭގައި މިކަހަލަ ފްރެންޗައިޒް ތަނެއް ހުޅުވުމުގެ މަގްސަދަކީ ރާއްޖޭގެ ރައްޔިތުންނަށް ކޮލެޓީ ރަގަޅު ކާއެއްޗެހި ފޯރުކޮށްދިނުމަށް ކަމަށެވެ.  

"ދެން މީގައި ޗެލެންޖުތަކެއްވެސް އެބައާދޭ. ބައެއް ކަހަލަ ސާމާނު ނުލިބޭތީވެ ގެންނަންވާ ޓޭސްޓް ނުލިބޭ އެހެންނަމަވެސް އެ އެއްޗެހި އިމްޕޯޓްކުރަން ޖެހުނަސް އެކަން ކޮށްގެންވެސް ސްޓޭންޑަޑް ހިފެހެއްޓުން ބޭނުމަކީ" އާދިލް ވިދާޅުވިއެވެ.

މި ތަނުން ސުވީޓް ލައްސީ، ޓޫނާ،ބީފް، ޗިކަން ޝަވަރުމާ، ބިރިޔާނީ އަދި އެކިވައްތަރުގެ ކުކުޅު ރިހަ ލިބެން ހުންނާނެއެވެ.

ކާއެއްޗެހި އޯޑަރު ކުރަން ބޭނުންވާނަމަ ކަސްޓަމަރުން 7778554 އަށް ގުޅުއްވުމަށް އާދިލް ވިދާޅުވިއެވެ. މިތަނުން ވަގުތު ހަމައެކަނި ދޭނީ ޓޭކައަވޭ ހިދުމަތާއި ޑެލިވަރީ ހިދުމަތެވެ. 

އާދިލް އިތުރަށް ވިދާޅުވީ ޝަވަރުމާ ލައުންޖުގެ ޝެފުންނަކީ އިންޑިއާ އިން ތަމްރީނު ލިބިފައިވާ މޮޅު ޝެފުން ކަމުގައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް