ކ. މާލެ
|
24 އޮކްޓޯބަރ 2017 | އަންގާރަ 18:36
ދިރާގު ޓީވީ ޕްރޮމޯޝަން ތައާރަފުކޮށްދެއްވަނީ
ދިރާގު ޓީވީ ޕްރޮމޯޝަން ތައާރަފުކޮށްދެއްވަނީ
ސިމާހާ ނަސީމް
ދިރާގު ޓީވީ
ދިރާގު ޓީވީއަށް އާ ޗެނަލްތަކެއް ލޯންޗުކޮށް، ޕްރޮމޯޝަނެއް ފަށައިފި
ދިރާގު ޓީވީއަށް 12 ޗެނަލެއް ލޯންޗުކޮށްފައިވޭ

ދިރާގު ޓީވީއަށް އާ 12 ޗެނަލް ލޯންޗުކޮށް، ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ލޯންޗުކޮށްފައިވާ ޗެނަލްތަކަކީ ސޮނީ އެޗްޑީ، ސޮނީ މެކްސް އެޗްޑީ، ސޮނީ ޕިކްސް އެޗްޑީ، ސޮނީ ސަބް އެޗްޑީ، ސޮނީ ބީބީސީ އާތު، ސޮނީ ރޮކްސް އެޗްޑީ، ސޮނީ މިކްސް، ސޮނީ ޓެން 1، ސޮނީ ޓެން 2، ސޮނީ ޓެން 3، ސޮނީ ސިކްސް އަދި ސޮނީ އީއެސްޕީއެން އެވެ.

އަންގާރަ ދުވަހު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮމޯޝަން ތައާރަފުކޮށްދެއްވީ ސޮނީ ޕިކްޗާޒް ނެޓްވޯކްގެ ބިޒްނަސް ޑިވޮލޮޕްމަންޓް ޑިރެކްޓަރ ޝުޝީލް ސިންގް އާއި ދިރާގުގެ ބިޒްނަސް ޑިވޮލޮޕްމަންޓް ޑިރެކްޓަރ އަހްމަދު މައުމޫނެވެ.

ދިރާގުން ބުނި ގޮތުގައި ކަސްޓަމަރުން މި ޕްރޮމޯޝަންގައި ދިރާގު ޓީވީއަށް ރަޖިސްޓަރީ ކޮށްފައިވާ ނުވަތަ އަލަށް ޙިދުމަތަށް ރަޖިސްޓްރީ ކުރާ ކަސްޓަމަރުންގެ މެދުގައި ގުރުލުން އޮންނާނެއެވެ. އަދި ގުރުއަތުން ހޮވޭ ފަރާތަކަށް އެލްޖީ 65 އިންޗީގެ 4k ސްމާޓް ޓީވީއެއް، ބޯސް ސައުންޑް ބާއަކާ އެކު ލިބޭނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.

 

 

 

 

 

 

 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް