ކ. މާލެ
|
24 އޮކްޓޯބަރ 2017 | އަންގާރަ 14:57
މަޑުއްވަރީގެ ނަރުދަމާ ނިޒާމް އިފްތިތާހު ކޮށްދެއްވަނީ
މަޑުއްވަރީގެ ނަރުދަމާ ނިޒާމް އިފްތިތާހު ކޮށްދެއްވަނީ
އިކޮނޮމިކް މިނިސްޓްރީ
މަޑުއްވަރި
މަޑުއްވަރީގެ ނަރުދަމާ ނިޒާމު ރައީސް އިފްތިތާޙް ކޮށްދެއްވައިފި
މަޑުއްވަރީގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 20 ޑިސެމްބަރު 2014 ގައި

ރ. މަޑުއްވަރީގެ ނަރުދަމާ ނިޒާމު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިފްތިތާޙް ކޮށްދެއްވައިފިއެވެ.

 މިކަން އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކައި ރ. މަޑުއްވަރީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރެވިފައި ވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ އިން މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އާ ޙަވާލު ކޮށްގެންނެވެ.   

މަޑުއްވަރީގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 20 ޑިސެމްބަރު 2014 ގައެވެ. އަދި މި މަސައްކަތް ނިމިފައިވަނީ 04 ޖޫން 2016 ގައެވެ. މި މަޝްރޫޢުގެ ދަށުން 02 ޕަމްޕް ސްޓޭޝަނާއި 8.7 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ޤާއިމުކުރެވިފައި ކަމަށާއި ނަޖިސް ބޭރުކުރުމަށްޓަކައި ރަށުގެ އެއްގަމު ތޮށިން ފެށިގެން 226 މީޓަރުގެ ދުރު ރާސްތާއަކަށް ސީ އައުޓްފޯލް ހޮޅިއަޅާފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.

ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގި މި މަޝްރޫޢުގެ ޖުމްލަ އަގަކީ 49,967,811.83 (ސާޅީސް ނުވަ މިލިޔަން ނުވަސަތޭކަ ފަސްދޮޅަސް ހަތްހާސް އައްސަތޭކަ އެގާރަ ރުފިޔާ އައްޑިހަ ތިން ލާރި) ދިވެހި ރުފިޔާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.  
މި މަޝްރޫޢުގެ ސަބަބުން މަޑުއްވަރީގެ 351 ގެއަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. އަދި ނަރުދަމާގެ ނިޒާމް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މި ނިޒާމު ހިންގާ ބަލަހައްޓާނީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުންކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް