ކ. މާލެ
|
24 އޮކްޓޯބަރ 2017 | އަންގާރަ 12:13
ހުޅުމާލޭގައި މަރުވި ދެ މީހުން
ހުޅުމާލޭގައި މަރުވި ދެ މީހުން
ރާއްޖެއެމްވީ
ހުޅުމާލެ
ހުޅުމާލޭގައި ހިނގި ކުއްލި ދެ މަރު: ތަޙްގީގު އަދިވެސް ނުނިމޭ، މައުލޫމާތު ހާމަކުރެވޭކަށް ނެތް !
މަރުގެ ހާދިސާ ހިނގި ސަރަހައްދުން ވަނީ ޕާޓީ ޑްރަގްސް ފެނިފަ
ތަހްގީގާއި ގުޅޭ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށް ފުލުހުން ވަނީ ބުނެފައި
ހައްޔަރުކުރި ހަތަރު މީހުން ވަނީ ދޫކޮށްލާފައި

ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ދެ ޒުވާނުންގެ މަރުގެ މައްސަލައިގެ ތަޙްގީގް އަދިވެސް ނުނިމޭ ކަމަށް ފުލުހުން ބުނެފިއެވެ.

\

ސެޕްޓެމްބަރ މަހުގެ 28 ވަނަ ދުވަހުގެ ރޭ މަރުވެފައިވަނީ ތ. ތިމަރަފުށީ އަހުމަދު ހާމީން، 21، އާއި ދަފްތަރު، ފާތުމަތު ސަމާ، 18، އެވެ. ރަހުމަތްތެރިޔާގެ އުފަންދުވަސް ފާހަގަކުރުމުގެ ތެރޭގައި ހިނގާދިޔަ ކުއްލި ދެ މަރާއި ގުޅިގެން ތަޙްގީގަށް ފުލުހުން ހައްޔަރުކުރި ތިން ފިރިހެނުންނާއި އަންހެން މީހާ ވަނީ ދޫކޮށްލާފައެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާއި އޮފިޝަލް ވިދާޅުވީ ސަމާ އާއި ހަމީންގެ މަރުގެ މައްސަލާއިގެ ތަހްގީގާއި ގުޅިގެން އިތުރު މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށެވެ. އަދި އެ މައްސަލާއިގެން ތަޙްގީގް ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެއެވެ.

 

މި މައްސަލާއިގައި ހައްޔަރުކުރި ހަތަރު މީހުންގެ މައްޗަށް 12 ތުހުމަތެއް ފުލުހުން ކޮށްފައިވެއެވެ. އޭގެ ތެރޭގައި ޕާޓީ ޑްރަގްގެ ބާވަތަކާއި މަސްތުވާ އެހެން އެއްޗެހި ގެންގުޅުމުގެ ތުހުމަތު ވެސް ހިމެނެއެވެ. ފުލުހުން ކުރިން ބުނި ގޮތުގައި އެމީހުން ޕާޓީ ބާއްވަން އުޅުނު ސަރަހައްދު ބަލާ ފާސްކުރި އިރު، ޕާޓީ ޑްރަގް ވަނީ ފެނިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
24 އޮކްޓޯބަރ 2017 | އަންގާރަ 23:41
ނަވާ
ދެން ކީކޭ ބުނާނީ .ތިތަހުގީގު ވެސް ނިމޭ ގޮތެއްބަލަން ރައްޔިތުން ތިބި ކަމުގަ ދަންނަވަން!!!!!!!!