ކ. މާލެ
|
24 އޮކްޓޯބަރ 2017 | އަންގާރަ 11:15
ކުޅުދުއްފުށީ ކުޅި: ކުޅި ހިއްކައިގެން އެއާޕޯޓް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައި
ކުޅުދުއްފުށީ ކުޅި: ކުޅި ހިއްކައިގެން އެއާޕޯޓް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައި
ޓްވިޓަރ
ހދ ކުޅުދުއްފުށި
ކުޅުދުއްފުށީ ކުޅި: އީ.އައި.އޭ ރިޕޯޓް ހިއްސާކޮށް، ފަނާކުރަނިވި ވިސްނުން ދޫކޮށްލުމަށް ގޮވާލައިފި
ދެމެހެއްޓެނެވި ތަރައްޤީގެ އިމުންބޭރު ސިޔާސަތަކުން ދުރަށްދިއުމަށް ސަރުކާރަށް ވަނީ ގޮވާލައިފައި
ކުޅުދުއްފުށީ ކުޅި ވަނީ އެރަށު އަންހެނުންގެ ދިރިއުޅުމާއި ގުޅިފައި
ކުޅި އަކީ ތިމާވެށީގެ ރައްކާތެރިކަމާއި ގުޅިފައިވާ އަސާސީ ގުނަވަނެން

ހދ. ކުޅުދުއްފުށީގެ ކުޅި ހިއްކުމާއި ގުޅޭގޮތުން ތިމާވެށީގެ ހާލަތުދެނެގަތުގެ ރިޕޯޓް ( އީ. އައި. އޭ) ހޯދުންތަށް ރައްޔިތުންނާއި ހިއްސާކޮށް މަޝްވަރާކުރުމުގެ ފުރުސަތު މިހާތަނަން ލިބިފައިނުވާތީ މަދަނީ ބައެއް ޖަމިއްޔާތަކުން ކަންބޮޑުވުންފާޅުކޮށްފިއެވެ.

 

ކުޅި ހިއްކުމާއި ދެކޮޅަށް ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައި ވަނީ ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރާ ހަތަރު ޖަމިއްޔާ ކަމަށްވާ ވޮއިސް އޮފް ވުމަން، އީކޯކެއާ މޯލްޑިވިސް، ބީލީފް ، ބުލޫ ޕީސް ، އުތެމަ ގުޅިގެންނެވެ.

 

ހަތަރު ޖަމިއްޔާއިން ނެރެފައިވާ ބަޔާނެންގައި ބުނެފައި ވަނީ ކުޅިދުއްފުށީ ކުޅި ދާއިމަށް ފަނާކުރަނިވި ވިސްނުމެއްގައި ތަރައްޤީގެ ނަމުގައި އިޔާދަނުކުރެވޭނެފަދަ ގެއްލުން ލިބޭނެ ގޮތަކަށް،ނައްތާލާއިރު  ދެމެހެއްޓެނެވި ތަރައްޤީގެ އިމުންބޭރު ސިޔާސަތަކުން ދުރަށްދިއުމަށް ސަރުކާރަށާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އިލްތިމާސްކުރާ ކަމަށެވެ.

 

އެ ބަޔާނުގައި ބުނެފައި ވަނީ ކުޅުދުއްފުށީގެ ކުޅި އަކީ ހަމައެކަނި އެރަށުގެ ތަރިކައެއް ނޫން ކަމަށާއި، އެއީ މުޅި ރާއްޖެއަށް މުހިންމު ޤައުމީ ތަރިކައެއް ކަމަށެވެ. އަދި އެ ކުޅި އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު މަށިކުޅި ކަމަށްވާއިރު އެއީ ތާރީޙީ އަދި ހިމާޔަތްކުރަންޖެހޭ އަގުހުރި ޤައުމީ ޤުދުރަތީ ތަރިކައެއް ކަމަށެވެ. އެ ބަޔާންގައި ބުނެފައި ވަނީ ދުނިޔޭގެ ފެންވަރުގައި ކުޅީގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ޖަމުއިއްޔާއެއް ކަމުގައިވާ އައި. ޔޫ. ސީ އެން އިން ނެތިހިނގައިދާނެ ކަމުގު ބިރު ފާހަގަކުރާ ލިސްޓުގައި ހިމެނޭ 8  ބާވަތެއްގެ ގަސް އެ ކުޅީގައި ހުންނަ ކަމަށެވެ.

 

މީގެ އިތުރުން ކުޅުދުއްފުށީ ކުޅިއަކީ ދުނިޔޭގެ އެހެންކަންކޮޅުތަކުން ހިޖުރަކުރާ ދޫނީގެ މަންޒިލަކަށް ވާހިނދު، ކުޅީގެ މުހިންމުކަން އޮތީ ހަމައެކި ދިވެހި ރާއްޖެއަށް ނޫންކަން ވެސް އެ ބަޔާންނުގައި ފާހަގަކޮށްފައިވެއެވެ.

 

ކުޅީގެ މުހިންމު ކަމާއި ގުޅޭގޮތުން އެ ބަޔާނުގައި ފާހަގަކޮށްފައިވާ މުހިންމު ޕޮއިންޓުތަކަކީ ...

ކުޅުދުއްފުށީ އަންހެނުންގެ ދިރިއުޅުމާއި ގުޅިފައިވާ ތަނެން

ކުޅުދުއްފުށީ ކުޅިއަކީ އެރަށުގެ އެތަށް އަންހެނުންނެއްގެ ދިރިއުޅުމާއި އާމުދަނީ އެތަނުގެ މައްޗަށް ބިނާވެފައިވާ ތަނެކެވެ. ޒަމާނުންސުރެ އެރަށުގެ އަންހެންނުން އެކުޅި ބޭނުންކުރަމުންދަނީ ބޮނބިފާކޮށް ރޯނުވެށުމާއި ބުރެވިކޮށުމުގެ ތިމާވެއްޓާއި ރައްޓެހި އަގުހުރި މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. ކުޅި ހިއްކާ ނައްތާލާއިފިނަމަ އެމީހުންނަށް އިޔާދަނުކުރެވޭނެ އާމުދަނީގެ ދަތިކަން އިހުސާސުވާނެކަމުގެ ބިރުއޮތްކަން ވަނި ފާހަގަކޮށްފައެވެ.

 

ތިމާވެށީގެ ރައްކާތެރިކަމާއި ގުޅިފައިވާ އަސާސީ ގުނަވަނެން

ކުޅުދުއްފުށީގެ ޤުދުރަތީ ކުޅި އަކީ އެރަށުގެ ތިމާވެށީގެ ރައްކާތެރިކަމާއި ގުޅިފައިވާ އަސާސީ ގުނަވަނެކެވެ. ވަށައިގެންވާކަނޑާއި އޮޔާއި މޫސުމީ ބަދަލުތަކުން މުޅި ރަށާއި ރަށުގެ ފެންފަށަލައިގެ ނިޒާމު ހިމާޔަތް ކުރާ ޤުދުރަތީ ވަސީލަތީ އެ ކުޅިއެވެ. 2004 ގެ ސުނާމީފަދަ ނުރައްކާތެރި ޤުދުރަތީ ކާރިސާއެއް މާދަމާ ހިނގި ނަމަވެސް ރަށުގެ ސަލާމަތީ ނިޒާމަކަށް އޮތީ މި މުހިންމު ވަސީލަތެވެ. އަދި މޫސުމީ ވިއްސާރައިން ރަށުގައި ފެންބޮޑުވުމުގެ ހާލަތުން ސަލާމަތްކޮށް ރައްކާތެރިކޮށްދޭ މުހިންމު ގުނަ ވަނަކީވެސް އެ ކުޅިއެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނީ މި މަހުގެ 25 ވަނަ ދުވަހު އެމްޓީސީސީން އަލަށް ގެންނަ ޑްރެޖަރު (މަހާ ޖައްރާފާ) އެރަށް އަންނާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށް ކައުންސިލުން ބުންޏެވެ. އެއީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިތާ ހަތަރު އަހަރު ފުރޭ ދުވަހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
24 އޮކްޓޯބަރ 2017 | އަންގާރަ 14:02
Hussain
Dhera kameh noon .. Rasah vehey fen thi thanah faibaigen gos hindhey kameh engifa eh neh .. Rashuga ulhey thaa 28 aharu vehje .. Beykaaru bodu chakas gandeh . vaguthaa haalatha balaafa meehun ves jeheyne tharagee vaan .. Roanu veshumuge masakai kuranee umurun dhosee madu anhenun kolhe ekan ves uvudhaane kuri ah oi 20 varakah aharu therey nuvatha eyge ves kurin .
24 އޮކްޓޯބަރ 2017 | އަންގާރަ 11:27
ގަސްދަށުޖިންނިގެ ދަނބިދަރިފުޅު
އިޚްލާސްތެރިކަމެއް ހުރިއްޔާ އަވަހަށް ތިޔަ ރިޕޯރޓު ހިއްސާ ކޮށްދެއްވާ.