ކ. މާލެ
|
23 އޮކްޓޯބަރ 2017 | ހޯމަ 01:00
ޖީއެސްޓީގެ ގޮތުގައިވެސް ދައުލަތަށް 5.1 ބިލިއަން ރުފިޔާ ލިބިފައިވޭ
ޖީއެސްޓީގެ ގޮތުގައިވެސް ދައުލަތަށް 5.1 ބިލިއަން ރުފިޔާ ލިބިފައިވޭ
އަޒުމޫން އަހުމަދު
މީރާ
ސެޕްޓެމްބަރު މަހުގެ ނިޔަލަށް މީރާއަށް 11.8 ބިލިއަން ރުފިޔާ ލިބިއްޖެ
ސެޕްޓެމްބަރުގެ ނިޔަލަށް މީރާ އަށް 11.87 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު
2016 ވަނަ އަހަރުގެ އެ މުއްދަތުގައި މީރާއަށް ލިބިފައިވަނީ 11.39 ބިލިއަން ރުފިޔާގެ އާމްދަނީ

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 11.87 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

 

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް މީރާ އަށް 11.87 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު 2016 ވަނަ އަހަރުގެ އެ މުއްދަތުގައި މީރާއަށް ލިބިފައިވަނީ 11.39 ބިލިއަން ރުފިޔާގެ އާމްދަނީ އެކެވެ.

 

މީރާއިން އާންމުކޮށްފައިވާ ސެޕްޓެމްބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މީރާއަށް ލިބުނު 11.87 ބިލިއަން ރުފިޔާގެ ތެރޭގައި 423.76 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެއެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 423.76 މިލިއަން އެމެރިކާ ޑޮލަރު ލިބުނު އިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މީރާއަށް ޑޮލަރުގެ ގޮތުގައި 440.91 މިލިއަން ޑޮލަރުގެ ލިބިފައިވެއެވެ.

 

ސެޕްޓެމްބަރު މަހުގެ ނިޔަލަށް، މީރާއަށް ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ޖީއެސްޓީ ގެ ގޮތުގައި ދައުލަތަށް ލިބުނު ފައިސާއެވެ. ޖީއެސްޓީގެ ގޮތުގައިވެސް ދައުލަތަށް 5.1 ބިލިއަން ރުފިޔާ ވަނީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލިބިފައެވެ. 2016 ވަނަ އަހަރުގެ އެ މުއްދަތުގައި މީރާއަށް ލިބުނީ 4.6 ބިލިއަން ރުފިޔާއެވެ.

- ކޮމެންޓް