ކ. މާލެ
|
22 އޮކްޓޯބަރ 2017 | އާދީއްތަ 17:30
އެމްޓީސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެމްޓީސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ސިމާހާ ނަސީމް
"މަހާޖައްރާފު"
މި މަހު "މަހާޖައްރާފު" ކުޅުދުއްފުށީ ބަނދަރަށް ގާތްކުރާނެ: އެމްޓީސީސީ
"މަހާޖައްރާފާ" ގެ ޕްރޮޖެކްޓް ނިމިފައިވަނީ ފަނަރަ މަސްދުވަހުގެ ތެރޭގައި
"މަހާޖައްރާފު" ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާނީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް

މި މަހު 25 ވަނަ ދުވަހު "މަހާޖައްރާފު" ހދ. ކުޅުދުއްފުށީގެ ބަނދަރަށް ގާތްކުރާނެ ކަމަށް އެމްޓީސީސީގެ ޗީފް އެގްޒެކްޓިވް އޮފިސަރ އިބްރާހިމް ޒިޔަތު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު އެމްޓީސީސީ ހެޑް އޮފީހުގައި ނޫސްވެރިންނަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒިޔަތު ވިދާޅުވީ "މަހާޖައްރާފާ" ގެ ޕްރޮޖެކްޓް ނިމިފައިވަނީ ފަނަރަ މަސްދުވަހުގެ ތެރޭގައި ކަމަށާއި "މަހާޖައްރާފުގެ" ފުރަތަމަ ޕްރޮޖެކްޓެއްގެ ގޮތުގައި ކުޅުދުއްފުށީގެ ބަނދަރު ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އަނެއްކާ ދެވަނަ ޕްރޮޖެކްޓެއްވެސް މިހާރު ރީޖަނަލް އެއަޕޯޓްސް އާއި އެކީގައި ސޮއި ކުރެއްވިއްޖެ، އެއީ ށ. ފުނަދޫގެ ޝޯޕްރޮޓެކްޝަންއާ ރިކްލަމޭޝަން. މި ޕްރޮޖެކްޓަކީ ގާތްގަނޑަކަށް 150 ދުވަހުގެ ޕްރޮޖެކްޓެއް" ޒިޔަތު ވިދާޅުވިއެވެ.

ޒިޔަތު އިތުރަށް ވިދާޅުވީ ކުޅުއްދުއްފުށީ ޕްރޮޖެކްޓާއި އެކީ ފުނަދޫގެ ޕްރޮޖެކްޓް ނިންމާލެވޭތޯ އެމްޓީސީސީން މަސައްކަތް ކުރާނެ ކަމަށެވެ.

އެމްޓީސީސީގެ ހިއްސާ އާއި ބެހޭގޮތުން ވާހަކަދައްކަވަމުން ޒިޔަތު ވިދާޅުވީ ހިއްސާދާރުންގެ ގޮތުގައި މިހާތަނަށް ރަޖިސްޓްރީ ކޮށްފައިވަނީ އިސްރަށްވެހިން ކަމަށެވެ.

އެމްޓީސީސީއިން ރައިޓްސްއިޝޫގެ ދަށުން ހިއްސާ ވިއްކަން ނިންމާފައިވާއިރު އާންމުންނަށް އެމްޓީސީސީގެ ރައިޓްސްއިޝޫގެ މައުލޫމާތު ފޯރުކޮށްދިނުމަށް ތަފާތު ރަށްތަކަށް އެމްޓީސީސީގެ ޓީމެއް ޒިޔާރަތް ކުރަން ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެގޮތުން އަންނަ ހަފްތާގައި އެމްޓީސީސީގެ ޓީމެއް ކުޅުދުއްފުއްޓަށް ފުރާނެ ކަމަށްވެސް އެ ފަރާތުން ވަނީ ބުނެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ޗީފް ފައިނޭންޝަލް އޮފިސަރ މުހައްމަދު ހިލްމީ ވިދާޅުވީ އެންމެ ކުރިން ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި މުއާމަލަތް ކުރުމަށް ދަތިތަކާއި ދިމާވެފައިވާ ކަމަށެވެ. ސަބަބަކީ އެ ފަރާތްތަކުގެ ނަންބަރު ބަދަލުވެފައި ހުރުމާއި ފޯމްގައި އެ ފަރާތްތަކުން ޖަހާފައިވާ ނަންބަރުތަކަށް ގުޅުމުންވެސް ދިމާނުވުން ކަމުގައެވެ.

ހިލްމީ ވިދާޅުވީ އެ ފަރާތްތަކުން އެމްޓީސީސީއަށް ގުޅައިގެން ހިއްސާގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް އެދިލައްވާ ކަމަށެވެ. އެމްޓީޓީސީސީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވުމަށްޓަކައި މިހާތަނަށް ވަރަށް ގިނަ ފަރާތްތަކުގެ ތަރުހީބު ލިބެމުންދާ ކަމަށްވެސް ހިލްމީ ފާހަގަކުރެއްވިއެވެ.

"މަހާޖައްރާފު" ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާނީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

 

 

 

- ކޮމެންޓް