ކ. މާލެ
|
20 އޮކްޓޯބަރ 2017 | ހުކުރު 17:20
ހެޕީ މާކެޓްގެ ސީއީއޯ އަލީ އިހުސާން އެ ކުންފުނީގެ އާ ޝޯރޫމް ހުޅުއްވައިދެއްވަނީ
ހެޕީ މާކެޓްގެ ސީއީއޯ އަލީ އިހުސާން އެ ކުންފުނީގެ އާ ޝޯރޫމް ހުޅުއްވައިދެއްވަނީ
މުހައްމަދު ޝަރުހާން
ހެޕީ މާކެޓް ޝޯރޫމް
ހެޕީ މާކެޓްގެ އާ ޝޯރޫމް ހުޅުވައިފި
މި ޝޯރޫމް ހުޅުވާފައިވަނީ މެދުޒިޔާރަތް މަގު، ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ކުރިމަތީގައި
މި ޝޯރޫމަކީ އެ ކުންފުންޏަށް 25 އަހަރު ފުރުމާއި ވިދިގެން ހިންގަމުންދާ ހަރަކާތްތަކުގެ ދަށުން ހުޅުވި ޝޯރޫމެއް
ހެޕީ މާކެޓަކީ ރާއްޖޭގެ ފުޑް އިންޑަސްޓްރީގައި އެންމެ ބޮޑު އެއް ކުންފުނި

ހެޕީ މާކެޓް ޓްރޭޑިންގެ އާ ޝޯރޫމެއް ހުޅުވަފިއެވެ.

ބޮޑުބެރުގެ ހަރަކާތްތަކާ އެކު ހުކުރު ދުވަހު ހަވީރު މި ޝޯރޫމް ހުޅުވާފައި ވަނީ މެދުޒިޔާރަތް މަގު، ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ކުރިމަތީގައެވެ. މި ޝޯރޫމް ހުޅުއްވައިދެއްވީ އެ ކުންފުނީގެ ސީއީއޯ އަލީ އިހުސާންއެވެ.

ހެޕީ މާކެޓުގެ ފަރާތުން ވާހަކަ ދެއްކެވި އެ ކުންފުނީގެ ސީއީއޯ އަލީ އިހުސާން ވިދާޅުވީ މި ޝޯރޫމަކީ އެ ކުންފުންޏަށް 25 އަހަރު ފުރުމާ ވިދިގެން ހިންގަމުންދާ ހަރަކާތްތަކުގެ ދަށުން ހުޅުވުނު ޝޯރޫމެއް ކަމަށެވެ. އެގޮތުން މި ޝޯރޫމް ހުޅިވިގެން ދިޔުމުގެ މައިގަނޑު ބޭނުމަކީ އެ ކުންފުނިން ވިއްކާ ތަފާތު އެކިއެކި ބާވަތްތަކުގެ ޕްރޮޑަކްޓްތައް ކަސްޓަމަރުންނަށް ތަޖުރިބާކޮށްލުމުގެ ފުރުސަތުދީ މި ޕްރޮޑަކްޓްތައް ކައިރިން ދެކިލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ދިނުން ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ. އަދި އެ ޝޯރޫމް މެދުވެރިކޮށް ހޯލްސޭލް އަދި ރީޓެއިލްކޮށް ކަސްޓަމަރުންނަށް މުދާ ގަނެވޭނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

 

ހަމައެހެންމެ އެ ކުންފުންޏަކީ ރާއްޖޭގެ ފުޑް އިންޑަސްޓްރީއަށް 25 އަހަރުގެ ހިދުމަތް ދީފައިވާ ކުންފުންޏެއް ކަމަށާއި އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ އެ ކުންފުނިން ވިއްކާ ޕްރޮޑަކްޓްތަކަކީ ކޮލިޓީ ރަނގަޅު ޕްރޮޑަކްޓްތަކަށް ހެދުން ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ. އެގޮތުން މި އަމާޒަށް ވާސިލްވުމަށް އެ ކުންފުނިން ގެންނަ ޕްރޮޑަކްޓްތަކަކީ ދުނިޔޭގެ އެންމެ ނަން މަޝްހޫރު ކުންފުނިތަކުން ގެންނަ ޕްރޮޑަކްޓްތަކެއް ކަމަށް އިހުސާން ވިދާޅުވިއެވެ.

ހަމައެއާ އެކު އެ ކުންފުނީގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ ކަންކޮޅުތަކުގައި އެ ކުންފުނީގެ ފިހާރަތައް ގާއިމުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި ކުރިޔަށް އޮތްތަނުގައި ވެސް އެންމެ ބޮޑަށް މަސައްކަތް ކުރަމުންދާނީ އެ ކުންފުނީގެ ޕްރޮޑަކްޓްތައް ވީހާ ވެސް ވިޔަފާރިވެރިންނާ ކައިރިޔަށް ގެންދިޔުން ކަމަށް އިހުސާން ވިދާޅުވިއެވެ.

 

ހެޕީ މާކެޓަކީ ރާއްޖޭގެ ފުޑް އިންޑަސްޓްރީގައި އެންމެ ބޮޑު އެއް ކުންފުންޏަށް ވާއިރު އެ ކުންފުނިން އަންނަނީ ތަފާތު އެކި ބާވަތުގެ ޕްރޮޑަކްޓްތަށް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުންނެވެ. އެގޮތުން އެ ކުންފުނިން 3,000 އަށް ވުރެ ގިނަ ބާވަތުގެ ކާބޯތަކެތި ރާއްޖެއަށް އިމްޕޯޓުކޮށް ވިއްކަމުންދެއެވެ.

- ކޮމެންޓް