ކ. މާލެ
|
9 އޮކްޓޯބަރ 2017 | ހޯމަ 05:40
ކާރުގައި ވަނީ ވަރަށް ބޮޑަށް ރޯވެފައި
ކާރުގައި ވަނީ ވަރަށް ބޮޑަށް ރޯވެފައި
އާމިނަތު ނުޒުހާ
ކާރެއްގައި އަލިފާން ރޯވުން
ދައުލަތުގެ ކާރެއްގައި ރޯކޮށްލައިފި
އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ

ސޯސަން މަގުގައި ޕާކްކޮށްފައި އޮތް ދައުލަތުގެ ކާރެއްގައި ރޯކޮށްލައިފި 

 

އެމްއެންޑީއެފުން ބުނީ  ގާތްގަނޑަކަށް 03:03 ހާއިރު ހިނގި މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ލިބުމާއެކު އެ ސަރަހައްދަށް ގޮސް ކާރުގައި ރޯވި އަލިފާން ނިއްވާލި ކަމަށެވެ. ކާރުގައި ރޯވެފައި ހުރި އަލިފާންގަނޑު ނިއްވާލީ 03:13 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

 

 އެ ސަރަހައްދުގައި ހުރި މިހަކު ރާއްޖެއެމްވިއަށް މައުލޫމާތު ދިން ގޮތުގައި ކާރުގައި ހަރުކޮށްފައިވަނީ ޖީ އަކުރުން ފެށޭ ރަޖިސްޓްރޭޝަން ނަންބަރެއް ކަމަށެވެ. ޖީ އަކުރުން ފެށެނީ ދައުލަތުގެ ކާރުތަކުގެ ރަޖިސްޓްރޭޝަން ނަންބަރެވެ. 

މި ކާރަކީ ސަރުކާރުގެ ވުޒާރާއެއްގައި ބޭނުންކުރާ ކާރެއްކަން އެމްއެންޑީއެފުންވެސް ކަށަވަރުކޮށްދެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާއިރު މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަންނަނީ މި ހާދިސާ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކާރުކައިރިން އަލިފާން ރޯވެފައިވާ ފޮތިގަނޑުތަކެއް ފެނިފައިވެ އެވެ. 


މި ހާދިސާގައި ރޯވި ކާރުގެ ފަހަތު ސީޓު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިަކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މި ކާރުގެ ފަހަތު ސީޓުގެ ދޮރުފަތުގައި ހިމެނޭ ބިއްލޫރިގަނޑާއި ކާރުގެ ފަހަތުގައި ވާ ބިއްލޫރިގަނޑުވަނީ ތެޅިފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
9 އޮކްޓޯބަރ 2017 | ހޯމަ 08:54
ޑޮލަރޭ
ޔާމީނުބޭ އުޅޭގޮތަކުން މިގޮތައް ކަންތައް މިވަނީ