ކ. މާލެ
|
8 އޮކްޓޯބަރ 2017 | އާދީއްތަ 20:58
ޤާނޫނީ ވަކީލް މައުމޫނު ހަމީދު - ޝަރީއަތްތައް ކުރިއަށްގެންދާ ގޮތާއިމެދު އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ
ޤާނޫނީ ވަކީލް މައުމޫނު ހަމީދު - ޝަރީއަތްތައް ކުރިއަށްގެންދާ ގޮތާއިމެދު އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ
މުހައްމަދު ޝަރުހާން
މައުމޫނު ހަމީދު
ޝަރީއަތް ކުރުމާ ބެހޭ ގަވައިދު ނެތި ޝަރީއަތެއް ނުހިންގޭނެ، ޒިންމާ ނަގަން ޖެހެނީ ސުޕްރީމް ކޯޓުން: މައުމޫނު ހަމީދު
ޖިނާއީ އިޖްރާއަތުގެ ގާނޫނަށް އަމަލު ކުރަން ފަށާތާ ތިން މަސްތެރޭގައި ގަވައިދު ހަދަން ޖެހޭނެ
ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ބުނޭ އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު އަމަލުކުރަމުންެދާ އުސޫލުތައް ބާތިލްވާނެ ކަމަށް
ޖިނާއީ އިޖްރާއަތުގެ ގާނޫނަށް އަމަލު ކުރަން ފެށީ މިއަހަރުގެ ޖުލައި ދެ ވަނަ ދުވަހު

ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ގާނޫނުގައިވާ މުއްދަތު ހަމަވެގެން ދިޔައިރުވެސް ނުހެދިފައިވާތީ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނީ ވަކީލް މައުމޫނު ހަމީދު ވިދާޅުވެއްޖެ އެވެ.

 

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނުގެ ގާނޫނު ވަކީލް މައުމޫނު ހަމީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދަކީ ގާނޫނު ލާޒިމްކުރާ ގަވައިދަކަށްވާއިރު އެ ގާނޫނު ހެދުމަށް ގާނޫނުން ލާޒިމްވަނީ ސުޕްރީމް ކޯޓް ކަމަށެވެ. އަދި ވިދާޅުވީ އެ ގަވައިދު ނުހެދި އޮންނަން ޖެހޭ އެއްވެސް އުޒުރެއް ނޯންނާނެ ކަމަށެވެ.

 

"ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ބޭނުމަކީވެސް އެ ހުރިހާ ބާރަކާ ފުރުސަތެއް ދައުލަތައް ނުދީ ދައުވާ ލިބޭ ކޮންމެ މީހަކަށްވެސް ވީހާވެސް ފުޅާ ދާއިރާއެއްގައި އެމީހަކަށް ލިބިގެންވާ ހައްގުތައް ކަށަވަރުކުރުން. އެ ކަށަވަރުކުރުމުގެ އެއް ވަސީލަތަކީ ޝަރީއަތް ކުރުމާ ބެހޭ ގަވައިދު،" މައުމޫނު ހަމީދު ވިދާޅުވި އެވެ.

 

ގާނޫނެއްގެ ދަށުން ހަދަން ޖެހޭ ގަވައިދެއް ނުހަދާ އެކަމަށް އިހްމާލުވުމަކީ އެއީ ވަރަށް ބޮޑު މައްސަލަ އެއްކަން ފާހަގަ ކުރައްވާ މައުމޫނު ވިދާޅުވީ ކޮންމެ މީހަކަށްވެސް އެކަން ވިސްނެނީ އެމީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލީމަ ކަމަށެވެ. އަދި އެހެންމެ އެ ގަވައިދު ނަދާ އޮތުމުން މިހާރު ޖިނާއީ ދައުވާ ލިބޭ މީހުނަށާއި އެ އާއިލާތަކަށް ބޮޑެތި އަނިޔާތައް ލިބޭ ކަމަށާއި އެ ގަވައިދު ނަހަދާ އޮތުމުގެ އެއްވެސް ހުއްޖަތެއް އޮވެގެން ނުވާނެ ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ. ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި ޝަރީއަތްކުރުމުގެ ގަވައިދުގެ ނުހެދުމުން މިހާތަނަށްވެސް އަމަލުކުރަމުން އައިސްފައިވާ ގޮތައް އަމަލު ނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

 

"ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ބުނަނީ މި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު އާންމު ޖިނާއީ އިޖްރާއަތްތަކާ ގުޅޭ އުސޫލުތައް ބާތިލްވީ ކަމަށް. އެހެންވީމަ ދޭއެއް ޖުލައި 2017 ގައި އެ އޮތީ ބާތިލްވެފައި. އެހާނަތަނަށް އަމަލުކުރަމުންދިޔަ އެހެންމެހާ އިޖްރާއަތައް ބާތިލްވާނެ،" މައުމޫނު ހަމީދު ވިދާޅުވި އެވެ.

 

މައުމޫނު ހަމީދު ވިދާޅުވީ އެ ގާނޫނުގެ ދަށުން ގަވައިދެއް ހަދަން ޖެހޭކަން ނޭނގޭ މީހަކު ހުރެގެންނުވާނެ ކަމަށާއި ހުރެއްޖެ ނަމަ އެއީ އެފަދަ މަގާމުތަކަށް ކުފޫ ހަމަވާ ބައެއްވެސް ނޫން ކަމަށެވެ. ޖިނާއީ އިޖްރާއަތުގެ ގާނޫނު ފާސްކޮށް ގެޒެޓްކޮށްފައިވަނީ 2 މެއި 2016ގަ އެވެ. އެ ގާނޫނަށް އަމަލު ކުރަން ފެށީ މިއަހަރުގެ ޖުލައި ދެ ވަނަ ދުވަހު އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް