ކ. މާލެ
|
8 އޮކްޓޯބަރ 2017 | އާދީއްތަ 15:09
އަނަސް މަރާލި މައްސަލާގައި ހޯދަމަށް އިއުލާން ކުރި ދެ މީހުން- އަފްރާހު އަބްދުއްރައްޒާގު (ވ)ގައި
އަނަސް މަރާލި މައްސަލާގައި ހޯދަމަށް އިއުލާން ކުރި ދެ މީހުން- އަފްރާހު އަބްދުއްރައްޒާގު (ވ)ގައި
ޕޮލިސް
އަނަސްގެ މަރު
އަނަސް މަރާލި މައްސަލައިގައި ހޯދަމުންދާ އަފްރާހު އަބްދުއްރައްޒާގު ހައްޔަރު ކޮށްފި !
ފުލުހުން ހައްޔަރު ކޮށްފަައި ވަނީ މ. ލޮނުމިދިލިގެއުމުރުން 21 އަހަރުގެ އަފްރާހު އަބްދުއްރައްޒާގު
މީގެ ކުރިން ވަނީ ހޯދަމުންދިޔަ ތ. ކިނބިދޫ، ގުލްފާމުގޭ މުހައްމަދު ޝާޒް،21، ހައްޔަރު ކޮށްފަ
މީގެކުރިން 23 އަހަރުގެ މީހަކާއި 18 އަހަރު ނުފުރޭ ކުއްޖަކު ވެސް ވަނީ ހައްޔަރުކޮށްފަ

މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ވަޅިން ހަމަލާދީ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައާ ގުޅިގެން ފުލުހުން ހޯދަން އިއުލާން ކުރި ދެ މީހުންގެ ތެރެއިން މ. ލޮނުމިދިލިގެއުމުރުން 21 އަހަރުގެ އަފްރާހު އަބްދުއްރައްޒާގު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އަފްރާހު އަބްދުއްރައްޒާގު ހައްޔަރު ކުރުމުގެ އޮޕަރޭޝަނެއް އާދިއްތަ ދުވަހުގެ މެންދުރު ފަހު، ޗާންދަނީ މަގުގެ ދެކުނުގައި ހުންނަ ޖަލާލުއްދީން މިސްކިތް ސަރަހައްދުގައި ކުރިއަށް ގެންދެވުނު ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި އަފްރާހު އަބްދުއްރައްޒާގު ވަނީ ހައްޔަރު ކޮށްފަ އެވެ. އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އަނަސް މަރާލި މައްސަލާގައި ފުލުހުން ހޯދަމުންދިޔަ ދެ މީހުންގެ ތެރެއިން  ތ. ކިނބިދޫ، ގުލްފާމުގޭ މުހައްމަދު ޝާޒް،21، ވަނީ ހައްޔަރު ކޮށްފަ އެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ.

އަނަސްގެ މަރާއި ގުޅިގެން މީގެ ކުރިން ވެސް ވަނީ ބަޔަކު ހައްޔަރު ކޮށްފައެވެ. ސެޕްޓެމްބަރު 27 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަނަސްގެ މަރުގެ މައްސަލައިގެ ތަހްގީގު 99 ޕަސެންޓް ނިމިފައިވާ ކަމަށެވެ. 

އަނަސްގެ މަރުގެ މައްސަލައާ ގުޅިގެން މީގެ ކުރިން އޯގަސްޓް 17 ވަނަ ދުވަހު ފުލުހުން ވަނީ މ. ދިމިޝްކުގެ ބަލާފާސްކޮށް އުމުރުން 23 އަހަރުގެ ފިރިހެނަކާއި 18 އަހަރު ނުފުރޭ ފިރިހެން ކުއްޖަކު ވެސް ހައްޔަރު ކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް